Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-ސައުދީ

ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ

14 ސެޕްޓެމްބަރު 2026 | ހޯމަ 09:54

ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ދިން ޑްރޯން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމަށް ބުރޫއަރައި ތެލުގެ އަގު ވަނީ އުފުލިފައި. މި ހޮޅި މަރާމާތުކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭއިރު، މިއީ ފާރިސީ ކަނޑުއޮޅި ނޫން އެހެން މަގަކުން ތެޔޮ ބޭރުކުރުމަށް ސައުދީން ބޭނުންކުރާ އެންމެ މުހިންމު ވަސީލަތް

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2026 | ހޯމަ 09:54
ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިން ޕަމްޕިން ސްޓޭޝަނަށް 2026 ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ރޯވި އަލިފާނުގެ ސަބަބުން، އެ ތަނުގެ އިމާރާތްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާއި އަދި އަލިފާން އެނދުމުގެ ސަބަބުން ކަޅުވެފައިވާ ބިންގަނޑު، ވެންޓޯ ސެޓެލައިޓުން ނަގާފައިވާ މި ފޮޓޯއިން ވަރަށް ގާތުން ސާފުކޮށް ފެނޭ

ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިން ޕަމްޕިން ސްޓޭޝަނަށް 2026 ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ރޯވި އަލިފާނުގެ ސަބަބުން، އެ ތަނުގެ އިމާރާތްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާއި އަދި އަލިފާން އެނދުމުގެ ސަބަބުން ކަޅުވެފައިވާ ބިންގަނޑު، ވެންޓޯ ސެޓެލައިޓުން ނަގާފައިވާ މި ފޮޓޯއިން ވަރަށް ގާތުން ސާފުކޮށް ފެނޭ | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ މުހިންމު ތެޔޮ ހޮޅިއަކަށް ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ތެޔޮ ސަޕްލައި މެދުކެނޑިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، މި ހޮޅި މަރާމާތުކުރުމަށް ގިނަ ދުވަސްތަކެއް ނަގާނަމަ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ސަޕްލައިގެ 4 އިންސައްތަ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން އަންނަނީ އިންޒާރު ދެމުންނެވެ.

އާދީއްތަ ދުވަހު އާންމުކުރި ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ސައުދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް ދަމާލާފައިވާ 1،200 ކިލޯމީޓަރު (745 މޭލު) ގެ ދިގު މި ހޮޅީގެ ޕަމްޕިން ސްޓޭޝަނެއް ވަނީ އަނދައި، ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

Advertisement - worldAdvertisement

މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނުވަތަ މި ހޮޅި އަލުން ބޭނުންކުރަން ފެށޭނީ ކިހާ ދުވަހަކުން ކަމެއް ސައުދީ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި މި ތެޔޮ ހޮޅި ސައުދީ އަރަބިއްޔާއަށް ވަނީ ވަރަށް މުހިންމު ވަސީލަތަކަށް ވެފަ އެވެ. އެއީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން އަވަށްޓެރި ގައުމުތަކުން ތެޔޮ ބޭރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެވެ. ސައުދީން މި މަގު ބޭނުންކުރަނީ ދުވާލަކު ގާތްގަނޑަކަށް ހަތަރު މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރަށް ފޮނުވުމަށެވެ. މިއީ ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ ގާތްގަނޑަކަށް 4 އިންސައްތަ އެވެ.

އެކްސްޕޯޓް ކުރާ ތެލުގެ ރިޒާވަށް ބާރުބޮޑުވުން

ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ކަންކަން ދަންނަ ތިން މަސްދަރަކުން ބުނެފައިވަނީ، ތެޔޮ ހޮޅި ބަންދުކޮށްފައި އޮތުމުން ޔަންބޫ ބަނދަރުގައި މިހާރު ހުރި ތެލުގެ ރިޒާވުން އެކްސްޕޯޓް ކުރެވޭނީ އެންމެ ފަހެއް ނުވަތަ ހަތް ދުވަހަށެވެ.

ހަތަރުވަނަ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، މިސްރުގެ އައިން ސުޚްނާ އަދި ސީދީ ކެރީރު ބަނދަރުތަކުގައި ވެސް ސައުދީގެ ތެޔޮ ރިޒާވް އެބަހުއްޓެވެ. ނަމަވެސް އެ ތަންތަނުގައި ހުރި ތެލަކީ ވެސް މަދު ދުވަސްކޮޅަކަށް ބޭނުންކުރެވޭނެ މިންވަރެއް ކަމަށާއި، ތެޔޮ ހޮޅި އަލުން އޮޕަރޭޝަނަށް ނުގެނެސްފިނަމަ އެ ރިޒާވް ވެސް ހުސްވާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ސައުދީން ތެޔޮ ގަންނަ ފަރާތްތަކާއި ވިޔަފާރިވެރިން ބުނާ ގޮތުގައި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތެޔޮ ހޮޅި އަލުން ބޭނުންކުރަން ނުފެށިއްޖެނަމަ، ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރާނެ ތެޔޮ ސައުދީން ހުސްވެދާނެ އެވެ.

އިރުމަތިން ހުޅަނގަށް ދަމާލާފައިވާ މި ތެޔޮ ހޮޅިއަކީ ދުވާލަކު ހަތް މިލިއަން ފީފާގެ ތެޔޮ އުފުލުމުގެ ގާބިލުކަން ހުރި، އަދި ފާރިސީ ކަނޑުއޮޅި ނޫން އެހެން މަގަކުން ސައުދީގެ ތެޔޮ ބޭރުކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ.

މަރާމާތު ކުރުމުގެ މަސައްކަތާ މެދު އޮތް ނުތަނަވަސްކަން

ރޮއިޓާސް ނިއުސް އެޖެންސީގެ މަސްދަރުތަކުން މި ހޮޅި މަރާމާތުކުރުމަށް ހޭދަވާނެ ވަގުތާ މެދު ތަފާތު މައުލޫމާތުތަކެއް ވަނީ ދީފަ އެވެ. އެއް މަސްދަރަކުން ބުނާ ގޮތުގައި މަރާމާތުގެ މަސައްކަތަށް ހަ ހަފުތާ ހޭދަވެދާނެ އެވެ. ނަމަވެސް އަނެއް މަސްދަރަކުން ބުނީ މިއަށްވުރެ އަވަހަށް މަރާމާތުކޮށް ނިންމާލެވޭނެ ކަމަށާއި، މަސައްކަތް ކުރިއަށްދާއިރު ވެސް ވަކި މިންވަރަކަށް ތެޔޮ ފޮނުވުމުގެ މަސައްކަތް ފެށިދާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުގެ މީޑިއާ އޮފީހުން ނުވަތަ އެނާޖީ މިނިސްޓްރީން އަދި އެއްވެސް ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ތެލުގެ އަގު އުފުލުން

ތެޔޮ ސަޕްލައި ކުރުމަށް މިހާރު ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މި ހާދިސާއާ ގުޅިގެން ބާޒާރަށް ވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. އާދީއްތަ ދުވަހު ބްރެންޓް ކްރޫޑްގެ އަގު 3.4 އިންސައްތައަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 108 ޑޮލަރަށް އަރާފަ އެވެ. މިއީ މެއި މަހަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން، އެމެރިކާގައި ޑީސަލް ލީޓަރެއްގެ އަގު ވެސް ހުކުރު ދުވަހު ވަނީ ރެކޯޑް މިންވަރަކަށް އުފުލި، އެވްރެޖްކޮށް ގެލަނަކަށް 6 ޑޮލަރަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ތެޔޮ ހޮޅި ބަންދުކުރަން ޖެހުނުއިރު، ސައުދީން ތެޔޮ އުފައްދާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޯޕެކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހު ދުވާލަކު 8.1 މިލިއަން ފީފާ ތެޔޮ އުފެއްދި ނަމަވެސް، އޮގަސްޓް މަހު އެ އަދަދު ވަނީ 6.24 މިލިއަނަށް ދަށްވެފަ އެވެ. މިއީ 1990 ވަނަ އަހަރަށް ފަހު ސައުދީން ތެޔޮ އުފެއްދި އެންމެ ދަށް މިންވަރެވެ.

ސައުދީ އަރަބިއްޔާއިން ޔަމަނަށް ދެމުންދާ ހަމަލާތަކާއި އަދި އެ ގައުމު ހިސާރުކޮށްފައި އޮތް އޮތުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން، ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ ސައުދީގެ ރަތްކަނޑުގެ އެކްސްޕޯޓް މަގުތަކަށާއި ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ބަދަލުހިފުމުގެ ހަމަލާތައް ދެމުންނެވެ.

ސައުދީ-ޔަމަންހޫޡީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް

14 ސެޕްޓެމްބަރު 2026
ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް
13 ސެޕްޓެމްބަރު 2026

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026
 ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ

13 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ
13 ސެޕްޓެމްބަރު 2026

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

13 ސެޕްޓެމްބަރު 2026
އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި
13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް
12 ސެޕްޓެމްބަރު 2026

ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި

12 ސެޕްޓެމްބަރު 2026
ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް