Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

9 ފެބުރުއަރީ 2026 | ހޯމަ 06:15

ޕްރެޒިޑެންޓްސް ކަޕްގެ ފޯމެޓު އޮތީ ލީގުގެ ހަތަރު ޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖް އިން ޖާގަ ލިބޭ ގޮތަށް. ލީގު ތާވަލްގެ ފަސް ވަނަ އާއި، އަށް ވަނައާ ދެމެދު އޮތް ޓީމުތަކަށް ޖެހުނީ ޕްލޭ އޮފްގައި ކުޅެގެން، ގުރޫޕް ސްޓޭޖް އިން ޖާގަ ހޯދަން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ފެބުރުއަރީ 2026 | ހޯމަ 06:15
ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ފޭދޫ އިއްބެ އުފާ ފާޅު ކުރަނީ

ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ފޭދޫ އިއްބެ އުފާ ފާޅު ކުރަނީ | އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ޕްލޭ އޮފްގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކުލަބު އީގަލްސް އާއި، ވިކްޓަރީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ޖާގަ ހޯދައިފި އެވެ. 

އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި އީގަލްސް ބައްދަލު ކޮށްފައި ވަނީ ކުލަބު ގްރީން ސްޓްރީޓްސްއާ އެވެ. އެ މެޗު އީގަލްސް އިން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. 

މެޗުގައި އީގަލްސް އަށް ލީޑު ލިބުނީ ގްރީންގެ ބިދޭސީ ކުޅުންތެރިޔާ އަލްސައީދު ޢަބްދުލްފައްތާހު އަލްސައީދު މަހުމޫދު އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި އީގަލްސްގެ ދެ ލަނޑު ވެސް ޖެހީ އިބްރާހީމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ) އެވެ. އެއާއެކު އީގަލްސް އިން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑުގައި އޮވެ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ފޭދޫ އިއްބެ ވަނީ އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި އީގަލްސްގެ ފަސް ވަނަ ލަނޑު ޖެހީ މުޙައްމަދު ޝަމްހާން އެވެ. އޭގެ ތިން މިނެޓު ފަހުން އީގަލްސްގެ ފަހު ލަނޑު ޖެހީ އަލީ ހާފިޒު އެވެ. 

މޮޅާއެކު އީގަލްސް އަށް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕު ބީ އިން ޖާގަ ލިބިފަ އެވެ. އެ ގުރޫޕުގައި އީގަލްސްއާ އެކު ދެން އޮތީ އޮޑި ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. 

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ޕްލޭ އޮފްގެ ދެ ވަނަ މެޗުގައި ވިކްޓަރީ އިން ވަނީ 2-0 އިން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާާފުގެ 31 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލީޑު ނަގައިދިނީ އަލީ ނަސޫހު ރަޝީދު އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ވިކްޓަރީގެ ދެ ވަނަ ލަނޑު ޖެހީ އަޙުމަދު ރިޒްވާން އެވެ.

ޕްލޭ އޮފް މެޗު ކާމިޔާބުކޮށް ވިކްޓަރީ ހިމެނުނީ ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް އޭގަ އެވެ. އެ ގުރޫޕުގައި ދެން އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، ބުރު ސްޕޯޓްސް ކުލަބެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފޯމެޓު އޮތީ ލީގުގެ ހަތަރު ޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖް އިން ޖާގަ ލިބޭ ގޮތަށެވެ. ލީގު ތާވަލްގެ ފަސް ވަނަ އާއި، އަށް ވަނައާ ދެމެދު އޮތް ޓީމުތަކަށް ޖެހުނީ ޕްލޭ އޮފްގައި ކުޅެގެން، ގުރޫޕް ސްޓޭޖް އިން ޖާގަ ހޯދާށެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބު އީގަލްސްވިކްޓަރީ ސްޕޯޓްސް ކުލަބު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ

07 ފެބުރުއަރީ 2026
ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ
05 ފެބުރުއަރީ 2026

އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް

05 ފެބުރުއަރީ 2026
އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް
05 ފެބުރުއަރީ 2026

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ
04 ފެބުރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ

04 ފެބުރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ
31 ޖެނުއަރީ 2026

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026
ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް
24 ޖެނުއަރީ 2026

ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި

24 ޖެނުއަރީ 2026
ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި
17 ޖެނުއަރީ 2026

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

17 ޖެނުއަރީ 2026
އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
11 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

11 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް