Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ވަނީ 2023 ވަނަ އަހަރު. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި ކުލަބު އީގަލްސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 06:27
އެންމެ ފަހުން 2023 ވަނަ އަހަރު އޮތް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި މާޒިޔާ އަށް، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ތަށި ހަވާލު ކޮށްދެއްވަނީ

އެންމެ ފަހުން 2023 ވަނަ އަހަރު އޮތް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި މާޒިޔާ އަށް، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ތަށި ހަވާލު ކޮށްދެއްވަނީ | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ، ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ގެންދާނެ ފޯމެޓު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅައިފި އެވެ.

ބުރާސްފަތި ދުވަހު އޮތް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ، ޕްރެޒިޑެންޓްސް ކަޕް މިފަހަރު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ޕްރެޒިޑެންޓްސް ކަޕް އިން ސީދާ ޖާގަ ލިބޭނެ އެވެ. އަނެއް ދެ ޖާގަ ލިބޭނީ ނޮކް އައުޓް މެޗު ތަކެއް ކުޅެގެން މޮޅުވާާ ދެ ޓީމަކަށެވެ. 

ލީގުގެ ގަދަ ހަތަރު ޓީމު ދެ ގުރޫޕަކަށް ބަހާލާނީ ތާވަލްގައި ޕޮއިންޓު ލިބިފައިވާ ތަރުތީބުން ސީޑު ކޮށްގެންނެވެ. ނޮކް އައުޓް މެޗުތަކުގައި ކުޅެން ޖެހޭނީ ތާވަލްގެ ފަސް ވަނަ އާއި، އަށް ވަނައާ ދެމެދު އޮންނަ ހަތަރު ޓީމެވެ. އެ މެޗު ތަކުން މޮޅުވާ ދެ ޓީމާ އެކު، ޖުމުލަ ހަ ޓީމު ދެ ގުރޫޕަށް ބަހާލަން ވަނީ ނިންމައިފަ އެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު، ކޮންމެ ގުރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ލިބޭއިރު، ކްރޮސްކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު މޮޅުވާ ދެ ޓީމު ފައިނަލަށް ދާނެ އެވެ. އެފްއޭއެމް އިން ނިންމާފައި ވަނީ ފެބްރުވަރީ މަހުގެ ނުވަ ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފެށުމަށެވެ.

އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ވަނީ 2023 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި ކުލަބު އީގަލްސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ދިރާގު ދިވެހި ޕްރިމިއަރ ލީގުޕްރެޒިޑެންޓްސް ކަޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުރަތަމަ ޑިވިޝަން އިން ޔޫވީ ރެލިގޭޓު ވެއްޖެ

ފުރަތަމަ ޑިވިޝަން އިން ޔޫވީ ރެލިގޭޓު ވެއްޖެ

31 ޖެނުއަރީ 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

29 ޖެނުއަރީ 2026
ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ރަން ކާމިޔާބީ އުމެއިރު ޚާއްސަ ކުރީ ސާންތި، ބަކާ އަދި އިފްރާޙު އަށް

ރަން ކާމިޔާބީ އުމެއިރު ޚާއްސަ ކުރީ ސާންތި، ބަކާ އަދި އިފްރާޙު އަށް

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު