Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް

ލީގުގައި ކުޅުނު 18 މެޗުން ވެލެންސިއާ އަށް 12 ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ނުވަ ވަނައިގައި. ވެލެންސިއާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އަށް ވަަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓްސް އަށް ވެސް 12 ޕޮއިންޓު ލިބޭއިރު، އެ ޓީމު ކުރީގައި އޮތީ ލަނޑުގެ ތަފާތުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 03:36
މެޗުގައި ލަނޑު ޖެހުމަށް ފަހު ވެލެންސިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ވެލެންސިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކުލަބު ވެލެންސިއާ އިން ރެލިގޭޝަން އިން ސަލާމަތް ވުމުގެ އުއްމީދެއް ހޯދައިފި އެވެ.

ލީގުގެ ފަހު މެޗުގައި އީގަލްސްއާ ދެކޮޅަށް ނިކުތްއިރު ރެލިގޭޝަންގެ ބިރު ބޮޑުވެފައި އޮތް ވެލެންސިއާ އަށް އުއްމީދެއް އޮތީ އެ މެޗުން މޮޅުވެގެންނެވެ. އެ މެޗުގައި ވެލެންސިއާ އިން ވަނީ 2-0 އިން އީގަލްސް ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެލެންސިއާ އަށް ލަނޑު ޖަހައި ކުރި ހޯދައިދިނީ އައިދު މުޙައްމަދު ޖަވީޒު އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ވެލެންސިއާ އަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަމަޓިއަސް އަޕެލްޓް މާޓިނޭޒް އެވެ.

ލީގުގައި ކުޅުނު 18 މެޗުން ވެލެންސިއާ އަށް 12 ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ނުވަ ވަނައިގަ އެވެ. ވެލެންސިއާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އަށް ވަަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓްސް އަށް ވެސް 12 ޕޮއިންޓު ލިބޭއިރު، އެ ޓީމު ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލީގުގެ ފަހު މެޗުގައި ގްރީން އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނައިރު، އެ މެޗުގައި ނިއު އިން ބޮޑު ތަފާތަކުން ގްރީން ބަލިކޮށްފި ނަމަ ވެލެންސިއާ ރެލިގޭޝަން އިން ސަލާމަތް ވާނެ އެވެ.

ވެލެންސިއާ އަތުން އީގަލްސް ބަލިވިއިރު، އެ ޓީމުން ލީގު ނިންމާލަން ޖެހުނީ ފަސް ވަނައިގަ އެވެ. ލީގުގައި އީގަލްސް އިން ކުޅުނު 18 މެޗުން އެ ޓީމަށް ލިބެނީ 23 ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުކުލަބު އީގަލްސްކުލަބު ވެލެންސިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026
ފުރަތަމަ ޑިވިޝަން އިން ޔޫވީ ރެލިގޭޓު ވެއްޖެ

ފުރަތަމަ ޑިވިޝަން އިން ޔޫވީ ރެލިގޭޓު ވެއްޖެ

31 ޖެނުއަރީ 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

29 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ އަތުން ޓީސީ މޮޅުވެއްޖެ

ފަހު ވަގުތު ވެލެންސިއާ އަތުން ޓީސީ މޮޅުވެއްޖެ

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު