Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟

23 އޯގަސްޓު 2026 | އާދީއްތަ 10:39

އެންމެ ފުރަތަމަ ކަމަކަށް، އެފްއޭއެމްގެ ރައީސް ފުޓުބޯޅަ ހަރަކާތްތަކުން ފެންނަން ވާނެ އެވެ. ފުޓުބޯޅަ މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުން ވެސް ފެންނަން ވާނެ އެވެ. ޚާއްސަކޮށް ދިވެހި ފުޓުބޯޅައިގެ މިހާ ނާޒުކު ވަގުތެއްގައި، ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، އެފްއޭއެމްގެ ރައީސް އާއި އިސްވެރިން ނަމޫނާ ދައްކަން ވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2026 | އާދީއްތަ 10:39
އެފްއޭއެމްގެ ރައީސް އަހުމަދު ތާރިޤު (ޓޮމް)، މުހިންމު ބައެއް އިވެންޓުތަކުން ފެނިވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެ

އެފްއޭއެމްގެ ރައީސް އަހުމަދު ތާރިޤު (ޓޮމް)، މުހިންމު ބައެއް އިވެންޓުތަކުން ފެނިވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެ | ރާއްޖެ އެމްވީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތާރިޤު (ޓޮމް) ކޮބައި ހެއްޔެވެ؟ އެފްއޭއެމްގެ ރައީސް ޓޮމް، ފުޓުބޯޅައިގެ މުހިންމު އިވެންޓުތަކުން، ނުވަތަ ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ވަޑައިގެންނެވީ، ފުޓުބޯޅަ ކުރިއަރުވައި، ފުޓުބޯޅަ އަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށެވެ. އެއީ ފަހުގެ ވާހަކަ އެކެވެ. 

އެންމެ ފުރަތަމަ ކަމަކަށް، އެފްއޭއެމްގެ ރައީސް ފުޓުބޯޅަ ހަރަކާތްތަކުން ފެންނަން ވާނެ އެވެ. ފުޓުބޯޅަ މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުން ވެސް ފެންނަން ވާނެ އެވެ. ޚާއްސަކޮށް ދިވެހި ފުޓުބޯޅައިގެ މިހާ ނާޒުކު ވަގުތެއްގައި، ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، އެފްއޭއެމްގެ ރައީސް އާއި އިސްވެރިން ނަމޫނާ ދައްކަން ވާނެ އެވެ.

މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާ އަކީ މަޖިލީހަށް ހާޒިރުވެ، ބަހުސްތަކުގައި ބައިވެރިވެ، ރައްޔިތުންގެ ހައްގުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންނާ ސުވާލު ކުުރުމެވެ. މަޖިލީހަށް ނުގޮސް، ރައްޔިތުންގެ ހައްގުގައިި ވަކާލާތު ނުކުރެވޭ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާ އަދާ ނުކުރެވެނީ އެވެ. އަޅުގަނޑުމެން އެންމެން ވެސް ޤަބޫލު ކުރާ ހަމަޔަކީ އެއީ އެވެ.

މިއަދު ގިނަ ބަޔަކު އުފައްދާ ސުވާލަކަށް މިކަން ނުވި ނަމަވެސް، މިއީ ވިސްނާލުން ރަނގަޅު ކަމެއް ކަމަށް ދެކެމެވެ. އަދި މިއީ ކޮންމެހެން ވެސް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ބައިނަލްއަޤުވާމީ މުބާރާތެއް ބާއްވައި، ޤައުމީ ފެންވަރުގައި ބޮޑު މުބާރާތެއް ބޭއްވިއިރު، އެފްއޭއެމްގެ ރައީސް ޓޮމް ފެންނަން ނެތުމަކީ ހަމަ ޔަޤީނުން ވެސް ފަޅު ކަމަކަށް ވާނެ އެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާާތް

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަަ ކުރުމުގެ މުނާސަބުގައި ބޭއްވި މުބާރާތެކެވެ. ފުޓުބޯޅައިގެ ފޯރި މަޑު ޖެހިފައި އޮތް ވަގުތެއްގައި، އެ ފޯރި އަލުން ގެނައުމަށް ލިބުނު ފުރުސަތެކެވެ. އެކަމުގެ ފަށައި ގަތުމެވެ. މުހިންމު އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުން ފެނިވަޑައިގެންނެވި ނަމަވެސް، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުން އެފްއޭއެމްގެ ރައީސް ޓޮމް ފެނިވަޑައިގެންފައި ނުވެ އެވެ. މާ ބޮޑު ކަމެއްގެ ގޮތުގައި ބަޔަކަށް ފާހަގަ ނުވި ނަމަވެސް، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޓޮމް ނެތުމަކީ ފަޅު ކަމަކަށް ވާނެ އެވެ. އެއީ ރާއްޖެ އަށް ވެސް އެހާމެ ޚާއްސަ މުބާރާތަކަށް ވީމަ އެވެ. 

ޗެރިޓީ ޝީލްޑު މެޗު 

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަށް ފަހު، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނީ ޗެރިޓީ ޝީލްޑު މެޗެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި އެ ޚާއްސަ މެޗުން ވެސް، އެފްއޭއެމްގެ ރައީސް ޓޮމް ފެނިވަޑައިގެންފައި ނުވެ އެވެ. މިއީ ފުޓުބޯޅަ ސީޒަން ފެށުމުގެ މެޗަށްވުމާ އެކު، ފުރަތަމަ ޑިވިޝަންގެ ފޯރި އާއި ޖޯޝު އަދި ޓީމުތަކުގެ ވާދަވެރި ކަމަށް މުހިންމުވި މެޗުގައި ވެސް ޓޮމް ފެނިވަޑައިގެންފައި ނުވެ އެވެ.

ކަޕް ވިނާސް ކަޕް

ރާއްޖޭގެ ފުޓުބޯޅައިގެ ޚާއްސަ މުބާރާތެއް ކަމަށްވާ ކަޕް ވިނާާސް ކަޕް މިއަަހަރު ބާއްވާފައި ވަނީ، ދިގު މެދުކެނޑުމަކަށް ފަހު އެވެ. 18 އަހަރުގެ މެދުކެނޑުމަކަށް ފަހު ކަޕް ވިނާސް ކަޕް ބޭއްވިއިރު، އެއީ ސީޒަންގެ ފުރަތަމަ މުބާރާތެވެ. ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅުނު މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތުން ވެސް، އެފްއޭއެމްގެ ރައީސް ޓޮމް ފެނިވަޑައިގެންފައި ނުވެ އެވެ. ފުޓުބޯޅައިގެ ފޯރި ފުރަތަމަ ޑިވިޝަންގައި ގަދަކޮށް، ޓީމުތަކުގެ ވާދަވެރިކަން އިތުރުކޮށް، އަދި ފުޓުބޯޅައިގެ މުހިންމު މުބާރާތްތައް އަލުން ކުޅުމުގެ މަސައްކަތް ކުރާއިރު، އެފްއޭއެމްގެ ރައީސް ފެންނަން ނެތުމަކީ އުނި ކަމެކެވެ.

މަސައްކަތް ގިނައީ ހެއްޔެވެ؟

ޓޮމް އަކީ އެފްއޭއެމްގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ވެސް މެއެވެ. އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގައި ހުންނެވި އިސް މަޤާމުން ޓޮމް އިސްތިއުފާ ދެއްވީ ވެސް، އެފްއޭއެމް އަށް ވަގުތު ދެއްވުމަށެވެ. މަސައްކަތް ބުރަވާނެތީ އެވެ. މިހާރު ޓޮމް އަކީ މަޖިލިސް މެންބަރެއްގެ އިތުރުން، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. މެންބަރެއްގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން، އެފްއޭއެމްގެ ރައީސްގެ މަސައްކަތްތަކަށް ވަގުތު ނުދެއްވެނީ ހެއްޔެވެ؟

އެހެން މައްސަލައެއް އޮތީ؟

މިއީ ވެސް ފަހަރުގައި ވެދާނެ ކަމަށް ބެލެވޭ ގޮތެކެވެ. ހަގީގަތް ޤަބޫލު ކުރަން ދަތިވި ނަމަވެސް، ޓޮމް އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިހުގައި ހުންނެވި ބޭފުޅެކެވެ. 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓެއް ހުންނެވިއިރު ވެސް، ރައީސް ޔާމީންގެ ތާއީދު ލިބިވަޑައިގެން އަމިއްލަ ގޮތުން ވާދަކުރެއްވި ޓޮމް އަށެވެ. ޓޮމް އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، ފަހުން ރައީސް ޔާމީންގެ އެންމެ އަރިހުގައި ހުންނެވީ ވެސް ޓޮމް އެވެ. މިއަދު ރައީސް ޔާމީންއާ ދުރުގައި ހުންނެވި ނަމަވެސް، ރައީސް ޔާމީން އަށް އަމާޒު ކުރައްވައި ޓޮމް މާ ބޮޑު އެއްޗެއް ވިދާޅެއް ނުވެ އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި، ޓޮމްް ތަންކޮޅެއް ދުރުގައި ހުންނަވަނީ ސިޔާސީ ކަންކަން އޮތް ގޮތުންނެވެ. ކަޕް ވިނާސް ކަޕް ނިންމުމުގެ ރަސްމިއްޔާތުގެ ސްޓޭޖުގައި ޕީއެންސީގެ ކުލަ ހިމެނުމުން، އެކަމާ ޓޮމް ހިތްހަމަ ޖެހިވަޑައިނުގަތީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު، މިވަގުތު ކަންކަން އޮތް ގޮތުން ފާޅުގައި ޓޮމް އަށް ދެކޮޅު ހައްދަވަން ނުކެރެނީ އެވެ. ކުރިން ވެސް ރައީސްގެ މަގާމު ގެއްލިފައި އޮތުމުން، އަނެއްކާ ވެސް އެފަދަ ހާލަތެއް އުފަން ވެދާނެތީ އެވެ.

ކޮންމެ ގޮތެއް ވީ ނަމަވެސް، އެފްއޭއެމްގެ ކަންކަން ނުވަތަ މުބާރާތްތަކުގައި ޓޮމް ފެނިވަޑައިގަތުމް މަދުވެއްޖެ އެވެ. ފަހަތުގައި ކޮންމެ ވެސް ކަމެއް ފޮރުވިފައި އޮންނާނެކަމީ، ޔަޤީން ކަށަވަރު ކަމެކެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!

20 އޯގަސްޓު 2026
ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!
23 މެއި 2026

ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ

23 މެއި 2026
ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ
07 މާރިޗު 2026

އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ

07 މާރިޗު 2026
އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ
24 ފެބުރުއަރީ 2026

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

24 ފެބުރުއަރީ 2026
ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި
23 ފެބުރުއަރީ 2026

ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ

23 ފެބުރުއަރީ 2026
ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ
12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
09 ފެބުރުއަރީ 2026

މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

09 ފެބުރުއަރީ 2026
މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި
07 ފެބުރުއަރީ 2026

ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

07 ފެބުރުއަރީ 2026
ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ
04 ފެބުރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ

04 ފެބުރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް