Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

ގުރޫޕް ސްޓޭޖުގައި ބުރުގެ ފުރަތަމަ މެޗުގައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފައި. ދެ ވަނަ މެޗުގައި ވިކްޓަރީ އަތުން ބުރު މޮޅުވެ އުންމީދު ހޯދިއިރު، މި ގުރޫޕުން ސެމީ ފައިނަލްގެ ޖާގަ ލިބޭ ޓީމުތައް ކަށަވަރު ވާނީ މާޒިޔާ އާއި ވިކްޓަރީ ބައްދަލު ކުރާ މެޗުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2026 | ހޮނިހިރު 04:23
މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް ސްޓޭޖުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބުރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ އުންމީދު ހިފަހައްޓައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ބުރުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވިކްޓަރީ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ބުރު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް، ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ނަަމަވެސް، ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ބުރުގެ ބިދޭސީ ކުޅުންތެރިޔާ ހުޑްސަން ޑިއާޒް ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ވިކްޓަރީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ވިކްޓަރީ އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިލޯސް ލަޗްނީ އެވެ. މެޗުން ބުރު މޮޅުވީ، މެޗުގެ 81 ވަނަ މިނެޓުގައި ޑިއާޒް ޖެހި ދެ ވަނަ ލަނޑުންނެވެ.

ގުރޫޕް ސްޓޭޖުގައި ބުރުގެ ފުރަތަމަ މެޗުގައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ވިކްޓަރީ އަތުން ބުރު މޮޅުވެ އުންމީދު ހޯދިއިރު، މި ގުރޫޕުން ސެމީ ފައިނަލްގެ ޖާގަ ލިބޭ ޓީމުތައް ކަށަވަރު ވާނީ މާޒިޔާ އާއި ވިކްޓަރީ ބައްދަލު ކުރާ މެޗުންނެވެ.

ޕްރެޒިޑެންޓްސް ކަޕްބުރު ސްޕޯޓްސް ކްލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
09 ފެބުރުއަރީ 2026

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

09 ފެބުރުއަރީ 2026
ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް
05 ފެބުރުއަރީ 2026

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ
04 ފެބުރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ

04 ފެބުރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ
31 ޖެނުއަރީ 2026

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026
ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް
24 ޖެނުއަރީ 2026

ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި

24 ޖެނުއަރީ 2026
ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
12 ޖެނުއަރީ 2026

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

12 ޖެނުއަރީ 2026
ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު