Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރިކްސްގެ ސަމިޓު

އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް

14 ސެޕްޓެމްބަރު 2026 | ހޯމަ 04:19

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ. ހުޅަނގުގެ ބާޒާރުތަކަށް ބަރޯސާވުން ކުޑަކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ މާލީ ދަތިތަކަށް ހައްލު ހޯދުމަށް ބްރިކްސްގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވި.

ނިއުސް ޓީމް
ނިއުސް ޓީމް | 14 ސެޕްޓެމްބަރު 2026 | ހޯމަ 04:19

ބްރިކްސް ސަމިޓުގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވާހަކަފުޅު ދައްކަވަނީ | އެކްސް

އިސްރާއީލުން މެދުއިރުމަތީގައި ހިންގަމުންދާ އުދުވާންތަކުގެ ނުފޫޒު، ހަމަނުޖެހުންތަކުގައި ސީދާ ގޮތުން ބައިވެރިވާ ފަރާތްތަކަށްވުރެ މާ ބޮޑަށް ބޭރަށް ފެތުރިފައިވާތީ، އިސްތިއުމާރުކޮށް ބިންތައް ހިފުމާއި، ވަޒަންވެރިން އާބާދުކުރުމާއި، އަދި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސް އިއްތިހާދުން ތެދުވަންޖެހޭ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހު އިންޑިއާގެ ނިއު ދެއްލީގައި ބޭއްވި އެ އިއްތިހާދުގެ އަހަރީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންވަރު އިބްރާހީމް ވިދާޅުވީ، އިސްތިއުމާރުކޮށް ބިންތައް ހިފުމާއި، ވަޒަންވެރިން އާބާދުކުރުމާއި، އަދި ވަކިން ހާއްސަކޮށް "ވަޒަންވެރިންގެ ޓެރަރިޒަމް" އަކީ ނަސީބު ކަމުގައި ބަލައިގަނެވިގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން، އެއްވެސް އިންސާނެއްގެ ފުރާނައަކީ އެ މީހަކު ދިރިއުޅޭ ތަނެއްގެ ސަބަބުން އަގުދަށް އެއްޗަކަށް ވެގެން ނުވާނެ ކަމަށް ބްރިކްސްއިން ސާފުކޮށް ބުނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

މެދުއިރުމަތީގައި ހިންގަމުންދާ އުދުވާންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ނުތަނަވަސްކަން އިތުރުވެފައިވާ ކަމަށާއި، އޭގެ ނޭދެވޭ އަސަރު ހަމަނުޖެހުންތަކުގައި ސީދާ ބައިވެރިވާ ފަރާތްތަކަށްވުރެ ބޭރަށް ފޯރާފައިވާ ކަމަށް އަންވަރު ފާހަގަކުރެއްވި އެވެ. އަދި، ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، ގައުމުތަކުގެ އިގްތިސާދު ބިނާވެފައިވާ ކަނޑުގެ މަގުތަކަށް ނުރައްކާވަމުންދާ ދަނޑިވަޅެއްގައި، އެންމެން ހިމެނޭ ފަދަ ކުރިއެރުމަކާއި ތަނަވަސްކަމަކާ ބެހޭގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމާ ގުޅިގެން، އީރާނުން ވަނީ އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދީ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މީގެ އިތުރުން، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އިއުލާންކުރުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ވިޔަފާރީގެ މުއާމަލާތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ސިޔާސަތަކީ ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމްކުރުމާއި، އާންމު ރައްޔިތުން ހިމާޔަތްކުރުމާއި، އަދި ދުނިޔޭގެ އިގްތިސާދީ މުހިންމު މަގުތައް ހަނގުރާމައިގެ މައިދާނުން ދުރުގައި ބެހެއްޓުން ކަމަށް އަންވަރު ތަފްސީލުކޮށްދެއްވި އެވެ. މިއާއެކު، ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުންދިޔަ ނަމަވެސް، ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް އޭގެ އިގްތިސާދީ މަންފާ ނުލިބޭ ކަމަށާއި، ގިނަ ގައުމުތަކެއް ދަރަނީގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ނުވަތަ އެ ފަދަ ނުރައްކަލެއްގެ ތެރޭގައިވާ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

ބްރިކްްސްގެ ގުޅުންތައް އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކަށް އަލިއަޅުއްވާލެއްވި

'ރެސިލިއަންސް، އިނޮވޭޝަން، ކޯޕަރޭޝަން އެންޑް ސަސްޓެއިނަބިލިޓީ: ޝޭޕިންގ ދި ފިއުޗާ ފޯ އިންކްލޫސިވް ގްލޯބަލް ގްރޯތް' ގެ ނަމުގައި ބޭއްވި ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، ބްރިކްސްގެ ގައުމުތަކުގެ ބާޒާރުގެ ވަރުގަދަކަމުގެ ސަބަބުން ވިޔަފާރި ފުޅާކުރުމަށާއި ހުޅަނގުގެ ބާޒާރުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި، ބޭއިންސާފު ވިޔަފާރީގެ އުސޫލުތައް ނައްތާލުމަށް ބްރިކްސްއިން ގުޅިގެން އަމަލީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، ތަރައްގީގެ ތަޖުރިބާ ހިއްސާކޮށް، ސެމީކޮންޑަކްޓަރާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އަލަށް އުފެދޭ ދާއިރާތަކުން ފަންނީ އެއްބާރުލުމާއި ތަމްރީނު ވަރުގަދަކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމުތަކަށް ނުއުފުލޭ ފަދަ ދަރަނިތައް ކުރިމަތިނުވާނެ ގޮތަށް އަސާސީ ބޭނުންތައް ފުއްދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެ، އާ ޑިވެލޮޕްމަންޓް ބޭންކާއި، ގައުމީ ފައިސާއިން މުއާމަލާތް ކުރުމާއި، އަދި އިސްލާމީ ކެޕިޓަލް މާކެޓްތައް މެދުވެރިކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އަންވަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި 'ގްރީން ޓްރާންސިޝަން' އަށް މަސައްކަތް ކުރަންވާނީ ގައުމުތަކުގެ ހާލަތާއި، ތަރައްގީގެ މަރުހަލާތަކާއި، އަދި ކުރިއަރަމުންދާ ދުވެއްޔަށް ރިއާޔަތްކޮށްގެން ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.

ޖުމްލަ 11 ގައުމުގެ މައްޗަށް އެކުލެވޭ ބްރިކްސް އިއްތިހާދުގައި ހިމެނެނީ ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ، ދެކުނު އެފްރިކާ، މިސްރު، އިތިއޯޕިއާ، އިންޑޮނޭޝިޔާ، އީރާން، ސައުދީ އަރަބިއްޔާ، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. މީގެ އިތުރުން، ވިއެޓްނާމް، ބެލަރޫސް، ބޮލީވިޔާ، ކަޒަކިސްތާން، ކިޔުބާ، މެލޭޝިޔާ، ނައިޖީރިޔާ، ތައިލެންޑް، ޔުގާންޑާ، އަދި އުޒްބެކިސްތާން ވަނީ 2025 ވަނަ އަހަރު ޕާޓްނަރު ގައުމުތަކުގެ ގޮތުގައި އެ އިއްތިހާދާ ގުޅިފަ އެވެ.

ހޮނިހިރު ދުވަހު މި އިއްތިހާދުން ވަނީ 'ނިއުދިއްލީ ޑިކްލަރޭޝަން' ޤަރާރު ބަލައިގަނެ، އަލަށް އުފެދޭ މާކެޓްތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، އަދި ބްރިކްސްގެ ޕާޓްނަރު ގައުމުތަކާއެކު އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް އިގުރާރުވެފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

އަންވަރު އިބްރާހިމްބްރިކްސްއިސްރާއީލްމެލޭޝިއާއީރާން-އިސްރާއީލުހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި
13 ސެޕްޓެމްބަރު 2026

އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު
13 ސެޕްޓެމްބަރު 2026

މޯދީއާއި ޝީގެ ބައްދަލުކުރެއްވުން: ބޯޑަރުގެ މައްސަލަތައް ހައްލުކުރަން މުހިންމު މަޝްވަރާތަކެއް

13 ސެޕްޓެމްބަރު 2026
މޯދީއާއި ޝީގެ ބައްދަލުކުރެއްވުން: ބޯޑަރުގެ މައްސަލަތައް ހައްލުކުރަން މުހިންމު މަޝްވަރާތަކެއް
13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
13 ސެޕްޓެމްބަރު 2026

ސަރަހައްދީ ނުތަނަވަސްކަން ހައްލުކުރަން އީރާނާއި ޔޫއޭއީން މަޝްވަރާކޮށްފި

13 ސެޕްޓެމްބަރު 2026
ސަރަހައްދީ ނުތަނަވަސްކަން ހައްލުކުރަން އީރާނާއި ޔޫއޭއީން މަޝްވަރާކޮށްފި
12 ސެޕްޓެމްބަރު 2026

ބްރިކްސް ގައުމުތަކުން މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ގޮވައިލައިފި

12 ސެޕްޓެމްބަރު 2026
ބްރިކްސް ގައުމުތަކުން މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ގޮވައިލައިފި
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
12 ސެޕްޓެމްބަރު 2026

ބްރިކްސް ސަމިޓް އިންޑިއާގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟ މިއީ މުހިންމުވަނީ ކީއްވެ؟

12 ސެޕްޓެމްބަރު 2026
ބްރިކްސް ސަމިޓް އިންޑިއާގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟ މިއީ މުހިންމުވަނީ ކީއްވެ؟
12 ސެޕްޓެމްބަރު 2026

ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި

12 ސެޕްޓެމްބަރު 2026
ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް