Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

1 ސެޕްޓެމްބަރު 2026 | އަންގާރަ 10:40

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކާ ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިން ބަދުނާމުވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ފަދަ ނުރައްކާތެރި ވާހަކަތަކެއް. ރިސޯޓުތަކަކީ ދައުލަތުގެ މިލްކެއް ކަމަށް ވިދާޅުވެ ރައީސް ދެއްވި އިންޒާރުތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 10:40
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެެރިންނާ ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެެރިންނާ ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

1972 ވަނަ އަހަރު ރާއްޖޭގައި ފެށުނު ފަތުރުވެރިކަމަކީ މަދު ދިވެހިންތަކެއްގެ ހިތްވަރުން ފެށި މަސައްކަތެކެވެ. އެ ސިނާއަތައް ބައިގަރުނުވެގެން ދިޔަ އިރު މިއަދު އެ ސިނާއަތްވެފައިވަނީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަކަމުގަ އެވެ. ދުނިޔޭގެ އެންމެ މަތީފަންތީގެ ސިނާއަތަކަށް ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެގެން މިއައީ އެތައް ދިވެހިންގެ މިންނެތް މަސައްކަތުންނެވެ. މިއަދު ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެ އައިސް މަލްޓިމިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ގާއިމުވިއިރު އެކަމުގައި ސަރުކާރަކުން ކުރި މާބޮޑު މަސައްކަތެއް ނެތެވެ. ހަމައެކަނި ތަރައްގީކުރަންވީ ރަށެއް ނުވަތަ ފަޅެއް ދެއްކުމާއި، ލެއްވިހާ ގަވައިދެއް ހަދާ ފިއްތުންތައް ކުރިމަތިކުރުވުމާއި، ރިސޯޓުތަކުން ހޯދާ ޑޮލަރުކޮޅު ދައުލަތުގެ ތިޖޫރީއަށް ވެއްދުން ނޫން ކަމެއް ނުކުރެ އެވެ. މިއީ އެއްވެސް ގޮތަކުން ސަރުކާރަކުން ތަރައްގީކުރި ސިނާއަތެއް ނޫނެވެ. އެހެން ކަމުން ރާއްޖޭގެ ވެރިކަމަށް އަންނަ މީހަކު އޭނާގެ އަތުގައި މާ ބޮޑެތި ބާރުތަކެއް އޮތީކަމަށް ދެކި، ރާއްޖޭގައި ހުރިއްޔާ ހުރިހާ ރިސޯޓަކީ ތިމާގެ އަމިއްލަ މުދާ ކަމަށް ފެނި ހިތުހުރި ގޮތަކަށް ކަންކުރެވޭނެ ކަމަށް ވިސްނުމަކީ ވަރަށް ނުބައި އަދި އެހާމެ ނުރައްކާތެރި ސިގްނަލެއް ކަމުގައި ނޫނީ ނުވާނެ އެވެ.

މި މޭރުމުން ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވަރަށް އާދަޔާ ޚިލާފު ކަންބޮޑުވާ ޒާތުގެ ވާހަކަ ތަކެއް ދައްކަވައިފަ އެވެ. ސަރުކާާރުން ހުށަހަޅައިގެން އެމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލު އޮތް "ރަބަރ ސްޓޭމްޕް" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ތަސްދީޤު ކުރެއްވުމަށް ފަހު، އެ ބިލުތަކާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ވާހަކަ ދެއްކެވި އެވެ. އެންމެ ގިނައިން ވާހަކަ ދެއްކެވީ ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާ ބެހޭ ގުޅޭ ގޮތުންނެވެ.

ރައީސް މުޢިއްޒުގެ ވާހަކައިގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ވަރަށް ބޮޑަށް ބަދުނާމު ކުރައްވާ އެފަރާތްތަކާމެދު ދިވެހިންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ރުންކުރު ރާގެއްގައި ދައްކަވާފަ އެވެ. އެ ފަރާތްތަކުގެ ބޮލުގައި ބޮޑެތި އިލްޒާމުތަކެއް އެޅުވުމުގެ އިތުރުން، އެފަރާތްތަކަކީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، ނުވަތަ ދައުލަތަށް ގެއްލުންވާ ގޮތަށް ކަންކަން ކުރާ ބައެއް ކަމަށް ދޭހަވާ މޭރުމުން ވެސް ރައީސް މުޢިއްޒު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

މަކަރު ހީލަތް ހަދާ ކަމުގެ ތުހުމަތު!

ރައީސް މުޢިއްޒު ވިދާޅުވީ ރިސޯޓުތައް ހިންގާ ބައެއް ފަރާތްތަކުން އެ މީހުންނަށް އާމްދަނީ ނުލިބޭ ކަމަށް ހިސާބު ތަކުން ދައްކާ ގޮތް ހަދާނެ ކަމަށް ބުނަމުންދާ ކަމަށެވެ. މީގެ ކުރިން އެފަދަ އޮޅުވާލުން ތަކެއް ހަދައިގެން ސަލާމަތް ވެވިފައި ހުރެދާނެ ކަމަށާއި، ނަމަވެސް، ހޯމަ ދުވަހު ތަސްދީޤު ކުރެވުނު ބިލު ތަކުގެ ތެރެއިން އެކަންކަން ހުއްޓުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ. އޮޅުވާލަން އުޅެނީ ކާކަށްތޯ އާއި ކުރިން އޮޅުވާލިޔަސް މި ސަރުކާރަށް އޮޅުވާނުލެވޭނެ ކަމަށް ވަނީ ވިދާޅުވެ، ރިސޯޓުތައް ހިންގާ ފަރާތްތަކަކީ މަކަރު ހީލަތް ހަދާ ބައެއްގެ ގޮތުގައި ރައީސް މުޢިއްޒު ވަނީ ސިފަކުރައްވާފަ އެވެ.

މުޢިއްޒުގެ ވާހަކައިގައި ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ފާރަވެރިވާ ނިޒާމެއްގެ ވާހަކަވެސް ވަނީ ދައްކަވާފަ އެވެ. ޕްރައިވަސީ އަށް އިންތިހާ އަށް ބޭނުންވާ ފަތުރުވެރިންނާ ބެހޭ ގޮތުން މުޢިއްޒު ވިދާޅުވީ، ރާއްޖެ އަށް ފަތުރުވެރިޔަކު އަންނަ ހިސާބުން، އެ ފަތުރުވެރިޔާ ދިޔައީ ކޮން ތަނަކަށް ކަމަށާއި، އެ ފަތުރުވެރިޔާ ނިދީ ކޮން ތަކެއްގައި ކަން އަދި އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ ކޮން އިރަކު ކަން މީގެ އެއް މަސް ދުވަސް ފަހުން ހާމަވާނެ ނިޒާމު ޤާއިމު ކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. 

ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު ކުރެއްވި ތުހުމަތު.

ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތު!

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބޮލުގައި އެޅުވި އަނެއް އިލްޒާމަކީ ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާނެ ކަމަށް އެފަރާތްތަކުން ބުނިކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ. އެގޮތުން ރާއްޖޭގެ ބަޖެޓު ކުޑަކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ހުއްޓާލުމަށް އެދި މެސެޖު ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަން ބޮޑެތި ބަޖެޓުތައް ހަދައިގެން، ރައްޔިތުންނަށް ތަރައްޤީ އާއި ތަމައްދުން ގެނެސްދޭން މަސައްކަތް ކުރާ ނަމަ، ޑޮލަރު ރޭޓު ބޮޑު ވާނެ ކަމަށާއި، އެ ފަރާތްތަކުން ކަޅު ބާާޒާރުގައި ޑޮލަރު މާރު ކުރާާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެހެން ކަމުން ނޫސްވެރިން ސުވާލު ކުރަންވީ އެފަދަ ފަރާތްތަކަށް ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެފަދަ އިންޒާރެއް ދިނީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ކަޅު ބާޒާރުގައި ޑޮލަރު މަތިކުރާނެ ކަމުގެ އިންޒާރު ދެއްވި ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު ކުރެއްވި ތުހުމަތު.

ރިސޯޓުތަކަކީ ހިންގާ މީހުންގެ ތަންތަން ނޫންކަމަށް ވިދާޅުވެ ބިރު ދެއްކެވުން!

އެއާ ވިދިގެން ދެން ދެއްކެވި ވާހަކައިގައި ރައީސް މުޢިއްޒު ދެއްވީ، ރިސޯޓު ތަކުގެ ވެރިންނަށް ވަރުގަދަ އިންޒާރެކެވެ. ރައްޔިތުންގެ ހައްގު އޮތް ކަމަށާއި، އެ ރިސޯޓުތައް ހިންގަނީ ރާއްޖޭގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ދެން ތަކުރާރުކޮށް ވިދާޅުވީ، "މިއީ ދައުލަތުގެ އެއްޗިއްސޭ!" އެވެ. ރުންކުރުވެ ހުންނަވައި މި ދެއްކެވި ވާހަކަފުޅުން އެތަންތަނަކީ އެމަނިކުފާނު ބޭނުން އިރަކު ބޭނުންކަމެއް ކުރެއްވިދާނެ ތަންތަންހެން ހީވެގެން ދިއަ އެވެ. 

މި ދެއްކެވި ވާހަކަފުޅުގައި ދައުލަތާއި، ސަރުކާރު ރައީސް މުޢިއްޒު އަށް ރަނގަޅަށް ސާފުނުވާކަން ދޭހަވެ އެވެ. އަމިއްލަ މީހާ އަކީ، އަދި އަމިއްލަ ކުންފުނިތަކަކީ ވެސް ދައުލަތުގެ ބައެކެވެ. މުޢިއްޒު ހިންގަވާ ސަރުކާރުގައި އެފަރާތްތައް ނުހިމެނިދާނެ އެވެ. ހަގީގަތަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަޅުތައް ނުވަތަ ރަށްތައް އެ ފަރާތްތަކުން ނަގަނީ ކުއްޔަށެވެ. އެއަށް ފަހު އެތަނުގައި އެތައް މިލިއަން ޑޮލަރެއް އިންވެސްޓުކުރުމަށް ފަހު، ރިސޯޓަކަށް ބަދަލުވެ، އެ ތަނުން ފުރިހަމަ އާމްދަނީއެއް ލިބެނީ އެ ފަރާތްތަކުން ލައްކަ ގޭނުން ގޭނިގެންނެވެ. އެންމެ ކުޑަމިނުން އިންވެސްޓް ކުރުމަށް ބޭނުންކުރި ފައިސާ އަކީ ވެސް ކޮންމެވެސް ގައުމެއްގެ ކޮންމެވެސް ބޭންކަކުން ގެންނަ އެއްޗެއް ކަމުގައިވެ އެވެ.

ރިސޯޓު ތަރައްޤީ ކުރުމަށް ފަހު، ދެން ވެސް އެތަން ހިންގަނީ ދައުލަތަށް ކުލި ދައްކައިގެންނެވެ. އެކި ނަންނަމުގައި ޓެކްސް ދައްކައިގެންނެވެ. އިންވެސްޓުކުރުމަށް ނެގި ބޮޑެތި ލޯނުތައް ދައްކަމުންނެވެ. އޮޕަރޭޝަން އާއި، މުވައްޒަފުންގެ މުސާރަ އަށް އެތައް މިލިއަން ފައިސާއެއް ޚަރަދު ކޮށްގެންނެވެ. ގާނޫނީ އެއްބަސްވުންތަކުގެ ދަށުން ދޫކޮށްފައިވާ ފަތުރުވެރިކަމުގެ ތަންތަނަކީ އެމަނިކުފާނުގެ ބާރު ހިނގާ ތަންތަން ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމުގެ އެއްވެސް ހައްގެއް އޮންނާނެ ކަމަކަށް ހަމަ ބުއްދި ހުރި އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭނެ އެވެ.

ރިސޯޓުތަކުގެ ވެރިންނަށް އިންޒާރު ދެއްވައި، ބިރު ދެއްކެވުމަށް ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅު.

ހަގީގަތުގައި މިއީ އާދައިގެ ނުވަތަ ލުއި ގޮތަކަށް ނެގޭނެ ވާހަކަ ތަކެއް ނޫނެވެ. ރައީސް މުޢިއްޒު ކުރެއްވި ތުހުމަތުތަކާއި، އެތަންތަނުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުން އިންވެސްޓަރުންނަށް ލިބިގެން އެދިޔައީ ނުރައްކާތެރި މެސެޖެކެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްގެން ބޮޑެތި ރިސްކުތަކާއެކު އެތަންތަން ހިންގަމުން ގެންދާ ފަރާތްތައް ބިރުގަންނަވަން ދެއްކެވި ވާހަކަ އެކެވެ. ފަތުރުވެރިންނަށް ފާރަވެރިވާ ވާހަކަ އާއި، ބޭނުން އިރަކު ބޭނުން ކަމެއް ކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް ރައީސް މުޢިއްޒު ދެއްކެވި ވާހަކައިން އިންވެސްޓަރުންގެ ހިތުގައި ރާއްޖެ އަށް އޮތް އިތުބާރާ ޔަގީންކަން ގެއްލި، އާޚިރުގައި ހަލާކުވެގެން ދާނީ އެ ސިނާއަތެވެ. އެހެން ނަމަވެސް ސުވާލަކީ، މިވަގުތު މާބޮޑެތި ބާރުތަކެއް އަތްޕުޅުގައި އޮތަތީ، އެ ސިނާއަތެއް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒު އަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

މަގޭ ރިޕޯޓްފަތުރުވެރިކަންމުއިއްޒު ސަރުކާރުޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

01 ސެޕްޓެމްބަރު 2026
ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!
01 ސެޕްޓެމްބަރު 2026

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި
01 ސެޕްޓެމްބަރު 2026

ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު

01 ސެޕްޓެމްބަރު 2026
ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026
ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި
31 އޯގަސްޓު 2026

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި

31 އޯގަސްޓު 2026
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި
31 އޯގަސްޓު 2026

މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

31 އޯގަސްޓު 2026
މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
31 އޯގަސްޓު 2026

ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި

31 އޯގަސްޓު 2026
ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި
29 އޯގަސްޓު 2026

މި ސަރުކާރުން ލޯނެއް ނުނަގާނެ، ނަގާނީ ޑޮލަރު!

29 އޯގަސްޓު 2026
މި ސަރުކާރުން ލޯނެއް ނުނަގާނެ، ނަގާނީ ޑޮލަރު!
29 އޯގަސްޓު 2026

މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން

29 އޯގަސްޓު 2026
މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް