Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައުރޫ

ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ނައުރޫގެ ނަން ބަދަލުކޮށްފި

1 އޯގަސްޓު 2026 | ހޮނިހިރު 07:49

ޕެސިފިކް ކަނޑުގެ ކުޑަ ގައުމެއް ކަމަށްވާ ނައުރޫގެ ނަން އެ ގައުމުގެ އަސްލު ގަދީމީ ނަން ކަމަށްވާ "ރިޕަބްލިކް އޮފް ނައޮއެރޯ" އަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފި. އިސްތިއުމާރީ ދުވަސްވަރު ކިޔަން ފަސޭހައަކަށް މިހާރުގެ ނަން ބޭނުން ކުރަމުން ދިޔަކަން ފާހަގަކުރެވޭ އިރު އެ ނަމުގެ ބަދަލުގައި މިހާރުގެ ނަން ކިޔަން ނިންމީ ގައުމުގެ އަމިއްލަވަންތަކަން އިއާދަކުރުމަށް ކުރި މަސައްކަތެއްގެ ތެރޭން ކަމަށް ބުނެފައިވޭ

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 07:49
ނައުރޫގެ ގޮނޑުދޮށް ފެންނަ މަންޒަރެއް

ނައުރޫގެ ގޮނޑުދޮށް ފެންނަ މަންޒަރެއް | ގެޓީ އިމޭޖަސް

ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ނައުރޫގެ ނަން ރަސްމީކޮށް އެ ގައުމުގެ ގަދީމީ ނަމަށް ބަދަލުކޮށް، "ރިޕަބްލިކް އޮފް ނައޮއެރޯ" ގެ ނަމަށް ބަދަލުކޮށްފި އެވެ.

ނައުރޫގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ނަން ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އަދި މި ބަދަލާ ގުޅޭގޮތުން އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަށް ނިންމާފައިވާކަން އެ ގައުމުގެ ރައީސް ޑޭވިޑް އަޑިއަންގް ބުދަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ރައީސް އަޑިއަންގް ވިދާޅުވީ، މިއީ އާންމުންގެ ރުހުން ހޯދަންޖެހޭ އާ ނަމެއް ނޫން ކަމަށާއި، މިއީ އެ ގައުމުގެ ރައްޔިތުން މިހާރުވެސް ބޭނުންކުރަމުންދާ އެމީހުންގެ އަސްލު އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ނަމެއް ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަށް ނިންމީ ވަރަށް ބޮޑަށް ވިސްނުމަށްފަހު. ސަބަބަކީ 'ނައޮއެރޯ' އަކީ ރައްޔިތުން އަލަށް ބަލައިގަންނަންޖެހޭ އާ ނަމަކަށް ނުވާތީ،" ރައީސް އަޑިއަންގް ވިދާޅުވި އެވެ. "މިއީ މިހާރުވެސް ރައްޔިތުންގެ އަމިއްލަވަންތަކަމާ ގުޅިފައިވާ، ގައުމީ ނިޝާނުގައިވެސް ހިމެނޭ އަދި އާންމުންގެ މެދުގައިވެސް ބޭނުންކުރެވޭ ނަމެއް. އަދި އެންމެ މުހިންމު ކަމަކީ ގާނޫނުއަސާސީންވެސް މި ބަދަލަށް ފުރުސަތު ލިބިދޭކަން."

މި ބަދަލާއެކު އެ ގައުމުގެ ކުރު ނަމަކަށް ދެން ބޭނުންކުރާނީ "ނައޮއެރޯ" އެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ނިސްބަތްކޮށް ކިޔާނީ "ޑެއި-ނައޮއެރޯ" އެވެ. ސަރުކާރުން މިހާރު ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށާއި އެހެނިހެން ގައުމުތަކަށް މި ބަދަލުގެ މައުލޫމާތު ރަސްމީކޮށް އަންގާފަ އެވެ. އަދި ނަން ބަދަލުކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.

"ނައުރޫ" މި ނަމަކީ ވިލާތުގެ ގައުމުތަކުން އެ ސަރަހައްދު އިސްތިއުމާރު ކުރި ދުވަސްވަރު ބޭނުންކުރަން ފެށި ނަމެކެވެ. އެ ދުވަސްވަރު އެ ގައުމުގެ އަސްލު ނަން ކަމަށްވާ "ނައޮއެރޯ" ކިޔަން އިސްތިއުމާރީ ބާރުތަކަށް އުނދަގޫވުމުގެ ސަބަބުން އެ ނަން ވަނީ ބަދަލުކޮށްފަ އެވެ. ނައުރޫއަކީ ވެޓިކަން ސިޓީ އާއި މޮނާކޯއަށްފަހު ދުނިޔޭގައި އޮތް ތިންވަނައަށް އެންމެ ކުޑަ ގައުމެވެ. އެ ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 12،000 އެވެ.

ރައީސް އަޑިއަންގް ވިދާޅުވި ގޮތުގައި ނަން ބަދަލުކުރުމަކީ ސިޔާސީ ނިންމުމެއް ނޫނެވެ. ނަމަވެސް މިއީ ގައުމުގެ ތާރީޚާއި ތަރިކައާ ގުޅިފައިވާ ކަމެއް ކަމަށާއި، މިއީ ކާބަފައިންގެ ހަނދާންތައް ދަމަހައްޓައި، އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ނައުރޫގެ ބަސް ނުވަތަ "ޑޮރެރިން ނައޮއެރޯ" އަކީ ޔުނެސްކޯއިން ކަނޑައަޅާފައިވާ ގޮތުގައި ނެތިދިއުމުގެ ބިރު ވަރަށް ބޮޑަށް އޮތް ބަހެކެވެ. އެ ގައުމުގެ އާންމުންގެ މެދުގައި މި ބަހުން ވާހަކަދައްކައި އުޅުނު ނަމަވެސް، ސްކޫލްތަކުގައި މިހާތަނަށް އެ ބަސް ކިޔަވައެއް ނުދެ އެވެ. ނަމަވެސް، ކުރިމަގުގައި ސްކޫލްތަކުގެ މަންހަޖުގައި އެ ބަސް ހިމެނުމަށްޓަކައި އެ ގައުމުގެ ސަރުކާރުން މިދިޔަ އަހަރު ވަނީ ބިލެއް ފާސްކޮށްފަ އެވެ.

ނައުރޫނައޮއެރޯރައީސް ޑޭވިޑް އަޑިއަންގްޕެސިފިކް ކަނޑުޑޮރެރިން ނައޮއެރޯ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

05 ޖުލައި 2026
ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
20 ޖޫން 2026

ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯ އިން އަތުލައިގަނެފި

20 ޖޫން 2026
ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯ އިން އަތުލައިގަނެފި
19 ޑިސެމްބަރު 2025

ޕެސިފިކްގައި ކަނޑުގައި އެމެރިކާ އިން އަނެއްކާ ވެސް ހަމަލާ އެއް ދީ އިތުރު 5 މީހަކު މަރާލައިފި

19 ޑިސެމްބަރު 2025
ޕެސިފިކްގައި ކަނޑުގައި އެމެރިކާ އިން އަނެއްކާ ވެސް ހަމަލާ އެއް ދީ އިތުރު 5 މީހަކު މަރާލައިފި
18 ޑިސެމްބަރު 2025

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

18 ޑިސެމްބަރު 2025
އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި
16 ޑިސެމްބަރު 2025

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް