Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖީއެސްޓީ

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި

6 ސެޕްޓެމްބަރު 2026 | އާދީއްތަ 09:21

ރާއްޖޭގެ ފަތުރުވެރިކަމުގެ ޓެކްސްއަށް ގެނައި ބަދަލުތަކާ ގުޅިގެން، ބޭރުގެ ޓުއާ އޮޕަރޭޓަރުންނަށް ކުރިމަތިވާ މާލީ ބުރަތަކުގެ ސަބަބުން މި އުސޫލަށް އަމަލުކުރުން ފަސްކޮށްދިނުމަށް ބޭރުގެ ބޮޑެތި ޓްރެވަލް ޖަމިއްޔާތަކުން ސަރުކާރުގައި އެދިއްޖެ. އަންނަ މަހުން ފެށިގެން 17 އިންސައްތައިގެ ޓީޖީއެސްޓީ ނަގަން ނިންމުމުން، ކުދި އޮޕަރޭޓަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިނުދީފިނަމަ ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފައި

ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 09:21
މޮސްކޯ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް، މުވައްޒަފަކު މައުލޫމާތު ފޯރުކޮށްދެނީ

މޮސްކޯ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް، މުވައްޒަފަކު މައުލޫމާތު ފޯރުކޮށްދެނީ | ގެޓީ އިމޭޖަސް

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ބޭރު ގައުމުތަކުގައި އިޝްތިހާރުކޮށް ވިއްކާ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި އެވެ.

އެ ފަރާތްތަކުން ވަނީ ޓެކްސްގެ އާ އުސޫލުތަކަށް އަމަލުކުރުން ފަސްކޮށްދިނުމަށް  ދިވެހި ސަރުކާރުގައި އެދިފަ އެވެ.

Advertisement - newsAdvertisement

އެ ފަރާތްތަކުން އިންޒާރު ދީފައިވާ ގޮތުގައި، މި އުސޫލަށް އަމަލުކުރަން ކަނޑައަޅާފައިވާ ކުރު މުއްދަތުގެ ސަބަބުން، މިހާރު ވިއްކާފައިވާ ޗުއްޓީ ޕެކޭޖުތަކުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖެ އަށް ފަތުރުވެރިން ގެންނަ އޮޕަރޭޓަރުންގެ ކަންބޮޑުވުން އުފެދުނީ 2026 އޯގަސްޓް 31 ގައި ތަސްދީގުކޮށް ޝާއިއުކުރި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 8 ވަނަ އިސްލާހުގެ ސަބަބުންނެވެ. މި އިސްލާހުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ބުކިން ހެދުމުގެ ޚިދުމަތްތައް ރާއްޖޭން ބޭރުގައި ފޯރުކޮށްދޭ ފަރާތްތަކުން، އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 17 އިންސައްތައިގެ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީ.ޖީ.އެސް.ޓީ) ދައްކަން ޖެހޭނެ އެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓްރެވަލް އެސޯސިއޭޝަން ކަމަށްވާ 'އަބްޓާ' (ABTA) އިން ވަނީ، ގާނޫނު ތަސްދީގު ކުރުމުގެ ކުރިން އޯގަސްޓް 27 ވަނަ ދުވަހު ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުވާފަ އެވެ. މި ޖަމިއްޔާއަކީ އަހަރަކު 41 ބިލިއަން ސްޓާލިންގް ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 3،500 އެއްހާ ކޮންސިއުމާ ބްރޭންޑް ތަމްސީލުކުރާ ޖަމިއްޔާއެކެވެ.

ޔޫރަޕްގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ ކަމަށްވާ 'އީ.ސީ.ޓީ.އޭ.އޭ' (ECTAA) އިން ވެސް ވަނީ މިފަދަ ކަންބޮޑުވުންތަކެއް ހިއްސާކޮށް، ސެޕްޓެމްބަރު 2 ވަނަ ދުވަހު ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ފާތިމަތު ދިޔާނާއަށް ސިޓީއެއް ފޮނުވާފަ އެވެ.

ގާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ޓެކްސް ނިޒާމު، ރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކޮށްފައި ނުވާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންސީތަކާއި ބުކިން ޕްލެޓްފޯމްތަކަށް އެޕްލައިވާނެ އެވެ. މިއީ "ޑެސްޓިނޭޝަން ޕްރިންސިޕަލް" ނުވަތަ ޚިދުމަތް ލިބިގަންނަ ތަނަށް ބަލައި ޓެކްސް ނެގުމުގެ އުސޫލުގެ ދަށުން، ރާއްޖޭން ބޭރުން ބުކިން ހަދައި ފައިސާ ދެއްކި ނަމަވެސް، އެ ޚިދުމަތަކީ ރާއްޖޭގައި ބޭނުންކުރާ ޚިދުމަތަކަށްވާތީ ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ބަލައިގެން ނަގާ ޓެކްސެކެވެ.

ޓެކްސް ނެގުމުގެ މި އާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށް ޗުއްޓީ ޕެކޭޖްތައް ވިއްކުމުގެ ޚިދުމަތްދޭ ފަރާތްތަކުން، އެއީ ކިތަންމެ ކުޑަ ކުންފުންޏެއް ކަމުގައިވިޔަސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ. 

އީ.ސީ.ޓީ.އޭ.އޭ އިން ބުނި ގޮތުގައި، މި ބަދަލު ގެންނަން ނިންމި ވަގުތަކީ ވަރަށް ދަތި ވަގުތެކެވެ. ސަބަބަކީ ޓުއާ އޮޕަރޭޓަރުން ސަޕްލަޔަރުންނާއެކު އެއްބަސްވުންތައް ހަދައި، ޗުއްޓީ ޕްރޮގްރާމްތައް ތައްޔާރުކުރަނީ އެތައް މަހެއް ކުރިން ކަމަށްވާތީ އެވެ. ކުރިއަށް އޮތް ޔޫރަޕްގެ ފިނި މޫސުމަށް ރާއްޖޭގެ ގިނަ ޕެކޭޖުތަކެއް މިހާރު ވެސް ވަނީ އިޝްތިހާރުކޮށް، ވަކި އަގުތަކެއްގައި ވިއްކާފައި ކަމަށް އެފަރާތުން ބުނެފައިވެ އެވެ.

ޔޫރަޕްގެ ކޮންސިއުމާ ޕްރޮޓެކްޝަން ގަވާއިދުތައް ބުނާގޮތުން، ޕެކޭޖުތަކުގެ އަގު ބޮޑުކުރެވޭނީ ވަރަށް މަދު ހާލަތްތަކެއްގަ އެވެ. އެހެންކަމުން، ބައެއް އޮޕަރޭޓަރުންނަށް މި އާ ޓެކްސްގެ ބުރަ ފަތުރުވެރިންގެ އަތުން ނެގުމުގެ ބަދަލުގައި، އެ ފައިސާ ކުންފުނީގެ އާމްދަނީން އުނިކުރަން ޖެހިދާނެ ކަމަށް އީ.ސީ.ޓީ.އޭ.އޭ އިން ބުންޏެވެ.

މީގެ އިތުރުން، މި އިސްލާހު ގެނައުމުގެ ކުރިން ތައްޔާރުކޮށްފައިވާ ބްރޯޝާތަކާއި މާކެޓިން މެޓީރިއަލްތަކުގައި ހުރި އަގުތައް މުރާޖައާކުރަން ވެސް ކުންފުނިތަކަށް މަޖުބޫރުވާނެކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

މި ދެ ޖަމިއްޔާއިން ވެސް ވަނީ ރަޖިސްޓްރީވުމާއި، ރިޕޯޓް ހުށަހެޅުމާއި، ފައިދާގެ ނިސްބަތް ހިސާބުކުރުމާއި އަދި ބޭރު ގައުމުތަކުން ޓެކްސް ދެއްކުމުގައި ހުރި ޚަރަދުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އީ.ސީ.ޓީ.އޭ.އޭ އިން އިންޒާރު ދިން ގޮތުގައި، މަދު އަދަދަކަށް ރާއްޖޭގެ ޕެކޭޖުތައް ވިއްކާ ކުންފުނިތަކަށް މިކަމުގެ ސަބަބުން އުފުލަންޖެހޭ ބުރަ ނިސްބަތުން މާ ބޮޑެވެ.

އެހެންކަމުން، ކުދި ވިޔަފާރިތަކަށް ޚާއްސަ ރަޖިސްޓްރޭޝަން ތްރެޝްހޯލްޑެއް (ވަކި އާމްދަނީއަކަށް ވުރެ އިތުރުވުމުން ނޫނީ ރަޖިސްޓްރީވާން ނުޖެހޭ ގޮތް) ނުވަތަ ލުއި ނިޒާމެއް ގާއިމުކޮށްދިނުމަށް އެ ޖަމިއްޔާއިން ސަރުކާރުގައި އެދިފައިވެ އެވެ. މިސާލެއްގެ ގޮތުން އެ ޖަމިއްޔާއިން ފާހަގަކުރީ ނިއުޒީލެންޑުގައި ބޭރުގެ ސަޕްލަޔަރުން ރަޖިސްޓްރީވާން ޖެހެނީ 12 މަސް ދުވަހުގެ ތެރޭގައި 60،000 ނިއުޒީލެންޑް ޑޮލަރަށް ވުރެ އާމްދަނީ އިތުރުވާ ނަމަ ކަމަށެވެ.

ޓެކްސް ގާނޫނަށް ގެނައި ބަދަލުތައް ތަސްދީގު ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މިފަދަ ބަދަލުތައް މި ގެންނަނީ "ވަރަށް ރަނގަޅު ޕްރޯސެސް އެއްގެ ތެރެއިން." ކަމުގަ އެވެ.

"އަޅުގަނޑުމެން މި އަޅާ ފިޔަވަޅުތައް މިއީ އަޅަންޖެހޭ ފިޔަވަޅުތަކެއްގެ ގޮތުގައި އިނގޭތޯ. އަޅުގަނޑުމެން އެންމެންނާވެސް މަޝްވަރާ ކުރެވިގެން ކަންކަން ކުރިއަށް ގެންދަނީ. އަޅުގަނޑުމެން އަޅާ ފިޔަވަޅުތައް، ޤާނޫނެއް ހެދިޔަސް، ޤާނޫނަކަށް އިޞްލާޙެއް ގެނަޔަސް، މިކަންކަން މި ކުރަނީ، ފެކްޓް ބޭސްޑްކޮށް އިނގޭތޯ. އަޅުގަނޑުމެން ހަމަ ތިބެފައި ކުއްލިއަކަށް ކަމެއް ނުކުރަން. އެތައް މަހެއް، އެތައް ދުވަހެއްގެ މަޝްވަރާއާއި، އަދި ޓެކްނިކަލް އިވެލުއޭޝަންތަކާއި، ދިރާސާތަކާއި، ބޭރު ޤައުމުތަކުގައި މިކަންކަން ކޮށްފައި އޮންނަގޮތާއި، މިހުރިހާ ކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ އިނގޭތޯ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުން ބުނެފައިވަނީ، ގިނަ މެދުވެރިން ހިމެނޭ މުއާމަލާތްތަކާ ގުޅޭގޮތުން އިތުރު އިރުޝާދު ދިނުމަށް ވެސް އެދޭ ކަމުގަ އެވެ. 

ގާނޫނަށް ބަދަލު ގެންނައިރު، ޓެކްނިކަލް އިވެލުއޭޝަންތަކާއި، ދިރާސާތަކާއި، ބޭރު ޤައުމުތަކުގައި މިކަންކަން ކޮށްފައި އޮންނަގޮތާއި، މިހުރިހާ ކަމެއްވެސް  ޓީމުތަކުން ބަލާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތައް ތަމްސީލު ކުރާ ޖަމްއިއްޔާތަކުން ބުނެފައިވަނީ، ގާނޫނަށް ގެނައި ބަދަލުގައި ރަޖިސްޓްރޭޝަންގެ އިޖުރާއަތްތަކާއި، ޓެކްސް ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، ބުކިން ކެންސަލްކުރުމާއި، ފައިސާ އަނބުރާ ދިނުމާއި ގުޅޭގޮތުން ވެސް ސުވާލުތަކެއް އެބަހުއްޓެވެ. އަދި އާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ބުކިންތަކަށް އަމަލުކުރާނެ ގޮތުގެ ތަފްސީލަށް 'އަބްޓާ' އިން ވަނީ އެދިފަ އެވެ.

އަބްޓާ އަދި އީ.ސީ.ޓީ.އޭ.އޭ އިން ގޮވާލާފައިވަނީ، ބޭރުގެ ވިޔަފާރިތަކާ މަޝްވަރާކޮށް، ތަފްސީލީ އިރުޝާދުތައް ނެރެންދެން މި އުސޫލަށް އަމަލުކުރުން ފަސްކުރުމަށެވެ. އަދި މިހާރު އެއްބަސްވުން ހަދާފައިވާ ނުވަތަ ވިއްކާފައިވާ ޕެކޭޖުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް އީ.ސީ.ޓީ.އޭ.އޭ އިން އެދިފައިވެ އެވެ.

އެކަށީގެންވާ ތައްޔާރުވުމެއް ނެތި މިކަން ތަންފީޒުކުރަން ފެށުމަކީ ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ހުރަސް އެޅިދާނެ ކަމެއް ކަމުގެ އިންޒާރު އެ ޖަމިއްޔާތަކުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަނީ ދީފަ އެވެ.

މީރާޖީ.އެސް.ޓީމުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ގާނޫނުފަތުރުވެރިކަން

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު

04 ސެޕްޓެމްބަރު 2026
ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު
02 ސެޕްޓެމްބަރު 2026

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

02 ސެޕްޓެމްބަރު 2026
ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

01 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
01 ސެޕްޓެމްބަރު 2026

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި

31 އޯގަސްޓު 2026
މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026
ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި
26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
25 އޯގަސްޓު 2026

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް