Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ވަރުގަދަ އަށް ތައްޔާރުވި ވިކްޓަރީ އަށް، ވަރުގަދަ ފެށުމެއް

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:06

ވިކްޓަރީ އަކީ މިފަހަރުގެ ފުޓުބޯޅަ ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމު. ލީގު ފެށުމުގެ ކުރިން އެ ޓީމުން ވަނީ ސްރީ ލަންކާގައި ކޭމްޕު ވެސް ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:06
މެޗުގައި ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ރިޒޭ އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ރިޒޭ އުފާ ފާޅުކުރަނީ | ވިކްޓަރީ ސްޕޯޓްސް ކްލަބް ފޭސްބުކް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކުލަބުން އެ ޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ހުކުރު ދުވަހުގެރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ވިކްޓަރީ އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގައި ފުރަތަމަ ހާފުގައި ވިކްޓަރީ އިން ލީޑު ނަގާފައި ވަނިކޮށް، ޓީސީ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ހަތަރު ލަނޑު ޖަަހައިގެން ވިކްޓަރީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ވިކްޓަރީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ މިރްޖަލޯލް ކަސިމޯވް އެވެ. އޭގެ ހަތް މިނެޓު ފަހުން ޓީސީގެ މާޔިޒް ވަހީދު ވަނީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ.

ދެ ވަނަ ފަހަރަށް ވިކްޓަރީ އިން ލީޑު ނެގީ ދެ ވަނަ ހާފުގެ 66 ވަނަ މިނެޓުގައި އަހުމަދު ހަސަން ޖެހި ލަނޑުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ވިކްޓަރީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ވިކްޓަރީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހަތަރު ވަނަ ލަނޑު ޖެހީ ވެސް ރިޒޭ އެވެ. އޭގެ މިނެޓެއް ފަހުން އެ ޓީމުގެ ފަހު ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ގޭރޯ އަލްހާޖީ އެވެ.

ވިކްޓަރީ އަކީ މިފަހަރުގެ ފުޓުބޯޅަ ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމެވެ. ލީގު ފެށުމުގެ ކުރިން އެ ޓީމުން ވަނީ ސްރީ ލަންކާގައި ކޭމްޕު ވެސް ކޮށްފަ އެވެ. ރާއްޖޭގެ އިތުރުން، ބިދޭސީ ފެންވަރުގެ ފާހަގަކޮށްލެވޭ ކުޅުންތެރިން ވިކްޓަރީގެ ސްކޮޑުގައި ހިމެނެ އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުޓީސީ ސްޕޯޓްސް ކުލަބުވިކްޓަރީ ސްޕޯޓްސް ކުލަބު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

25 ޖުލައި 2026

ހަމްޕު އާއި ދާދު، ނިހާޓް އަދި ޝަފީއު ވިކްޓަރީ އަށް

25 ޖުލައި 2026
ހަމްޕު އާއި ދާދު، ނިހާޓް އަދި ޝަފީއު ވިކްޓަރީ އަށް
17 ފެބުރުއަރީ 2026

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026
މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި
14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
09 ފެބުރުއަރީ 2026

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

09 ފެބުރުއަރީ 2026
ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް
09 ފެބުރުއަރީ 2026

މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

09 ފެބުރުއަރީ 2026
މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި
07 ފެބުރުއަރީ 2026

ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

07 ފެބުރުއަރީ 2026
ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ
07 ފެބުރުއަރީ 2026

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

07 ފެބުރުއަރީ 2026
ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
05 ފެބުރުއަރީ 2026

އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް

05 ފެބުރުއަރީ 2026
އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް
05 ފެބުރުއަރީ 2026

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ
31 ޖެނުއަރީ 2026

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026
ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް