Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީއައިއޭ

ޓޫރިޒަމް ދާއިރާއަށް ބުރަ ބޮޑުނުކޮށް އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު: ސުއޫދު

4 ސެޕްޓެމްބަރު 2026 | ހުކުރު 14:33

ދައުލަތުގެ އާމްދަނީ ހޯދުމަށް ޓޫރިޒަމަށް ބަރޯސާވުން ކުޑަކޮށް، އެހެން ދާއިރާތައް ކުރިއެރުވުމަށް މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސުއޫދު ގޮވާލައްވައިފި. ޑޮލަރު މާރުކުރުމުގެ އައު ގަވާއިދާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، އިގުތިސާދީ މައްސަލަތައް ހައްލުކުރަންވީ ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ސެޕްޓެމްބަރު 2026 | ހުކުރު 14:33
މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސުއޫދު

މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސުއޫދު | ރާއްޖެއެމްވީ

ޓޫރިޒަމް ދާއިރާއަށް ބުރަ ބޮޑުނުކޮށް އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާރސް (މަޓާޓޯ) ގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސުއޫދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ޑޮލަރު ބަހުސް' ގައި ވާހަކަދައްކަވަމުން ޓޫރިޒަމް ދާއިރާއަށް ސަރުކާރުން ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީގެ 75 އިންސައްތަ އަކީ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ކަމަށެވެ. އަދި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ދައުލަތަށް އާމްދަނީ ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އެގޮތުން، އެއާޕޯޓުގައި އަލަށް ތައާރަފުކޮށްފައިވާ ޓާމިނަލުގައި ދައުލަތަށް އާމްދަނީ ލިބޭނެ ގޮތެއް ވެސް ގާއިމުވެފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement
އަޅުގަނޑުމެންގެ ޖީޑީޕީގެ 75 އިންސައްތަ މި ހިއްސާ ކުރަނީ ޓޫރިޒަމް ދާއިރާއަށް. އިންޑައިރެކްޓުކޮށް 80 ނުވަތަ 85 އިންސައްތައަށް އެބަ އަރާ. ޓޫރިޒަމް އިންޑަސްޓްރީއަށް ސަރުކާރު މިވަނީ ބަރޯސާވެފައި. އެހެން ގޮތަކަށް އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރޭ. މިގޮތުން އެއާޕޯޓުގެ އައު ޓާރމިނަލްތަކުގައި އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ނެތް ގާއިމުވެފައެއް. އަދި ވީއައިޕީގެ ބޮޑުބައެއް ވެސް އޮންނަނީ މަޖިލިސް މެންބަރުންނަށް ރިޒާވްކޮށްފައި
އަބްދުﷲ ސުއޫދު 

ސުއޫދު ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ޕޯޓުތަކުން އަދި ބޭރު ގައުމުތަކަށް މަސްދަޅު އެކްސްޕޯޓު ކުރުމުން ރާއްޖެއަށް އިތުރު ބޭރު ފައިސާ ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މިފަދަ ތަންތަން ތަރައްގީ ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީއިން 40 އިންސައްތަ މާރުކުރުން ލާޒިމުކުރާ ގާނޫނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. މިކަން ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ މިފަދަ ބަދަލެއް ގެންނައިރު ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުން މުހިންމު ކަމަށެވެ. މިގޮތުން ނިމިދިޔަ ސަރުކާރުން ޓީޖީއެސްޓީ އިތުރުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ އެކު އެތައް މަޝްވަރާއެއް ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އައިއެމްއެފް އަދި ވޯލްޑް ބޭންކުން ޝާއީކޮށްފައިވާ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ދިވެހި ދައުލަތަށް ބޭރު ފައިސާގެ ދަތިކަމެއް ދިމާނުވާނެކަމަށް އެ އިދާރާތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ގައުމުގެ އިގްތިސާދު މި ހާލަތަށް ގޮސް ބޭރު ފައިސާގެ ދަތިތައް އިތުރުވަމުން ދަނީ ސަރުކާރުގެ ބޭކާރު ހަރަދުތައް އިތުރުވުމުގެ ސަބަބުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

އިސްރާފުކުރުން ހުއްޓާލަންޖެހޭ. މިސާލަކަށް ގިރާވަރު އަދި ގުޅީފަޅު ފަދަ މަޝްރޫއުތަކަށް ބޭރު ފައިސާ މި އޮއްސާލަނީ. ޑޮލަރުގެ ދަތިކަން މި އަންނަނީ މި ސަބަބުތަކާއި ހުރެ. އައިއެމްއެފް އިން ރިޕޯޓު ނެރޭ ނޮވެންބަރުގައި ވޯލްޑް ބޭންކުން ނެރޭ ޖެނުއަރީ ހިސާބު. އެބޭފުޅުންގެ މިދިޔަ އަހަރުގެ ރިޕޯޓުގައި ވެސް ރާއްޖެއަށް ބޭރު ފައިސާގެ އެއްވެސް ދަތިކަމެއް ނެތްކަމަށް އޮތީ ފާހަގަކޮށްފައި
އަބްދުﷲ ސުއޫދު 

މި ހިނގަމުންދާ ރައީސް މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ އިގުތިސާދީ ހާލަތު ދަނީ ވަރަށް ބޮޑަށް ދައްވަމުންނެވެ. މިކަން ހައްލުކުރެއްވުމަކަށް ކަމުގައި ވިދާޅުވެ ރައީސް މުއިއްޒު ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމްކުރާ ގާނޫނެއް ތަސްދީގު ކުރައްވައިފަ އެވެ. ނަމަވެސް މި ގާނޫނު ތަސްދީގު ކުރެއްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ނިސްބަތްވާ އެތައް ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

އަބްދުﷲ ސުއޫދުމަޓާޓޯވީއައިއޭ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނެގުމަކުން ރާއްޖޭގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހައްލެއްނުވާނެ: މަޓާޓޯ

27 އޯގަސްޓު 2026
ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނެގުމަކުން ރާއްޖޭގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހައްލެއްނުވާނެ: މަޓާޓޯ
18 ޖުލައި 2026

ކުރިއާ އެއްވަރަށް ފަތުރުވެރިން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ ދަށް!

18 ޖުލައި 2026
ކުރިއާ އެއްވަރަށް ފަތުރުވެރިން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ ދަށް!
03 ޖޫން 2026

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

03 ޖޫން 2026
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
26 މެއި 2026

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް

26 މެއި 2026
ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް
24 މެއި 2026

ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް

24 މެއި 2026
ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް
20 މެއި 2026

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް
19 މެއި 2026

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

19 މެއި 2026
ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް
11 މެއި 2026

ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ދޭނެ ކަމަށް ވައުދުވީއިރު، މެދު އިރުމަތީގެ ހަނގުރާމަ ފެށޭނެ ކަމެއް ނޭނގޭ: ރައީސް މުއިއްޒު

11 މެއި 2026
ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ދޭނެ ކަމަށް ވައުދުވީއިރު، މެދު އިރުމަތީގެ ހަނގުރާމަ ފެށޭނެ ކަމެއް ނޭނގޭ: ރައީސް މުއިއްޒު
10 މެއި 2026

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
01 މާރިޗު 2026

ވީއައިއޭ އަށް އާދިއްތަ ދުވަހު އަންނަން އޮތް 14 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ވާނެ

01 މާރިޗު 2026
ވީއައިއޭ އަށް އާދިއްތަ ދުވަހު އަންނަން އޮތް 14 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް