Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސައުދީ އަރަބިއްޔާ

ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟

14 ސެޕްޓެމްބަރު 2026 | ހޯމަ 17:15

ސައުދީގެ އިރުމައްޗާއި ހުޅަނގު ގުޅާލަދޭ މައި ތެޔޮ ހޮޅިއަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ތެޔޮ އެކްސްޕޯޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ. ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން ބަރޯސާވި މި ހޮޅީގެ މަސައްކަތް ހުއްޓުމަކަށް އައުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަޕްލައިއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް މާހިރުން ލަފާކުރޭ

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2026 | ހޯމަ 17:15
2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިން ޕަމްޕިން ސްޓޭޝަނަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ރޯވި އަލިފާނުގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތައް "ވެންޓޯ" ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެއެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ޕަމްޕިން ސްޓޭޝަނާއި އެތަނުގެ ވަށައިގެންވާ ބޮޑު ސަރަހައްދެއް ވަނީ އަލިފާނުގެ ސަބަބުން އަނދައި ކަޅުވެފައި

2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިން ޕަމްޕިން ސްޓޭޝަނަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ރޯވި އަލިފާނުގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތައް "ވެންޓޯ" ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެއެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ޕަމްޕިން ސްޓޭޝަނާއި އެތަނުގެ ވަށައިގެންވާ ބޮޑު ސަރަހައްދެއް ވަނީ އަލިފާނުގެ ސަބަބުން އަނދައި ކަޅުވެފައި | ގެޓީ އިމޭޖަސް

ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި އިތުރު ގޮންޖެހުމެއްގެ ގޮތުން، ސައުދީ އަރަބިއްޔާގެ އިރުމައްޗާއި ހުޅަނގު ގުޅާލަދޭ މައި ތެޔޮ ހޮޅިއަށް މިދިޔަ ބުރާސްފަތި ދުވަހު ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ގައުމުން އެ ހޮޅީގެ މަސައްކަތްތައް މެދުކަނޑާލައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތް އޮތުމަށް ހައްލެއް ހޯދުމަށް ސައުދީން ބޭނުންކުރާ މި ހޮޅިއަކީ 1،200 ކިލޯމީޓަރު (746 މޭލު) ދިގު ހޮޅިއެކެވެ. ދުވާލަކު 4 މިލިއަނާއި 5 މިލިއަނާ ދެމެދުގެ އަދަދަކަށް ފީފާ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ މި ހޮޅި ގުޅާލަދެނީ އެ ގައުމުގެ އިރުމަތީގައި ހުރި މައި ތެޔޮ ވަޅުތަކާއި ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރާ އެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެނާޖީން ބުނި ގޮތުގައި، ރިޔާޟް އަދި މަދީނާ ސަރަހައްދުގައި ހުރި މި ހޮޅީގެ ބައިތަކަށް ދިން ހަމަލާގައި މީހުންނަށް އަނިޔާވެ، ބައެއް ތަންތަނަށް ގެއްލުންވުމާ ގުޅިގެން، ހޮޅީގެ މަސައްކަތް މެދުކަނޑާލީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި ހޮޅި ބަންދުކުރަން ޖެހުނީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ސަޕްލައިކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ރަތްކަނޑާއި ބާބުލް މަންދަބް ސަރަހައްދަށް ދޭ ހަމަލާތައް ވެސް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.

ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވުމުން، ސައުދީ އަރަބިއްޔާއިން ބޮޑަށް ބަރޯސާވަމުން އައީ އީސްޓް-ވެސްޓް ހޮޅިއަށެވެ. އެހެންކަމުން، މި ހޮޅި ބަންދުކުރުމަކީ މިހާރުވެސް ދަތިތަކާ ކުރިމަތިވެފައިވާ ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ބެލެ އެވެ.

ލިބުނު ގެއްލުންތަކުގެ ބޮޑުމިނަކީ ކޮބާ؟

މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ސާފެއް ނުވެ އެވެ. އަދި މި ހޮޅި އަލުން އާންމު ހާލަތަށް ގެނައުމަށް ނަގާނެ ވަގުތާ މެދު ވެސް ތަފާތު ޚިޔާލުތައް އެބަހުއްޓެވެ. ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަރާމާތުގެ މަސައްކަތަށް ފަހެއް ނުވަތަ ހައެއްކަ ހަފުތާ ނަގާނެ އެވެ. ނަމަވެސް އެހެން މަސްދަރަކުން ބުނި ގޮތުގައި މިއަށްވުރެ އަވަހަށް މަސައްކަތް ފެށޭނެ އެވެ.

ސައުދީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ޑްރޯން ހަމަލާތައް އަމާޒުވީ ރިޔާޟް އަދި މަދީނާ ސަރަހައްދުގައި ހުރި ހޮޅީގެ ދެ ދިމާލަކަށެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ މި ހަމަލާގައި ބައެއް މީހުންނަށް އަނިޔާވެ، އުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ސައުދީ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ޑްރޯންތައް ފޮނުވާލާފައިވަނީ އިރާގުގެ އިރުދެކުނުގައި އޮންނަ މައިސާން ޕްރޮވިންސުންނެވެ. މިއީ އީރާނުގެ ބޯޑަރާ ކައިރި، އަދި އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ނުފޫޒު އޮންނަ ސަރަހައްދެކެވެ.

މި ހަމަލާ ދީފައި މިވަނީ، މިދިޔަ މާރިޗު މަހު ޔަންބޫގައި ހުންނަ ސައުދީ އަރަމްކޯ-އެކްސަން މޮބިލް ރިފައިނަރީއަށް ދިން ހަމަލާއަކާ ގުޅިގެން ރަތްކަނޑުގެ ބަނދަރުން ތެޔޮ ބޭރުކުރުމަށް ވަގުތީ ހުރަސްތަކެއް ކުރިމަތިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މާރިޗު މަހުގެ ހަމަލާއިން މާ ބޮޑު ދާއިމީ ގެއްލުމެއް ނުލިބި، މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ފެށުނު ނަމަވެސް، އެ ހަމަލާއިން އެނގިގެންދިޔައީ ސައުދީގެ ހުޅަނގު ސަރަހައްދުގައި ހުރި ތެލުގެ ވަސީލަތްތަކަކީ ވެސް ހަމަލާތަކުން ރައްކާތެރިވެފައިވާ ތަންތަން ނޫން ކަމެވެ.

އީސްޓް-ވެސްޓް ހޮޅިއަކީ ކޮބާ؟

"ޕެޓްރޯލައިން" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ މި ހޮޅިއަކީ 1981 ވަނަ އަހަރު ބިނާކުރި 1،200 ކިލޯމީޓަރު (745 މޭލު) ދިގު ތެޔޮ ހޮޅިއެކެވެ. މީގެ ބޭނުމަކީ ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް، އަބްގަައިގް ކައިރީގައި ހުރި ސައުދީގެ އިރުމަތީ ތެޔޮ ވަޅުތަކުން އަރަބި ކަނޑުއޮޅި ހުރަސްކޮށް ރަތްކަނޑުގެ ޔަންބޫ ބަނދަރަށް ސާފުނުކުރާ ތެޔޮ އުފުލުމެވެ.

މި ހޮޅިން ދުވާލަކު 7 މިލިއަން ފީފާ ތެޔޮ އުފުލުމުގެ ގާބިލުކަން ހުރި ނަމަވެސް، ފަހަކަށް އައިސް އުފުލާ މިންވަރު ވަނީ މަދުވެފަ އެވެ. ކެޕްލާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޫޘީންގެ ހަމަލާތަކާ ގުޅިގެން ރަތްކަނޑުގެ މަގު ބޭނުންކުރުން އުނދަގޫވުމުގެ ސަބަބުން، އޮގަސްޓް މަހު މި ހޮޅިން އުފުލާފައިވަނީ ދުވާލަކު 2 މިލިއަން ފީފާ ތެޔޮ ކަމަށްވާއިރު، މިއީ ޖެނުއަރީ މަހަށްފަހު އެންމެ ދަށްވި މަހެވެ.

ހަމަނުޖެހުންތައް ފެށުނު ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ސައުދީން ވަނީ ހުޅަނގަށް ފޮނުވާ ތެލުގެ މިންވަރު ދުވާލަކު 4 އިން 5 މިލިއަން ފީފާއަށް އިތުރުކޮށްފަ އެވެ. މިއީ ދުނިޔެއަށް ސަޕްލައިކުރާ ތެލުގެ 4 އިންސައްތައާއި 5 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. މީގެ ސަބަބުން ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމަށް، ކަނޑުމަގުން ދަތުރުކުރުން ނުރައްކާވި ދަނޑިވަޅުގައި ހުރްމުޒް ކަނޑުއޮޅި ނޫން އެހެން މަގެއް ލިބިގެންދިޔައެވެ.

މީގެ މުހިންމުކަމަކީ ކޮބާ؟

މި ހޮޅި ބަންދުކުރަން ޖެހުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް ވަރަށް ނާޒުކު ދަނޑިވަޅެއްގަ އެވެ.

ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބަޔަށް ވުރެ ގިނަ ތެޔޮ (ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ) އުފުލަމުން ދިޔައީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، މިހާރު އެ ކަނޑުއޮޅިން އުފުލެނީ ދުވާލަކު އެންމެ 6 އިން 9 މިލިއަން ފީފާ ތެލެވެ. މިއީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

މިކަމަށް ހައްލެއް ހޯދުމަށް ސައުދީން މަސައްކަތް ކުރީ ރަތްކަނޑާ ދިމާލަށް ގިނަ ތެޔޮ ފޮނުވައިގެންނެވެ. ނަމަވެސް، އެ ތެޔޮ އެކްސްޕޯޓް ކުރެވެން އޮތީ ހޮޅިތަކާއި، ތެޔޮ ރައްކާކުރާ ތަންތަނާއި، ތެޔޮ އުފުލާ ބޯޓުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރެވިގެންނެވެ. ފެބްރުއަރީ މަހު އީރާނު ހަނގުރާމަ ފެށުނު ފަހުން މި ހުރިހާ ވަސީލަތްތަކަކަށް ވެސް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.

ރޮއިޓާސްއާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި، މި ހޮޅި ބަންދުކޮށްފައި އޮންނަ ނަމަ، ޔަންބޫގައި ހުރި ތެޔޮ ރިޒާވުން އެކްސްޕޯޓް ކުރެވޭނީ ގާތްގަނޑަކަށް ފަހެއް ނުވަތަ ހަތް ދުވަހަށެވެ. އަދި މިސްރުގެ އައިން ސުޚްނާ އާއި ސިދީ ކެރީރުގައި ހުރި ސައުދީ ތެޔޮ ރައްކާކުރާ ތަންތަނުން އިތުރު މަދު ދުވަސްކޮޅަކަށް ތެޔޮ ފޯރުކޮށްދެވިދާނެ އެވެ.

މިއީ ސައުދީއަށް ލިބޭ ކުޑަ ލުޔެއް ނަމަވެސް، ދުނިޔޭގެ ތެލުގެ ރިޒާވް މިހާރުވެސް ދަނީ ދަށްވަމުންނެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) އިން ބުނި ގޮތުގައި، ހުރްމުޒް އާއި ރަތްކަނޑުގެ ހަމަނުޖެހުންތަކާ ހުރެ، އޮގަސްޓް މަހު ސައުދީގެ ތެޔޮ ސަޕްލައި ވަނީ ފާއިތުވި 30 އަހަރު ތެރޭގައި ނުދާހާ ދަށް މިންވަރަކަށް ގޮސްފަ އެވެ. އެ އެޖެންސީން ލަފާކުރާ ގޮތުގައި މިއަހަރު ދުނިޔޭގެ ތެލުގެ ސަޕްލައި 5.7 މިލިއަން ފީފާ ދަށްވާނެ އެވެ. މިއީ ދުނިޔޭގެ މުޅި ސަޕްލައިގެ 6 އިންސައްތަ އެވެ.

މިހާތަނަށް ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވަނީ ރިޒާވްގައި ހުރި ތެޔޮ ބޭނުންކުރުމުގެ ސަބަބުންނެވެ. ފާއިތުވި މަސްތަކުގައި ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 70 އާއި 90 ޑޮލަރާ ދެމެދުގަ އެވެ. ނަމަވެސް ސަރަހައްދީ ހަމަނުޖެހުންތައް ދިގުލައިގެންދާ ވަރަކަށް، ރިޒާވްތައް ހުސްވެ، ތެލުގެ އަގު އުފުލިގެންދާނެ އެވެ.

ޖޫން މަހު އައި.އީ.އޭ އިން ބުނި ގޮތުގައި، ރިޒާވުން ތެޔޮ ނެގުން މިގޮތަށް ކުރިއަށްދާ ނަމަ، ނުރައްކާތެރި މިންވަރަކަށް ރިޒާވް ދަށްވެދާނެ އެވެ. މާހިރުން ލަފާކުރާ ގޮތުގައި ރިޒާވް ވަރަށް ބޮޑަށް ދަށްވެއްޖެ ނަމަ، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލުމުގެ ފުރުސަތު އެބައޮތެވެ.

މި ހޮޅިއަށް ލިބުނު ގެއްލުން ބޮޑުވެ، ޔަންބޫ ބަނދަރާއި އެ ސަރަހައްދުގެ ކަނޑުގެ މަގުތަކަށް ހަމަލާތައް ކުރިއަށްދާ ނަމަ، ގަލްފުގެ އެކްސްޕޯޓަށް ލިބޭ އުނިކަން ފޫބެއްދުމަށް ސައުދީން ކުރާ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

ގޭވްކަލް ރިސާޗުން ފާހަގަކުރި ގޮތުގައި، ދުވާލަކު އެއް މިލިއަނަށް ވުރެ ގިނަ ފީފާ ތެޔޮ ސާފުކުރާ ޔަންބޫގެ މަސައްކަތްތައް ހޫތީންގެ ޑްރޯން ހަމަލާތަކުގެ ސަބަބުން ހުއްޓިއްޖެ ނަމަ، މިއީ ދުނިޔޭގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން މިހާރުވެސް ދަށްވެފައިވާ ދަނޑިވަޅެއްގައި ކުރިމަތިވާނެ ވަރަށް ބޮޑު ކާރިސާއެކެވެ.

މަސްދަރު: އަލް ޖަޒީރާ

ހުރްމުޒް ކަނޑުއޮޅިޔަންބޫ ބަނދަރުހޫޡީރަތް ކަނޑުއީސްޓް-ވެސްޓް ޕައިޕްލައިންސައުދީ-ޔަމަން

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި

14 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި
14 ސެޕްޓެމްބަރު 2026

ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ

14 ސެޕްޓެމްބަރު 2026
ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް
14 ސެޕްޓެމްބަރު 2026

އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް

14 ސެޕްޓެމްބަރު 2026
އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް
14 ސެޕްޓެމްބަރު 2026

ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް

14 ސެޕްޓެމްބަރު 2026
ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި
13 ސެޕްޓެމްބަރު 2026

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު
13 ސެޕްޓެމްބަރު 2026

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026
 ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ

13 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް