Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫޘީންގެ ހަމަލާތައް

ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ

13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:16

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެ އާންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ޔަމަނުގެ އަހުލީހަނގުރާމަ އަލުން ވަރުގަދަވެ، މަސްރަހު ނުރައްކާތެރި މަރުހަލާއަކަށް ގޮސްފައިވާ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފައި

ނިއުސް ޓީމް
ނިއުސް ޓީމް | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:16
ސައުދީ އަރަބިއްޔާއަށް ހޫތީން ދިން ހަމަލާތަކާ ގުޅިގެން، ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރަކާތްތެރިވަނީ.

ސައުދީ އަރަބިއްޔާއަށް ހޫތީން ދިން ހަމަލާތަކާ ގުޅިގެން، ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރަކާތްތެރިވަނީ. | ރޮއިޓާސް

ޔަމަނުގެ ހަތިޔާރު އެޅި ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޖާޒާންއަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއްގައި ދެ މީހަކު ޒަޚަމްވެ، މިސްކިތަކަށާއި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސައުދީ ސިވިލް ޑިފެންސުން ހާމަކޮށްފި އެވެ. ހޮނިހިރު ދުވަހު ޖާޒާންގެ އަލް-ތުވާލު ގަވަރުނަރޭޓަށް ދިން މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާއިން އިތުރަށް ހާމަކޮށްފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ސިވިލް ޑިފެންސްގެ ތަރުޖަމާނު ވިދާޅުވީ އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް މި ފަދަ ހަމަލާތައް ދިނުމަކީ "ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް" ކަމަށާއި، މި ހާދިސާއާ ގުޅިގެން ކަނޑައެޅިފައިވާ ކުއްލި ހާލަތުގެ އުސޫލުތަކަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ، އީރާނުން މަދަދުދޭ ހޫޘީން ބުނީ، ސައުދީ އަރަބިއްޔާގެ ދެކުނުގެ ނަޖްރާން ޕްރޮވިންސްގެ ޝަރޫރާގައި ހުންނަ ސައުދީ އަސްކަރީ މަރުކަޒަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާނެ ކަމަށެވެ. ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނީ، މި ހަމަލާ އަމާޒުކުރީ "ހަތިޔާރު ގުދަންތަކަށާއި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށް" ކަމަށާއި، އެ ތަންތަނަކީ ހޫޘީންގެ ގައުމާއި ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ރާވައި ހިންގާ މަރުކަޒުތައް ކަމަށެވެ. މި ހަމަލާ ދިން ވަގުތެއް ސަރީއު ހާމަކޮށްފައި ނުވި ނަމަވެސް، ސައުދީ އަރަބިއްޔާއިން އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދާނަމަ، އެ ގައުމުގެ އެތެރެއަށް މިއަށްވުރެ ވަރުގަދަ އަދި ބޮޑެތި ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އޭނާ ދިނެވެ. ސައުދީ ސިވިލް ޑިފެންސުން ބުނީ، ޚަމީސް މުޝައިޠު ގަވަރުނަރޭޓްގެ ރައްޔިތުންނަށް ދީފައިވާ އިންޒާރަށްފަހު، މިހާރު އެ ސަރަހައްދަށް އޮތް ނުރައްކާ ފިލާފައިވާ ކަމަށެވެ.

Advertisement - worldAdvertisement

ވޭތުވެދިޔަ މަދު ދުވަސްތަކެއްގެ ތެރޭގައި ހޫޘީން ވަނީ ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ގިނަ ހަމަލާތަކެއް ދީފަ އެވެ. މި ގޮތުން މިދިޔަ އަންގާރަ ދުވަހު ވެސް އެ ގްރޫޕުން ވަނީ ސައުދީ އަރަބިއްޔާގެ އަބްހާ، ޚަމީސް މުޝައިޠު، ޖާޒާން (جَازَان) އަދި ނަޖްރާންގެ އާންމު ތަންތަނަށާއި އިގްތިސާދީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 73 މީހަކު ޒަޚަމްވި އެވެ.

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކަކީ ޔަމަނުގެ ދިގުލީ އަހުލީހަނގުރާމައިގެ ތެރެއިން އައިސްފައިވާ ވަރުގަދަ ކުރިމަތިލުންތަކެކެވެ. އދ. މެދުވެރިވެގެން ގާއިމުކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހަތަރު އަހަރެއްހާ ދުވަހު މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ ޖުލައި މަހުން ފެށިގެން މި ހަނގުރާމަ ވަނީ އަލުން ވަރުގަދަވެފަ އެވެ. ހޫޘީ ހަނގުރާމަވެރިން މިހާރު ވަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް ޔަމަނުުގެ ހުރިހާ ސަރަހައްދުތަކެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި، އިސްތިރާތީޖީ ގޮތުން މުހިންމު ބަނދަރު ރަށެއް ކަމަށްވާ އަލް-މުޚާ ހިމެނެ އެވެ. ހަމަމިއާއެކު، ޔަމަނުގެ ސަރުކާރު ސިފައިން ވެސް ދަނީ އަލް-ޖައުފު، މާރިބު އަދި އަލް-ބައިޟާގައި ހޫޘީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންއާއި (އައި.އޯ.އެމް) ރަސްމީ އިދާރާތަކުން ބުނީ، މި ކުރިމަތިލުންތަކުގައި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން މި މަހު ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު، އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ހާންސް ގްރުންޑްބާގް ވަނީ ޔަމަނުގެ ހަނގުރާމަ "އާ އަދި މިއަށްވުރެ ނުރައްކާތެރި މަރުހަލާއަކަށް" ގޮސްފައިވާ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔަމަން-ސައުދީ އަރަބިއްޔާހޫޡީޔަހްޔާ ސަރީއުހޭންސް ގްރަންޑްބާގް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

13 ސެޕްޓެމްބަރު 2026
އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި
13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް
12 ސެޕްޓެމްބަރު 2026

ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި

12 ސެޕްޓެމްބަރު 2026
ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި
11 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި

11 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި
11 ސެޕްޓެމްބަރު 2026

ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް

11 ސެޕްޓެމްބަރު 2026
ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް
08 ސެޕްޓެމްބަރު 2026

ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ކަމަށް ސައުދީން ބުނެފި

08 ސެޕްޓެމްބަރު 2026
ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ކަމަށް ސައުދީން ބުނެފި
08 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި

08 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް