Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓަރީ ސްޕޯޓްސް ކުލަބު

ހަމްޕު އާއި ދާދު، ނިހާޓް އަދި ޝަފީއު ވިކްޓަރީ އަށް

25 ޖުލައި 2026 | ހޮނިހިރު 04:49

ހަތަރު ކުޅުންތެރިންގެ ސޮއި ހޯދާފައިވާާކަން ވިކްޓަރީ އިން އިއުލާން ކޮށްފައިވާއިރު، އެ ޓީމުން އަންނަނީ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް އައު މެމްބަރުން ތަކެއް އިންތިޚާބު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2026 | ހޮނިހިރު 04:49
ވިކްޓަރީ އަށް ބަދަލުވި ހަމްޒާ މުޙައްމަދު (ހަމްޕު)

ވިކްޓަރީ އަށް ބަދަލުވި ހަމްޒާ މުޙައްމަދު (ހަމްޕު) | ވިކްޓަރީ ސްޕޯޓްސް ކްލަބް ފޭސްބުކް

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ ވިކްޓަރީ ސްޕޯޓްސް ކުލަބުން ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި، ޓީމުގެ ސްކޮޑު ވަރުގަދަކޮށްފި އެވެ.

އެގޮތުން ވިކްޓަރީ އިން އެންމެ ފުރަތަމަ ސޮއި ހޯދާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅެމުން އައި ހަމްޒާ މުޙައްމަދު (ހަމްޕު)ގެ އެވެ. 2019 ވަނަ އަހަރުން ފެށިގެން މާޒިޔާ އަށް ކުޅެމުން އައި ހަމްޕު އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

މީގެ އިތުރުން އަށް އަހަރު ވަންދެން މާޒިޔާ އަށް ކުޅުމަށް ފަހު، ނާއިޒް ޙަސަން (ދާދު) ވެސް ވަނީ އެ ކުލަބު ދޫކޮށްލައި، ވިކްޓަރީ އަށް ބަދަލުވެފައި އެވެ. މާޒިޔާ އާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ދާދު ވިކްޓަރީ އަށް ބަދަލުވެފައިވާއިރު، މިއީ އޭނާގެ ކެރިއަރުގައި ކުޅޭނެ ތިން ވަނަ ކުލަބެވެ. މީގެ ކުރިން ދާދު ވަނީ ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައި އެވެ.

ހަމްޕު އާއި ދާދުގެ އިތުރުން ދެން ވިކްޓަރީ އިން ސޮއި ހޯދާފައިވާ ދެ ކުޅުންތެރިންނަކީ މިދިޔަ ސީޒަންގައި އޮޑި ސްޕޯޓްސް ކުލަބަށް ކުޅުނު ޙުސެއިން ނިހާން (ނިހާޓް) އާއި، ގޯލު ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ނިހާޓްގެ ކެރިއަރުގައި އޭނާ ވިކްޓަރީ އަށް ކުޅޭނެ ދެ ވަނަ ފަހަރެވެ. ނިހާޓްގެ އިތުރުން ދެން ވިކްޓަރީ އަށް ބަދަލުވި ކީޕަރު ޝަފީއު އަކީ ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ގިނަ ކުލަބުތަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ. 

ހަތަރު ކުޅުންތެރިންގެ ސޮއި ހޯދާފައިވާާކަން ވިކްޓަރީ އިން އިއުލާން ކޮށްފައިވާއިރު، އެ ޓީމުން އަންނަނީ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް އައު މެމްބަރުން ތަކެއް އިންތިޚާބު ކޮށްފައި އެވެ. ވިކްޓަރީގެ ރައީސް އަކީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް އެވެ. މީގެ އިތުރުން އެ ކުލަބުގެ ހިންގާ ކޮމެޓީގައި ސަރުކާރުގެ އިސްވެރިން ހިމެނެ އެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026
މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި
14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
09 ފެބުރުއަރީ 2026

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

09 ފެބުރުއަރީ 2026
ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް
05 ފެބުރުއަރީ 2026

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ
24 ޖެނުއަރީ 2026

ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި

24 ޖެނުއަރީ 2026
ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
27 ޑިސެމްބަރު 2025

ވިކްޓަރީ އިން ގްރީން ބަލިކޮށްފި

27 ޑިސެމްބަރު 2025
ވިކްޓަރީ އިން ގްރީން ބަލިކޮށްފި
24 ޑިސެމްބަރު 2025

އޮޑި ބަލިކޮށް، މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކޮށްފި

24 ޑިސެމްބަރު 2025
އޮޑި ބަލިކޮށް، މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކޮށްފި
20 ޑިސެމްބަރު 2025

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް