Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް

14 ސެޕްޓެމްބަރު 2026 | ހޯމަ 02:52

ޔަމަނުގެ ހުޅަނގު އައްސޭރީގައި ހޫޘީންނާއި ސަރުކާރު ސިފައިންގެ މެދުގައި ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ދޫކޮށް އަވަށްޓެރި ޖިބޫޓީއަށް ހިޖުރަކުރަން ފަށައިފި. މި އިންސާނީ ކާރިސާއާ ގުޅިގެން އދ. ގެ މައިގްރޭޝަން އެޖެންސީން ދަނީ ރެފިއުޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން. ހަނގުރާމަ މެދުނުކެނޑި ކުރިއަށްދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ހާލުގައިޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އައިއޯއެމްއިން އިންޒާރުދޭ

ނިއުސް ޓީމް
ނިއުސް ޓީމް | 14 ސެޕްޓެމްބަރު 2026 | ހޯމަ 02:52
ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރިން

ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރިން | އަނަދޮލޫ

ޔަމަނުގެ ހުޅަނގު އައްސޭރީގެ ޕްރޮވިންސްތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން 2،000 އަށްވުރެ ގިނަ މީހުން ޖިބޫޓީއަށް ގޮސްފައިވާ ކަމަށް އދ. ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަނުން (އައިއޯއެމް) އާދީއްތަ ދުވަހު ބުނެފި އެވެ.

އައިއޯއެމުން ނެރުނު ބަޔާނެއްގައި ބުނީ، ޔަމަނުގެ ހުޅަނގު އައްސޭރީގައި ހިމެނޭ ތާއިޒް، އަލް-ހުދައިދާ އަދި ލަހްޖް ޕްރޮވިންސްގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ހަމައެކަނި ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް 82،164 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވުމަށް މަސައްކަތްކުރާ 2،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ޖިބޫޓީގެ އުތުރު އައްސޭރިއަށް ފޯރާފައިވެ އެވެ. މި މީހުން އެ ގައުމަށް އެތެރެވަމުން ދަނީ އުބޫޚް ސަރަހައްދުގެ އައްސޭރިފަށުގެ އެކި ސަރަހައްދުތަކުންނެވެ.

Advertisement - worldAdvertisement

ޔަމަނުގެ ހުޅަނގު އައްސޭރީގައި ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސައުދީ އަރަބިއްޔާގައި ހުންނަވާ ޖިބޫޓީގެ ސަފީރު ޟިޔާއުއްދީން ބާމަޚްރަމާ އާދީއްތަ ދުވަހު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ނުވަނީސް ޔަމަނުގެ 1،400 އެއްހާ މީހުން ޖިބޫޓީއަށް އައިސްފައިވާ ކަމަށެވެ. މި ހާލަތާ ގުޅިގެން، އދ. ގެ ހިޖުރަކުރާ މީހުންނާބެހޭ އޭޖެންސީން ބުނީ، ޖިބޫޓީގެ ކަމާބެހޭ އިދާރާތަކުން އިސްނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން އައިއޯއެމްއާއި އދ. ގެ އެހީތެރިކަމާއެކު، އެ ގައުމުގެ ކަނޑުގެ ސިފައިންނާއި، އެއްގަމު ސިފައިންނާއި، ފުލުހުންގެ އިތުރުން ސިއްހީ ޚިދުމަތްތެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރެފިއުޖީންނަށް އެހީދޭން ޖިބޫޓީން މަސައްކަތް ކުރަނީ

ޖިބޫޓީއަށް އެތެރެވަމުންދާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އެ މީހުން މިހާރު ވަނީ އުބޫޚްގައި ހުންނަ މަރުކަޒީ ސައިޓަކަށް ބަދަލުކުރެވިފަ އެވެ. އެ ތަނުން އެ މީހުންނަށް ބޯފެނާއި، ބިސްކޯދު ފަދަ ތަކެތީގެ އިތުރުން ކާނާ ފޯރުކޮށްދެމުންދާ ކަމަށް އައިއޯއެމުން ބުނެ އެވެ. ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާތީ، ކުރިއަށް އޮތް ތަނުގައި ގެދޮރު ދޫކޮށްދާ މީހުންގެ އަދަދު އިތުރުވާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.

"ކޮންމެ އަދަދެއްގެ ފަހަތުގައި ވަނީ ހުރިހާ އެއްޗެއް ގެއްލިފައިވާ އާއިލާއެއް. ގިނަ ބަޔަކު ވަނީ އެކި ފަހަރު މަތިން ގެދޮރުން ބޭރުވާން ޖެހިފައި،" އައިއޯއެމްގެ ޑިރެކްޓަރ ޖެނެރަލް އެއިމީ ޕޯޕް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ. މީހުން ކަނޑު ހުރަސްކޮށް ދަތުރުކުރަމުން ދަނީ އެއްވެސް އެއްޗެއް ނެތި، އެ ނޫން އެހެން ގޮތެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި، ޔަމަނަކީ ފަގީރުކަމާއި ދާޚިލީ ހަނގުރާމައިގެ ސަބަބުން ބަނގުރޫޓުވެފައިވާ ގައުމަކަށް ވުމުން، އެކަނިމާއެކަނި މި ކާރިސާއާ ކުރިމަތިލުމުގެ ގާބިލުކަން އެ ގައުމުގައި ނެތް ކަމަށް ވެސް ޕޯޕް ވިދާޅުވި އެވެ. މީގެ އިތުރުން، ޖިބޫޓީއަށް އަންނަ ރެފިއުޖީންނަށާއި، އެ މީހުންނަށް މަރުހަބާ ކިޔާ އުބޫޚްގެ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ފަރާތްތަކަށް ޕޯޕް ވަނީ ގޮވާލައްވާފަ އެވެ.

އައިއޯއެމުން ހޮނިހިރު ދުވަހު ބުނީ، މި ފަހަރުގެ ހަމަލާތަކުގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތާއިޒް ޕްރޮވިންސަށް ކަމަށެވެ. މި ގޮތުން ޖަބަލް ހަބަޝީ، އަލް-މާއަފިރު، މަގްބަނާ، މަވްޒާ އަދި އަލް-ވަޒީއިއްޔާ ހިމެނޭހެން އެކި ސަރަހައްދުތަކުން 8،300 އާއިލާ ނުވަތަ ގާތްގަނޑަކަށް 50،000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. މީގެ އިތުރުން ލަހްޖުން 2،819 އާއިލާ (ގާތްގަނޑަކަށް 17،000 މީހުން)، އަލް-ހުދައިދާއިން 1،374 އާއިލާ (8،100 މީހުން) އަދި އަދަނުން 191 އާއިލާ (1،100 މީހުން) ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ހަނގުރާމަ ވަރުގަދަވަމުންދާ ވަރަކަށް ގެދޮރު ދޫކޮށްދާ މީހުންގެ އަދަދު "ހަލުވިކަމާއެކު އިތުރުވަމުން"ދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދުތައް އަދިވެސް މައްޗަށް ދާނެ ކަމަށް އެ އޭޖެންސީން އިންޒާރު ދިނެވެ.

ހޫޘީ ޖަމާއަތާ ޔަމަނު ސަރުކާރު ފައުޖުތަކާ ދެމެދު ހަމަލާތައް އިތުރުވުން

ޔަމަނު ސަރުކާރުގެ ސިފައިންނާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް، އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. މި ކުރިމަތިލުންތައް ވަރުގަދަވެ، ޔަމަނުގެ ހަނގުރާމައިގެ މައިދާނަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

މި ހަމަލާތަކުގެ ތެރޭގައި ސަރުކާރު ސިފައިން ވަނީ ސައުދީ އަރަބިއްޔާގެ ބޯޑަރާ ކައިރީގައި އޮންނަ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ އަލް-ޖައުފްގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ބުނެފަ އެވެ. އަދި، އެ ޕްރޮވިންސްގެ ވެރިރަށް އަލް-ހަޒްމްއާ ގާތަށް ސިފައިން ޖެހިލާފައިވާ ކަމަށް ބުނެފައި ވާއިރު، އެ ސިޓީގެ ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ޔަމަނުގެ އުތުރާއި ހުޅަނގުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ހޫޘީންނެވެ. އަނެއްކޮޅުން، ސަރުކާރު ސިފައިންނާއި އެ މީހުންނަށް ތާއީދުކުރާ ގްރޫޕްތަކުގެ ކޮންޓްރޯލްގެ ދަށުގައި އޮތީ ވަގުތީ ވެރިރަށް އަދަނާއި، އަލް-މަހްރާ، ހަޟްރަމައުތު، ޝަބްވާ އަދި އަބްޔާންގެ އިތުރުން ލަހްޖް، ތާއިޒް އަދި އަލް-ޟާލިއުގެ ބޮޑު ބައެކެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހޫޘީން ވެރިރަށް ސަންޢާއާއި ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެންނެވެ. މިއާއެކު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނު ސަރުކާރަށް އެހީތެރިވުމަށް ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ އުފެއްދި އަރަބި ކޯލިޝަނުން 2015 ވަނަ އަހަރުގެ މާރިޗް މަހު ވަނީ އެ ގައުމަށް އަސްކަރީ ގޮތުން ވަދެފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޔަމަންޖިބޫޓީހޫޡީއެމެރިކާ-ސައުދީ އަރަބިއްޔާއައި.އޯ.އެމްޔަމަން ހޫޘީން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026
 ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ

13 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ
13 ސެޕްޓެމްބަރު 2026

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

13 ސެޕްޓެމްބަރު 2026
އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި
13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް

12 ސެޕްޓެމްބަރު 2026
ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް