Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

2 ސެޕްޓެމްބަރު 2026 | ބުދަ 07:28

އޭނާ ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިން ކުށްވެރިން ފަދައިން ޓެގުކޮށްގެން ބެލެހެއްޓުމާއި އެމީހުންގެ ޚަރަދުތައް މާބޮޑަށް މޮނީޓަރުކުރަން އުޅުމަކީ ފަތުރުވެރިކަމަށާއި އިންވެސްޓަރުންގެ އިތުބާރަށް ނޭދެވޭ އަސަރުކުރާނެ ކަމެއް. މީގެއިތުރުން، މި ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް އުފުލި، ތަކެތީގެ އަގުބޮޑުވެ، ރާއްޖެ އިގުތިސާދީ ބޮޑު އަނދަވަޅަކާއި ބަނގުރޫޓުވުމާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށް އާސިފް ވިދާޅުވި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 2 ސެޕްޓެމްބަރު 2026 | ބުދަ 07:28
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕުރޮގްރާމްގައި ޤާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕުރޮގްރާމްގައި ޤާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރާއްޖެ އަންނަ ފަތުރުވެރިން މޮނީޓަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ޑޮލަރާ ގުޅޭގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ މެންބަރު އަދި ޤާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަކީލު އާސިފް ވިދާޅުވީ، ޑޮލަރާ ގުޅޭ ގޮތުން ސަރުކާރުން ވަރަށް ބޮޑާކަމާއެކު ދައްކަމުން ގެންދަނީ ބިރުވެރި ވާހަކަތަކެއް ކަމަށެވެ. އެގޮތުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު ޓެގުކޮށްގެން މޮނީޓަރުކުރައްވާނެ ކަމަށާއި އެމީހުން އައިސް ނިދި ތަނާއި އުޅުނު ގޮތާއި ކުރި ހުރިހާ ކަމެއް ބައްލަވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement
ޓެގު އަޅުވައިގެން ބެލެހެއްޓުމަކީ އާންމުކޮށް ކުށްވެރިންނާއި މުޖުތަމައަށް ނުރައްކާވާ މީހުން ބަލަހައްޓަން ދުނިޔޭގައި ކުރާ ކަމެއް. އެކަމަކު މިއަދު ފެންނަނީ އެ އުސޫލު ރާއްޖެ އަންނަ މައުސޫމު ފަތުރުވެރިންގެ މައްޗަށް ހިންގަން އުޅޭ މަންޒަރު. މި ޚަބަރު މުޅި ދުނިޔޭގައި ދައުރުވަމުންދާއިރު، މީގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެ
އާދަމް އާސިފް 

މީގެއިތުރުން، ދުނިޔޭގެ ކޮންމެ ޤައުމަކަށް ދިޔަނަމަވެސް ފަތުރުވެރިންނަކީ އެންމެ މިނިވަންކަމާއެކު އުޅޭ ބައެއް ކަމަށާއި އެމީހުން އަންނަނީ އެ ޤައުމެއްގެ ދާޚިލީ އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައި އެނބުރިދާއިރު، އެމީހުން ގެންނަނީ ކިތައް ޑޮލަރުތޯ އަދި އެ ޑޮލަރު ބޭނުންކުރަނީ ކިހިނެއްތޯ ބެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލު ކުރުމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އާސިފް ވިދާޅުވީ، ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ހަގީގަތަކީ ދުވަހެއް ދުވަހަކަށް ޑޮލަރުގެ އަގު އުފުލެމުންދާކަން ކަމަށެވެ. އަދި މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް އުފުލި، ދިވެހި ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ މަދުވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް މިއޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވިޔަސް، ރާއްޖެ މިހާރު މިސްރާބު ޖަހާފައި މިވަނީ އިގުތިސާދީ ބޮޑު ރިސެޝަނަކާ ދިމާލަށް. ކޮންމެވެސް ގޮތަކުން މުވައްޒަފުންނަށް މުސާރަ ދެމުން ދިޔަޔަސް، ތަރައްޤީގެ އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުދޭ. ރާއްޖެ މިއަދު މިދަނީ ސީދާ ބަނގުރޫޓުވުމާ ދިމާއަށް
އާދަމް އާސިފް 

ވަކީލު އާސިފުގެ ވާހަކައިގައި ވަނީ ސަރުކާރުން މިހާރު އަޅަމުންދާ ހަރުކަށި އަދި ވިސްނުންތެރިކަމެއް ނެތް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުފަތުރުވެރިކަން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް

02 ސެޕްޓެމްބަރު 2026
ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް
02 ސެޕްޓެމްބަރު 2026

ކައުންސިލުތަކުގެ ބިންތަކުގެ ބާރުތައް ހޯދުމަށްފަހު ކައުންސިލުތަކުގެ ވަޒީފާތަކުގެ ކޮންޓްރޯލު މުއިއްޒު އަތުލައިފި

02 ސެޕްޓެމްބަރު 2026
ކައުންސިލުތަކުގެ ބިންތަކުގެ ބާރުތައް ހޯދުމަށްފަހު ކައުންސިލުތަކުގެ ވަޒީފާތަކުގެ ކޮންޓްރޯލު މުއިއްޒު އަތުލައިފި
01 ސެޕްޓެމްބަރު 2026

"ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" ޑޮލަރުގެ ދަތިކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ހަރުކަށި ރައްދު!

01 ސެޕްޓެމްބަރު 2026
"ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" ޑޮލަރުގެ ދަތިކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ހަރުކަށި ރައްދު!
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

01 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
01 ސެޕްޓެމްބަރު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

01 ސެޕްޓެމްބަރު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
01 ސެޕްޓެމްބަރު 2026

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި
31 އޯގަސްޓު 2026

އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި

31 އޯގަސްޓު 2026
އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު

31 އޯގަސްޓު 2026
މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް