Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026 | އާދީއްތަ 11:12

ޔަމަނުގެ މާރިބް ސިޓީ ހިމެނޭހެން ހޫޘީން އަލަށް ހިފި ސަރަހައްދުތަކަށް އަމާޒުކޮށް ސައުދީ އަރަބިއްޔާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި. ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ޔަމަނު ސިފައިން ފަހަތަށް ޖެހިފައިވާތީ ހޫޘީންގެ ކުރިއެރުންތައް ހުއްޓުވުމަށް ސައުދީން 129 ހަމަލާ ދީފައިވާއިރު، ހޫޘީން ވަނީ ސައުދީގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާއެއް ދީފަ

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 11:12

ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނުގެ ހޫތީންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި | ސޯޝަލް މީޑިއާ

 ޔަމަނުގެ ހޫޘީން އެ ގައުމުން އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައި ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއިން ދެމުންދާ ވައިގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހޫޘީން އަލަށް ހިފާފައިވާ ސަރަހައްދުތަކަށެވެ. ވަކި ސަރަހައްދެއް ނުވަތަ ރަށެއްގެ ކޮންޓްރޯލް ހޯދުމަށްފަހު، އެ ތަނެއް ދަމަހައްޓަން އަސްކަރީ އެހީތެރިކަމާއި އިތުރު ފައުޖުތައް ބޭނުންވާނެ ކަމަށާއި ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ ހޫޘީންގެ އެފަދަ އަސްކަރީ ހަރަކާތްތަކަށް ހުރަސްއެޅުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

Advertisement - worldAdvertisement

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ މާރިބް ސިޓީއަށް ހޫޘީންގެ އަންސާރުﷲ ޖަމާއަތުން އަތްގަދަކުރަން މަސައްކަތް ކުރަމުންދާ އުތުރުގެ ސަރަހައްދުތައް ހިމެނޭހެން، އެ ޖަމާއަތުގެ ބާރުގެ ދަށަށް ދާދިފަހުން ދިޔަ ސަރަހައްދުތަކަށް މިހާތަނަށް 129 ވައިގެ ހަމަލާ ސައުދީ އަރަބިއްޔާ އިން ވަނީ ދީފަ އެވެ.

އެހެން ނަމަވެސް މި ހަމަލާތަކާ ގުޅިގެން ހޫޘީން ފަހަތަށް ޖެހިފައިވާ މަންޒަރެއް އަދި ފެންނާކަށް ނެތެވެ. އަދި ދެ ފަރާތުގެ މެދުގައި ސީދާ ކުރިމަތިލުންތަކެއް މިހާރު ހިނގަމުން ނުދާއިރު، މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ވައިގެ ހަމަލާތަކެވެ. މުޚާ ބަނދަރާއި ބާބުލް މަންދަބް ކައިރީގައި ހުރި ސަރަހައްދުތަކުން ޔަމަނުގެ ސަރުކާރު ސިފައިން ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާތީ، އެ ސަރަހައްދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރުން ފަދަ އެއްވެސް ކުރިމަތިލުމެއް މިހާރު ނުހިނގާ ކަމަށްވެސް އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެ އެވެ.

އެ ސަރަހައްދުގެ އެއްވެސް ހިސާބަކުން ޔަމަނު ސަރުކާރުގެ ސިފައިން ފެންނަން ނެތުމުގެ ސަބަބުން، ހޫޘީންގެ އަސްކަރީ ކުރިއެރުންތައް ހުއްޓުވުމަށް މިހާރު މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކަށެވެ.

އަނެއްކޮޅުން، ޔަމަނުގެ ހޫޘީން ފޮނުވާލި މިސައިލެއް ނުވަތަ ރޮކެޓެއްގެ ސަބަބުން މިސްކިތަކަށާއި، އާންމުން ދިރިއުޅޭ ގެތައް ހިމެނޭހެން ބައެއް އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ފެންނަ ވީޑިއޯއެއް ސައުދީ އަރަބިއްޔާއިން ވަނީ އާންމުކޮށްފަ އެވެ.

ނަމަވެސް ހޫޘީން ބުނަމުންދަނީ އެމީހުން ހަމަލާ އަމާޒުކުރީ ސައުދީ އަރަބިއްޔާގެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ.

މަސްދަރު: އަލްޖަޒީރާ

ޔަމަންހޫޡީޔަމަން-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ

13 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ
13 ސެޕްޓެމްބަރު 2026

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

13 ސެޕްޓެމްބަރު 2026
އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި
13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް

12 ސެޕްޓެމްބަރު 2026
ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް
12 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް
12 ސެޕްޓެމްބަރު 2026

ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި

12 ސެޕްޓެމްބަރު 2026
ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި
11 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި

11 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް