Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:52

މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް އެންމެ ފުރަތަމަ ތާވަލް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ އެފްއޭއެމް އިން ވަނީ މެޗު ހުކުރު ދުވަހަށް ފަސްކޮށްފައިވާކަން އަންގާފައި ކަމަށް އެ ޓީމުން ބުނެފައިވޭ. އޭގެ ފަހުން ހުކުރު ދުވަހު ވެސް މެޗު ކުޅެވެން ނެތް ކަމަށް، އެ ދުވަހުގެ ހެނދުނު އަންގާފައިވާ ކަމަށް ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:52
އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ލ. ގަމު ޓީމު

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ލ. ގަމު ޓީމު | ފޭސްބުކް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ، އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ލ. ގަމު ފުޓްސަލްގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގަމު ފުޓްސަލް ޓީމުން އާންމު ކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ލ.އަތޮޅު ބުރުގެ މެޗުތައް ކުޅޭ ތާރީޚަށް އެފްއޭއެމް އިން ތަކުރާރުކޮށް ބަދަލު ގެންނަމުންދާތީ އެ ޓީމަށް ގެއްލުން ލިބިފައިވާ ކަމަށެވެ. 

އެގޮތުން މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ އެފްއޭއެމް އިން ވަނީ މެޗު ހުކުރު ދުވަހަށް ފަސްކޮށްފައިވާކަން އަންގާފައި ކަމަށް އެ ޓީމުން ބުނެފައިވެ އެވެ. އޭގެ ފަހުން ހުކުރު ދުވަހު ވެސް މެޗު ކުޅެވެން ނެތް ކަމަށް، އެ ދުވަހުގެ ހެނދުނު އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

ގަމު ފުޓްސަލް ޓީމުން ބުނެފައި ވަނީ، އެފްއޭއެމް އިން މިފަދަ މުބާރާތެއް ބާއްވާތީ އެ ކުލަބުން އުފާކުރާ ކަމަށެވެ. ނަމަވެސް، ބޮޑެތި ޚަރަދުތަކެއް ކޮށްގެން މުބާރާތުގައި ވާދަކުރާއިރު، ތަކުރާރުކޮށް މުބާރާތުގެ ތާރީޚަށް ބަދަލު ގެނައުމަކީ މާލީ ގޮތުން ގެއްލުން ލިބުމުގެ އިތުރުން، ކުޅުންތެރިންގެ މޯޓިވޭޝަން އަށް އަސަރު ކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އަނެއްކޮޅުން މާލޭގައި ވަޒީފާ އަދާކުރަމުން އަންނަ ކުޅުންތެރިން ޗުއްޓީ ނަގައި، އަދި ވަޒީފާ އިން ރިލީޒް ހޯދާފައި ވަނީ އެފްއޭއެމް އިން ހިއްސާކޮށްފައިވާ ޝެޑިއުަލްއާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެފްއޭއެމް އިން މިގޮތަށް އަމަލު ކުރުމުން ރަށް ރަށުގައި އެފްއޭއެމް އަށް އޮތް އިތުބާރު ގެއްލޭ ކަމަށް އެ ކުލަބުން ބުނެފައިވެ އެވެ.

ގަމު ފުޓްސަލް ޓީމުން ބުނެފައި ވަނީ ފުޓްސަލް ކުރިއެރުވުމުގެ މަޤުސަދުގައި މިފަދަ މުބާރާތްތައް ބާއްވާއިރު، މިހާރަށް ވުރެ ހިންގުންތެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްލ.ގަމު ފުޓްސަލް ޓީމު

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

5

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ

03 ސެޕްޓެމްބަރު 2026
އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ
26 އޯގަސްޓު 2026

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: އއ.އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި ހޯދައިފި

26 އޯގަސްޓު 2026
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: އއ.އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި ހޯދައިފި
23 އޯގަސްޓު 2026

އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟

23 އޯގަސްޓު 2026
އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟
20 އޯގަސްޓު 2026

ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!

20 އޯގަސްޓު 2026
ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!
23 މެއި 2026

ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ

23 މެއި 2026
ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ
07 މާރިޗު 2026

އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ

07 މާރިޗު 2026
އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ
24 ފެބުރުއަރީ 2026

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

24 ފެބުރުއަރީ 2026
ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި
23 ފެބުރުއަރީ 2026

ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ

23 ފެބުރުއަރީ 2026
ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ
12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް