Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

މޮޅާ އެކު މާޒިޔާ އިން ލީގުގެ ޗެމްޕިއަން އައްޑަން އުފުލާލާފައިވާއިރު، އެ ޓީމުން މިފަހަރުގެ ލީގު ކާމިޔާބު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ. އެއާ އެކު މާޒިޔާ އިން މި ވަނީ މެޗަކުން ބަލި ނުވެ ތިން ފަހަރު ލީގު ކާމިޔާބު ކޮށްފައި. ލީގުގެ އެއް ވަނަ މަގާމު މާޒިޔާ އިން ހޯދީ ކުޅުނު 18 މެޗުން 48 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ފެބުރުއަރީ 2026 | ހޮނިހިރު 05:04
މާޒިޔާ އިން ދިވެހި ލީގުގެ ޗެމްޕިއަން އައްޑަނަ އުފުލާލަނީ

މާޒިޔާ އިން ދިވެހި ލީގުގެ ޗެމްޕިއަން އައްޑަނަ އުފުލާލަނީ | އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު ފަހު މެޗުން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ލީގުގެ ޗެމްޕިއަން އައްޑަނަ އުފުލާލައިފި އެވެ. 

ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި އޮޑިއާ ދެކޮޅަށް ނިކުތްއިރު ވެސް، މާޒިޔާ އަށް ލީގު ޗެމްޕިއަންކަން އޮތީ ކަށަވަރުވެފަ އެވެ. އެ މެޗުގައި މާޒިޔާ އިން ވަނީ 1-0 އިން އޮޑީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި މާޒިޔާ އިން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. 

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ސާޖިއޯ މެންޑީ އިގްލީސިއަސް އެވެ. އޭގެ ފަހުން މެޗުގައި އޮޑި އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުގެ އަޙުމަދު ބައްސާމް މުޙައްމަދު ނައީމް އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މޮޅާ އެކު މާޒިޔާ އިން ލީގުގެ ޗެމްޕިއަން އައްޑަން އުފުލާލާފައިވާއިރު، އެ ޓީމުން މިފަހަރުގެ ލީގު ކާމިޔާބު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެއާ އެކު މާޒިޔާ އިން މި ވަނީ މެޗަކުން ބަލި ނުވެ ތިން ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. ލީގުގެ އެއް ވަނަ މަގާމު މާޒިޔާ އިން ހޯދީ ކުޅުނު 18 މެޗުން 48 ޕޮއިންޓާ އެކު އެވެ. މާާޒިޔާ އަތުން ބަލިވި އޮޑި އަށް ލިބުނީ ލީގުގެ ދެ ވަނަ އެވެ. އެއީ އެ ޓީމު ކުޅުނު 18 މެޗުން 39 ޕޮއިންޓާ އެކު އެވެ.

ލީގު ތާވަލްގެ ތިން ވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ 37 ޕޮއިންޓާ އެކު އެވެ. ހަތަރު ވަަނައިގައި ބުރު ސްޕޯޓްސް ކުލަބަށް 29 ޕޮއިންޓު ލިބޭއިރު، ފަސް ވަަނައިގައި ކުލަބު އީގަލްސް އަށް ލިބެނީ 23 ޕޮއިންޓެވެ. 

ދިރާގު ދިވެހި ޕްރިމިއަރ ލީގުމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއޮޑި ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް

05 ފެބުރުއަރީ 2026
އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް
05 ފެބުރުއަރީ 2026

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ
31 ޖެނުއަރީ 2026

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026
ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް
31 ޖެނުއަރީ 2026

ފުރަތަމަ ޑިވިޝަން އިން ޔޫވީ ރެލިގޭޓު ވެއްޖެ

31 ޖެނުއަރީ 2026
ފުރަތަމަ ޑިވިޝަން އިން ޔޫވީ ރެލިގޭޓު ވެއްޖެ
29 ޖެނުއަރީ 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

29 ޖެނުއަރީ 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު