Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު މާރުކުރުން

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

2 ސެޕްޓެމްބަރު 2026 | ބުދަ 11:35

ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހާއެކު ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ލާޒިމުކުރުމުން، ޓެކްސްތަކާއި ހިންގުމުގެ ޚަރަދުތަކަށް ބަލާއިރު ރިސޯޓުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެފި. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ މިއީ ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށާއި، މީގެ ސަބަބުން ރިސޯޓުތަކުގެ ހިންގުމަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2026 | ބުދަ 11:35
އަރިއަތޮޅުގައި އޮންނަ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު ލަގްޒަރީ ރިސޯޓު މަތިން ފެންނަ މަންޒަރެއް

އަރިއަތޮޅުގައި އޮންނަ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު ލަގްޒަރީ ރިސޯޓު މަތިން ފެންނަ މަންޒަރެއް | ގެޓީ އިމޭޖަސް

ބޭރުފައިސާގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގު ކުރުމާއެކު، ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު ބޭންކުތަކަށް މާރުކުރުން ލާޒިމުވުމާއެކު، ރިސޯޓުތައް ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ގާނޫނަށް ގެނައި ބަދަލާއެކު  ރިސޯޓުތަކުން މީގެކުރިން، ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތްއޮތުމުގެ ބަދަލުގައި، ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަށް މާރުކުރާ ގޮތަށް ވަނީ ލާޒިމު ކޮށްފަ އެވެ.

Advertisement - newsAdvertisement

ގާނުނަށް ގެނައި ބަދަލުގައި ޓާގެޓް ކޮށްފައިވަނީ ރިސޯޓުތަކަށް ކަމަށްވުމާއެކު، މި ބަދަލާއެކު ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ ރިސޯޓުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް މުޢިއްޒު ވިދާޅުވީ، މީގެ ސަބަބުން، ސަރުކާރަށް ލިބޭ ބޭރު ފައިސާ އިތުރުވެގެންދާނެ ކަމަށެވެ. އަދި "މާ ފަސޭހައިންވެސް، މި 40 އިންސައްތަ މާރުކުރެވޭނެ،" ކަމަށެވެ.

ރިސޯޓުތަކުގެ ގްރޮސް އިންކަމް އިން 40 އިންސައްތަ މާރުކުރުމުން ސަރުކާރަށް ބޭރު ފައިސާ ލިބޭނެ މިންވަރު އިތުރުވެގެންދާއިރު، ރިސޯޓުތައް ހިންގުމުގައި ބޮޑެތި ގޮންޖެހުން ކުރިމަތިވާނެ ކަމަށާއި، މިކަމުގެ ސަބަބުން އިންވެސްޓަރުން ފަސް ޖެހޭނެ ކަމަށް މި ނޫހާ ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މިކަން ހިނގާ ގޮތް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ގްރޮސް އިންކަމްގެ މާނައަކީ ޓެކްސް އަށް ނުކަނޑާ ލިބޭ އާމްދަނީން 40 އިންސައްތަ މާރުކުރުން ކަމަށްވުމާއެކު، ޓެކްސްތަކާއި ފީތައް ޑޮލަރުން ދައްކަން ޖެހޭ އިރު އާޚިރުގައި، އާމްދަނީގެ 80 އިންސައްތަ ވަރު ޑޮލަރުން ސަރުކާރަށް ދައްކަން ޖެހޭނެ ކަމުގަ އެވެ.

"މިހާރު ބައްލަވާ، އެ ބުނަނީ ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް، ކިހިނިއްތޯ ދަތިކަމެއް ނާންނާނީ، ޓީޖީއެސްޓީ ދައްކަނީ ޑޮލަރުން، އިންކަމް ޓެކްސް ދައްކަނީ ޑޮލަރުން، ގްރީން ޓެކްސް ދައްކަނީ ޑޮލަރުން، ރަށުގެ ކުލި ދައްކަނީ ޑޮލަރުން، ވިތުހޯލްޑިން ޓެކްސް ދައްކަނީ ޑޮލަރުން، އަދި މުވައްޒަފުންގެ ޕެންޝަނަށް ރިސޯޓުން ދައްކާ ފައިސާ ވެސް މި ދައްކަނީ ޑޮލަރުން، މިއީ އެ ވިިދާޅުވާ 40 އިންސައްތައިގެ އިތުރުން ޑޮލަރުން ދައްކާ ފައިސާ؛" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީ އަކީ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން 17 އިންސައްތަ ނަގާ ޓެކްސް އެއް ކަމަށާއި، ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ފަތުރުވެރިއަކަށް 12 ޑޮލަރު ނަގާ ކަމަށާއި، ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 12 އިންސައްތަ ނަގާ ކަމަށާއި، އިންކަމް ޓެކްސްގެ ގޮތުގައި 15 އިންސައްތަ ނަގާ ކަމަށާއި، ޕެންޝަންގެ ގޮތުގައި ރިސޯޓުން ދައްކާ 7 އިންސައްތަ ޑޮލަރުން ދައްކާ ކަމަށެވެ.

"ދެން މިހުރިހާ އެއްޗެއް ޑޮލަރުން ދައްކާފައި، އަދި ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރީމާ، ރިސޯޓު ހިންގާނީ ކިހިނެއްތޯ،" އޭނާ ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން އެސްޓީއޯގެ ފިއުލް ސަޕްލައިޒް އަށް ތެލުގެ ފައިސާވެސް ދައްކަނީ ޑޮލަރުންނެވެ.

"ރިސޯޓުތަކަށް ބޭނުންވާ ހުރިހާ ސާމާނަކީ، ކާބޯތަކެއްޗަކީ ވެސް ބޭރުން ގެންނަ އެއްޗެހި، އެއަށްވެސް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން،" އޭނާ ވިދާޅުވި އެވެ.

މިހުރިހާ ކަމެއް މިހެން ހުރި އިރު ވެސް ރައީސް މުއިއްޒު ވިދާޅުވީ، "ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ،" ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަމާއެކީގައި އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނޫނީވިއްޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނޫނީވިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ، 40 އިންސައްތަ މާރުކޮށްގެނެއް، އެއީ ޔަޤީންކަމެއް،" ކަމުގަ އެވެ.

ސަރުކާރުން ކުއްލި ގޮތަކަށް މި ގެނައި ބަދަލަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކުގެ މަޝްވަރާ ހޯދައިގެން ގެނައި ބަދަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެންނަނީ ވަރަށް ބޮޑަށް ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން މިއިން އެއްވެސް ބިލެއް ފަރުމާކުރިއިރުގައިވެސް އަދި ދިރާސާކުރުމުގައިވެސް އަދި އެއްވެސް ކަމެއްގައި ބަލަންޖެހޭ ކަންކަމަށް ނުބަލައެއް ނުހުންނާނެ. ފަންނީގޮތުން ބަލަންޖެހޭ ކަންކަން، އެއްކުރަންޖެހޭ ޑޭޓާ އެއްކޮށް، ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން މަޖިލީހަށް ފޮނުވަނީ. އަދި މަޖިލިސް ތެރޭގައި ބަލަންޖެހޭ ކަންކަން ބަލާފައި މި ފާސްކުރަނީ."

ސަރުކާރުން ކުއްލި ގޮތަކަށް ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލާގުޅިގެން ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކަންބޮޑުވެފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވީ، "އަޅުގަނޑުމެންނަކީ ވިޔަފާރިތަކަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތައް،" ކަމުގަ އެވެ.

ރިސޯޓްފަތުރުވެރިކަންބޭރު ފައިސާއާ ބެހޭ ގާނޫނުޑޮލަރުގެ މައްސަލަ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

01 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
01 ސެޕްޓެމްބަރު 2026

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު

31 އޯގަސްޓު 2026
މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026
ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި
31 އޯގަސްޓު 2026

މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

31 އޯގަސްޓު 2026
މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

31 އޯގަސްޓު 2026
އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި
31 އޯގަސްޓު 2026

ރައީސް މުއިއްޒު އުޅެނީ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަން، ބޭނުމަކީ ރާއްޖޭގެ ކޮންޓްރޯލް ނަގައިގެން ދިގު މުއްދަތަކަށް ވެރިކަމުގައި ހުރުން: ޔައުގޫބު

31 އޯގަސްޓު 2026
ރައީސް މުއިއްޒު އުޅެނީ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަން، ބޭނުމަކީ ރާއްޖޭގެ ކޮންޓްރޯލް ނަގައިގެން ދިގު މުއްދަތަކަށް ވެރިކަމުގައި ހުރުން: ޔައުގޫބު
29 އޯގަސްޓު 2026

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

29 އޯގަސްޓު 2026
މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް