Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-ސައުދީ

ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި

14 ސެޕްޓެމްބަރު 2026 | ހޯމަ 16:07

ސައުދީ އަރަބިއްޔާގެ ޚަމީސް މުޝައިތުގައި ހުންނަ ކިންގް ޚާލިދު އެއާބޭހަށް އަމާޒުކޮށް، ޔަމަނުގެ ހޫޘީން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި. ޔަމަނަށް ކުރިމަތިކޮށްފައިވާ ހިސާރު އުވާލަންދެން ސައުދީގެ މުހިންމު ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ހޫޘީން ދީފައިވާއިރު، ރަތްކަނޑުން ދަތުރުކުރާ ސައުދީގެ އުޅަނދުތަކަށްވެސް ހަމަލާދޭނެ ކަމަށް ވަނީ ބުނެފައި

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2026 | ހޯމަ 16:07
މި ފޮޓޯއިން ފެންނަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާ ގާތްގަނޑަކަށް 884 ކިލޯމީޓަރު ދުރުގައި އޮންނަ ޚަމީސް މުޝައިތު ކައިރީގައި އޮންނަ ކިންގް ޚާލިދު އެއާބޭސްއަށް، އެ ގައުމުގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ޖައްސާ މަންޒަރު

މި ފޮޓޯއިން ފެންނަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާ ގާތްގަނޑަކަށް 884 ކިލޯމީޓަރު ދުރުގައި އޮންނަ ޚަމީސް މުޝައިތު ކައިރީގައި އޮންނަ ކިންގް ޚާލިދު އެއާބޭސްއަށް، އެ ގައުމުގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ޖައްސާ މަންޒަރު | އޭއެފްޕީ

ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ދެމުންދާ އަސްކަރީ ހަމަލާތަކާއި، ކުރިމަތިކުރުވާފައިވާ ހިސާރުގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން، ސައުދީގެ ދެކުނު ސަރަހައްދެއް ކަމަށްވާ އަސީރުގައި ހުންނަ މުހިންމު ވައިގެ ބޭހަކަށް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީޢު ހޯމަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީގެ ވެރިރަށް ރިޔާޟްއާ ގާތްގަނޑަކަށް 884 ކިލޯމީޓަރު ދުރުގައި އޮންނަ ޚަމީސް މުޝައިތު ސިޓީ ކައިރީގައި އޮންނަ ކިންގް ޚާލިދު އެއާބޭސްއަށް އަމާޒުކޮށް، އެ ގައުމުގެ އަސްކަރީ ފައުޖުތަކުން ފުޅާ ދާއިރާއެއްގެ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Advertisement - worldAdvertisement

އޭނާ ފާހަގަކުރެއްވި ގޮތުގައި، ޔަމަނުގައި އަމިއްލައަށް އުފައްދާފައިވާ އެތައް ބެލިސްޓިކް މިސައިލަކާއި އަސްކަރީ ޑްރޯންތަކެއް ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި، އެ ވައިގެ ބޭސްގެ އަސްކަރީ ވަސީލަތްތަކާއި، އުމްރާނީ ވަސީލަތްތަކާއި، މަތިންދާބޯޓު ބާއްވާ ހޭންގަރުތަކާއި، ރޭޑާ ނިޒާމުތަކާއި، ރަންވޭތަކުގެ އިތުރުން ހަތިޔާރު ގުދަންތަކަށާއި ކަނޑައެޅިފައިވާ އެހެނިހެން އަމާޒުތަކަށް ވަނީ ހަމަލާދީފަ އެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ހުއްޓާނުލާހާ ހިނދަކު، ސައުދީ އަރަބިއްޔާގެ އެތެރޭގެ މުހިންމު ތަންތަނަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދޭ ފެންވަރު ރަނގަޅު އަސްކަރީ ހަމަލާތައް ކުރިއަށް ގެންދާނެ. އަދި އަލަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ އަދި އެއަށްވުރެ ހަރުކަށި ރައްދެއް ދޭނެ،" ސަރީޢު ވިދާޅުވި އެވެ.

ޔަމަނުގެ އިސް އޮފިޝަލް އިތުރަށް ވިދާޅުވީ، "ހިސާރަށް ހިސާރުން އަދި ހަމަލާއަށް ހަމަލާއިން" ރައްދުދިނުމުގެ ސިޔާސަތު ދަމަހައްޓާނެ ކަމަށާއި، ސައުދީގެ އުދުވާނުތައް ހުއްޓާލައި، ލޮބުވެތި ވަތަނަށް ކުރިމަތިކޮށްފައިވާ ހިސާރު އެއްކޮށް އުވާލަންދެން ސައުދީ ސިފައިން ޖަމާވެފައިވާ ތަންތަނަށް ހަމަލާދެމުން ގެންދާނެ ކަމަށެވެ.

ޔަމަނަށް ކުރިމަތިކޮށްފައިވާ ގާތްގަނޑަކަށް 12 އަހަރުވީ ބޭއިންސާފު އަދި އަނިޔާވެރި ހިސާރަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބުނެ، ސަންއާގައި އޮންނަ ޔަމަނުގެ ސަރުކާރުން ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ މަގުން ހިސާރުކުރުމުގެ އޮޕަރޭޝަނެއް އިއުލާނުކޮށްފަ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ރަތްކަނޑުގައި ދަތުރުކުރާ ސައުދީ އަރަބިއްޔާއާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ކާމިޔާބު ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ހޫޘީންގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މާރިޗު 2015 ގައި ސައުދީ އަރަބިއްޔާއާއި އެ ގައުމުގެ ބައިވެރިން ގުޅިގެން ޔަމަނު ހިސާރުކޮށް، ފުޅާ ދާއިރާއެއްގެ އަސްކަރީ ހަނގުރާމައެއް ހޫޘީންނާ ދެކޮޅަށް ފެށި އެވެ. މި އަމަލުތަކުގައި އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ އަސްކަރީ، ސިޔާސީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ގެއްލިފައިވީ ނަމަވެސް، ސައުދީ އަރަބިއްޔާގެ މަސްލަހަތު ހިމާޔަތްކުރާނެ "ޕަޕެޓް" ނުވަތަ ގޮނޑިކޮއްކޮ ސަރުކާރެއް އަލުން ގާއިމުކުރުމަށް އެ ގައުމުން ހިފާފައިވާ މައިގަނޑު މަގްސަދު ހާސިލުކުރުމުގައި ވަނީ ނާކާމިޔާބުވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔަމަން-ސައުދީ އަރަބިއްޔާހޫޡީކިންގް ޚާލިދު އެއާބޭސް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ

14 ސެޕްޓެމްބަރު 2026
ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ
14 ސެޕްޓެމްބަރު 2026

ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް

14 ސެޕްޓެމްބަރު 2026
ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް
13 ސެޕްޓެމްބަރު 2026

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026
 ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ

13 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ
13 ސެޕްޓެމްބަރު 2026

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

13 ސެޕްޓެމްބަރު 2026
އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި
13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް