Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް

ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ

7 ސެޕްޓެމްބަރު 2026 | ހޯމަ 06:21

ޓެކްސް ގާނޫނަށް ކުއްލި ބަދަލުތަކެއް ގެނައުމާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ބޮޑެތި ޖަމިއްޔާތަކުންނާއި ރާއްޖޭގެ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. މި ބަދަލުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވެ، ރާއްޖޭގެ ވާދަވެރިކަން ކުޑަވެދާނެތީ، އާ އުސޫލުތަކަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެ ފަރާތްތަކުން ސަރުކާރުގައި ވަނީ އެދިފަ

ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2026 | ހޯމަ 06:21
2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ހުޅުމާލޭގައި ފަތުރުވެރިންތަކެއް ސެލްފީ ނަގަން ތިބޭ މަންޒަރެވެ.

2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ހުޅުމާލޭގައި ފަތުރުވެރިންތަކެއް ސެލްފީ ނަގަން ތިބޭ މަންޒަރެވެ. | ގެޓީ އިމޭޖަސް

ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ޓެކްސް ގާނޫނަށް ކުއްލި ގޮތަކަށް ގެނައި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ވެރިޔާ ޔޫސުފް ރިފްއަތު ވިދާޅުވީ، މިކަމުގެ ސަބަބުން ރިސޯޓް އޮޕަރޭޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިންވެސްޓްމަންޓްތަކަށް ހުރަސް އެޅި، ވެފައިވާ އެއްބަސްވުންތަކަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ވާދަވެރިކަން ވަނީ ކުޑަވެފަ އެވެ.

Advertisement - newsAdvertisement

1982 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ރިފްއަތު އިތުރަށް ވިދާޅުވީ، ވާނުވާ ނޭނގުމުގެ ތެރޭގައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.

"މި ސިނާއަތަށް ބޭނުންވަނީ ހަމަޖެހުމާއި، ކުރިއަށް އޮތްތަނުގައި ކަންކަން ވާނެ ގޮތް ލަފާކުރެވޭނެ ފަދަ ސިޔާސަތުތަކެއްގެ އިތުރުން، ސިނާއަތުގެ ހިއްސާދާރުންގެ ހަގީގީ މަޝްވަރާ،" އެވެ.

އަނެއްކޮޅުން ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ބޭރު ގައުމުތަކުގައި އިޝްތިހާރުކޮށް ވިއްކާ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް މި ދަނޑިވަޅުގައި ސަރުކާރަށް ވަނީ ދީފަ އެވެ.

އެ ފަރާތްތަކުން އިންޒާރު ދީފައިވާ ގޮތުގައި، މި އުސޫލަށް އަމަލުކުރަން ކަނޑައަޅާފައިވާ ކުރު މުއްދަތުގެ ސަބަބުން، މިހާރު ވިއްކާފައިވާ ޗުއްޓީ ޕެކޭޖުތަކުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖެއަށް ފަތުރުވެރިން ގެންނަ އޮޕަރޭޓަރުންގެ ކަންބޮޑުވުން އުފެދުނީ 2026 އޯގަސްޓް 31 ގައި ތަސްދީގުކޮށް ޝާއިއުކުރި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އެކަށީގެންވާ މަޝްވަރާކުރުމެއް ނެތި ކުއްލި ގޮތަކަށް ބަދަލުގެ ސަބަބުންނެވެ. މި ބަދަލުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ބުކިން ހެދުމުގެ ޚިދުމަތްތައް ރާއްޖޭން ބޭރުގައި ފޯރުކޮށްދޭ ފަރާތްތަކުން، އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 17 އިންސައްތައިގެ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީ.ޖީ.އެސް.ޓީ) ދައްކަން ޖެހޭނެ އެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓްރެވަލް އެސޯސިއޭޝަން ކަމަށްވާ 'އަބްޓާ' (ABTA) އިން ވަނީ، ގާނޫނު ތަސްދީގު ކުރުމުގެ ކުރިން އޯގަސްޓް 27 ވަނަ ދުވަހު ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުވާފަ އެވެ. މި ޖަމިއްޔާއަކީ އަހަރަކު 41 ބިލިއަން ސްޓާލިންގް ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 3،500 އެއްހާ ކޮންސިއުމާ ބްރޭންޑް ތަމްސީލުކުރާ ޖަމިއްޔާއެކެވެ.

ޔޫރަޕްގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ ކަމަށްވާ 'އީ.ސީ.ޓީ.އޭ.އޭ' (ECTAA) އިން ވެސް ވަނީ މިފަދަ ކަންބޮޑުވުންތަކެއް ހިއްސާކޮށް، ސެޕްޓެމްބަރު 2 ވަނަ ދުވަހު ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ފާތިމަތު ދިޔާނާއަށް ސިޓީއެއް ފޮނުވާފަ އެވެ.

އަބްޓާ އަދި އީ.ސީ.ޓީ.އޭ.އޭ އިން ގޮވާލާފައިވަނީ، ބޭރުގެ ވިޔަފާރިތަކާ މަޝްވަރާކޮށް، ތަފްސީލީ އިރުޝާދުތައް ނެރެންދެން މި އުސޫލަށް އަމަލުކުރުން ފަސްކުރުމަށެވެ. އަދި މިހާރު އެއްބަސްވުން ހަދާފައިވާ ނުވަތަ ވިއްކާފައިވާ ޕެކޭޖުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް އީ.ސީ.ޓީ.އޭ.އޭ އިން އެދިފައިވެ އެވެ.

އެކަށީގެންވާ ތައްޔާރުވުމެއް ނެތި މިކަން ތަންފީޒުކުރަން ފެށުމަކީ ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ހުރަސް އެޅިދާނެ ކަމެއް ކަމުގެ އިންޒާރު އެ ޖަމިއްޔާތަކުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަނީ ދީފަ އެވެ.

ގާނޫނަށް ބަދަލު ގެންނައިރު، ޓެކްނިކަލް އިވެލުއޭޝަންތަކާއި، ދިރާސާތަކާއި، ބޭރު ޤައުމުތަކުގައި މިކަންކަން ކޮށްފައި އޮންނަގޮތާއި، މިހުރިހާ ކަމެއްވެސް ޓީމުތަކުން ބަލާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތައް ތަމްސީލު ކުރާ ޖަމްއިއްޔާތަކުން ބުނެފައިވަނީ، ގާނޫނަށް ގެނައި ބަދަލުގައި ރަޖިސްޓްރޭޝަންގެ އިޖުރާއަތްތަކާއި، ޓެކްސް ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، ބުކިން ކެންސަލްކުރުމާއި، ފައިސާ އަނބުރާ ދިނުމާއި ގުޅޭގޮތުން ވެސް ސުވާލުތަކެއް އެބަހުއްޓެވެ. އަދި އާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ބުކިންތަކަށް އަމަލުކުރާނެ ގޮތުގެ ތަފްސީލަށް 'އަބްޓާ' އިން ވަނީ އެދިފަ އެވެ.

ޔޫސުފް ރިފްއަތުރައީސް މުއިއްޒުފަތުރުވެރިކަންޓެކްސް

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

4

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

5

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި

06 ސެޕްޓެމްބަރު 2026
ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި
04 ސެޕްޓެމްބަރު 2026

ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު

04 ސެޕްޓެމްބަރު 2026
ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު
02 ސެޕްޓެމްބަރު 2026

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

02 ސެޕްޓެމްބަރު 2026
ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ މިންވަރު 10 އިންސައްތައަށް ބޮޑުކޮށްފި

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް