Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ ފުޅަދޫ

ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު

4 ސެޕްޓެމްބަރު 2026 | ހުކުރު 06:03

ބ. ފުޅަދޫގައި ފަތުރުވެރިކަން ފުޅާވަމުންދާއިރު، ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ނެތުމުން ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ރަށު ކައުންސިލު މެންބަރު ވިދާޅުވި. ރަށުގެ ފަތުރުވެރިކަމުގެ ބިންތައް ސަރުކާރުގެ ދަށަށް ގެންދަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ މދައުލަތަށް ބޮޑު އާމްދަނީއެއް ހޯދައިދޭ އެ ރަށުގެ ތަރައްޤީއަށް މިހާރުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ސެޕްޓެމްބަރު 2026 | ހުކުރު 06:03
ފުޅަދޫ ކައުންސިލުގެ މެންބަރު ހައްސާން އަބްދުﷲ

ފުޅަދޫ ކައުންސިލުގެ މެންބަރު ހައްސާން އަބްދުﷲ | ރާއްޖެ އެމްވީ

ބ. ފުޅަދޫގައި މީގެ ކުރިން ހިންގާފައިވާ ތަރައްޤީގެ ހުރިހާ މަޝްރޫއުތަކަކީ އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ މަސައްކަތްތައް ކަމަށާއި، މިހާރުގެ ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް ފުޅަދޫ ކައުންސިލް މެންބަރު ހައްސާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ހައްސާން ވިދާޅުވީ، މި ސަރުކާރު އައިފަހުން ފުޅަދޫގައި އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށާއި، ފެންނަން އޮތީ ހަމައެކަނި މީގެ ދޮޅުމަސް ކުރިން ފެށި މިސްކިތުގެ މަސައްކަތް އެކަނި ކަމަށެވެ.

Advertisement - newsAdvertisement

ފުޅަދޫގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ހައްސާން ވިދާޅުވީ، އެ ރަށަކީ މީގެ ކުރިން ބަނދަރެއް ވެސް ނެތް ރަށެއް ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ރަށުގައި ބަނދަރެއް ހަދައިދީފައިވާ ކަމަށެވެ. ނަމަވެސް ރަށުގެ އެންމެ ބޮޑު ދަތިކަމަކީ އަދިވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުން ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފުޅަދޫއަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ފައްކާވަމުންދާ ރީތި ރަށެއްކަން ފާހަގަކުރައްވަމުން ހައްސާން ވިދާޅުވީ، އެ ރަށަށް ހަފްތާއަކު ދެ ދުވަހު ސީޕްލޭން ޖައްސާ ކަމަށާއި ލޯންޗު ފެރީގެ ޚިދުމަތް ވެސް އޮންނަ ކަމަށެވެ. ޖުމްލަ 421 މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި މިހާރު ވެސް 23 ގެސްޓްހައުސް ހިންގަމުންދާއިރު، އިތުރު 15 ތަނެއް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކައުންސިލްގެ އަމާޒަކީ ކޮންކްރީޓް ތަރައްޤީ މަދުކޮށް، ވީހާވެސް ފެހިކަން ގަދަ ރަށެއްގެ ގޮތުގައި ފުޅަދޫ ބޭއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ދާދި ފަހުން ވަނީ ފުޅަދޫގައި ހުރި ފަތުރުވެރިކަމުގެ ބިންތައް މިނިސްޓްރީގެ ދަށަށް ދޫކޮށްލުމަށް ކައުންސިލުން ނިންމާފައިވާކަން ބަޔާންކޮށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް އަންގާފަ އެވެ. ނަމަވެސް ކައުންސިލުން އެ އެއްބަސްވުމުގައި ސޮއިނުކުރަން ނިންމާފައިވާ ކަމަށް ހައްސާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުޅަދޫއަކީ ބިމުގެ އަގު ބޮޑު ރަށެއް ކަމަށާއި، ސަރުކާރުން ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ފުޅަދޫއިން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިލިއަނުން ފައިސާ ދައްކަމުންދާއިރު، އެ ފައިސާއިން ރަށް ފެހިކުރުމަށާއި ތަރައްޤީ ކުރުމަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް ވިދާޅުވެ، ހައްސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ފުޅަދޫއަކީ ބޭރުގެ ފަތުރުވެރިންގެ އިތުރުން ގިނަ އަދަދެއްގެ ދިވެހީން ވެސް ޒިޔާރަތްކުރާ މަގުބޫލު މަންޒިލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ބ. ފުޅަދޫފަތުރުވެރިކަންގްރީން ޓެކްސް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

02 ސެޕްޓެމްބަރު 2026
ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

30 އޯގަސްޓު 2026

މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފި! މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެއް!

30 އޯގަސްޓު 2026
މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފި! މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެއް!
26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް