Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު

13 ސެޕްޓެމްބަރު 2026 | އާދީއްތަ 11:23

ހުރްމުޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި އީރާނުގެ މުދާ އުފުލާ އުޅަނދަކަށް އެމެރިކާ އާއި އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގައި މީހަކު މަރުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ. މި ހަމަލާއާ ގުޅިގެން އަނިޔާވި މީހުންނަށް ދަނީ ފަރުވާ ދެމުން

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 11:23

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އެއާ ފޯސްގެ އެފް-35އޭ މަރުކާގެ ސްޓެލްތު ފައިޓަރު ޖެޓްތަކަށް، ކޭސީ-135 ސްޓްރެޓޯޓޭންކަރަކުން ވައިގެ ތެރޭގައި ތެޔޮ އަޅަނީ. | ސެންޓްކޮމް

ގަލްފްގެ ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ ގޭޝްމް ޖަޒީރާ ކައިރިން ދަތުރުކުރަމުންދިޔަ އީރާނުގެ ވިޔަފާރި އުޅަނދަކަށް، އަމިއްލައަށް ދަތުރުކުރާ ކަނޑުއަޑީގެ މިސައިލަކުން ދިން ހަމަލާއެއްގައި، މަދުވެގެން އެކަކު މަރުވެ އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.

ގޭޝްމް ޖަޒީރާގެ ގަވަރުނަރު ހުސައިން އަމީރު-ތައިމޫރީ އާދީއްތަ ދުވަހު ވިދާޅުވީ، "އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުން" ފޮނުވާލި މިސައިލް އަރާފައިވަނީ ދަތުރުކުރަމުންދިޔަ މުދާ އުފުލާ އުޅަނދަކަށް ކަމަށެވެ.

Advertisement - worldAdvertisement

މި ހަމަލާގައި އާންމުންގެ އެކަކު މަރުވެފައިވާއިރު، އިތުރު ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އަމީރު-ތައިމޫރީ ފާހަގަކުރެއްވި ގޮތުގައި، މި ނުރައްކާތެރި ހަމަލާ ދީފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު 5:00 (ޖީއެމްޓީން 01:30) ހާއިރު އެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލުތަކާއި އަނިޔާވި މީހުންގެ ހާލަތާ ބެހޭ މައުލޫމާތު، މިހާރު ކުރިއަށްދާ ތަހުގީގުތަކަށްފަހު އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފަށާފައިވާ މި އުދުވާނީ ހަމަލާތަކުގެ އެންމެ ފަހުގެ ސިލްސިލާ ފެށިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހު އެމެރިކާ އާއި އިސްރާއީލުގެ ފައުޖުތަކުން ވަނީ އީރާނުގެ ސަރަހައްދުތަކަށް ބޮޑެތި ހަމަލާތަކެއް ދީފަ އެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ ކޮންމެ ދުވަހަކު އެ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. އަދި އީރާނުން ވަނީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.

ހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި

12 ސެޕްޓެމްބަރު 2026
ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި
11 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ
11 ސެޕްޓެމްބަރު 2026

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ
11 ސެޕްޓެމްބަރު 2026

މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް

11 ސެޕްޓެމްބަރު 2026
މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް
10 ސެޕްޓެމްބަރު 2026

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

10 ސެޕްޓެމްބަރު 2026
ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި
10 ސެޕްޓެމްބަރު 2026

ތެޔޮ ޓޭންކަރުތަކަށް ހަމަލާތައްދޭން ފެށުމާއެކު އީރާން ހަނގުރާމަ ނުރައްކާތެރި މަރުހަލާއަކަށް ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

10 ސެޕްޓެމްބަރު 2026
ތެޔޮ ޓޭންކަރުތަކަށް ހަމަލާތައްދޭން ފެށުމާއެކު އީރާން ހަނގުރާމަ ނުރައްކާތެރި މަރުހަލާއަކަށް ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ
10 ސެޕްޓެމްބަރު 2026

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

10 ސެޕްޓެމްބަރު 2026
އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް