Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

މީގެ އިތުރުން އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި، އޭއެފްސީ އަށް ހުށަހަޅަން ވެސް ވެލެންސިއާ އިން ވަނީ ނިންމާފައި. ވެލެންސިއާ އިން އެފްއޭއެމް އަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި އެ އެސޯސިއޭޝަން އިން ބުނެފައި ވަނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް. އެ މައްސަލަ ބަލަމުން އަންނަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީ އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 05:21
ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ގްރީން ބައްދަލު ކުރި މެޗެއްގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ގްރީން ބައްދަލު ކުރި މެޗެއްގެ ތެރެއިން | އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް އޮތް މެޗު، ކުލަބު ގްރީން ސްޓްރީޓްސް އިން ގަސްތުގައި ދޫކޮށްލި ކަމަށް ބުނާ މައްސަލަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަލަން ފަށައިފި އެވެ.

ނިއުއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީންގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން، އެ ޓީމު ހާޒިރުވެފައި ނުވެ އެވެ. އެއާ އެކު، 2-0 ގެ ނަތީޖާ އަކުން ނިއު އަށް ވަނީ އެ މެޗު ލިބިފަ އެވެ. އެ މެޗުގެ ނަތީޖާ އެހެން އައުމާ އެކު، ކުލަބު ވެލެންސިއާ ވަނީ ފުރަތަމަ ޑިވިޝަން އިން ރެލިގޭޓުވެފަ އެވެ. 

ވެލެންސިއާ އަށް ރެލިގޭޝަން އިން ސަލާމަތް ވުމުގެ ފުރުސަތު އޮތީ، އެ މެޗުގައި ނިއު އިން ފަސް ލަނޑުގެ ތަފާތުން ގްރީން ބަލިކޮށްގެންނެވެ. ނަމަވެސް، ގްރީން ހާޒިރު ނުވެ ނިއު އަށް މެޗު ލިބުނުއިރު، ވެލެންސިއާ އިން ވަނީ އެއީ ގްރީން އިން ގަސްތުގައި އެ ޓީމު ރެލިގޭޓު ކޮށްލުމަށް ކުރި ކަމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

ވެލެންސިއާ އިން ވަނީ އެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅައިފަ އެވެ. މީގެ އިތުރުން އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި، އޭއެފްސީ އަށް ހުށަހަޅަން ވެސް ވެލެންސިއާ އިން ވަނީ ނިންމައިފަ އެވެ. ވެލެންސިއާ އިން އެފްއޭއެމް އަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި އެ އެސޯސިއޭޝަން އިން ބުނެފައި ވަނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީ އިންނެވެ. 

ގްރީން އިން މެޗު ފިކްސް ކުރި ކަމަށް ތުހުމަތު ކުރުމާ އެކު، އެ ކުލަބުން ވަނީ އެކަމަށް ރައްދު ދީފަ އެވެ. އެގޮތުން ގްރީން އިން ބުނެފައި ވަނީ އެ ކުލަބުން ގަސްތުގައި މެޗު ފިކްސް ކުރި ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެ ކުލަބުން އަބަދު ވެސް ޤަވާއިދަށް އިޙުތިރާމް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މިއީ ފުރަތަމަ ޑިވިޝަން އިން ވެލެންސިއާ ރެލިގޭޓުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ވެސް އެ ޓީމު ރެލިގޭޓުވެފައިވާއިރު، އަލުން ފުރަތަމަ ޑިވިޝަން އަށް އައިސްފައި ވަނީ 2020 ވަނަ އަހަރު އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ކުލަބް ގްރީން ސްޓްރީޓްސްކުލަބު ވެލެންސިއާދިރާގު ދިވެހި ޕްރިމިއަރ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

07 ފެބުރުއަރީ 2026
އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް

އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް

05 ފެބުރުއަރީ 2026
ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ

ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ

04 ފެބުރުއަރީ 2026
ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު