Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026 | އަންގާރަ 05:19

މި މެޗަަށް ނިކުތްއިރު، ވިކްޓަރީ އަށް މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ލިބެން އޮތީ މާޒިޔާ ބަލިކޮށްގެން. އެއީ ގުރޫޕްގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ފެބުރުއަރީ 2026 | އަންގާރަ 05:19
މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އަދަދު ސްޕޯޓްސް

ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ވިކްޓަރީ ސްޕޯޓްސް ކުލަބު މުބާރާތުން ކަޓައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މި މެޗަަށް ނިކުތްއިރު، ވިކްޓަރީ އަށް މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ލިބެން އޮތީ މާޒިޔާ ބަލިކޮށްގެންނެވެ. އެއީ ގުރޫޕްގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ.

މެޗުގައި މާޒިޔާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ސާޖިއޯ އިގްލީސިއަސް އެވެ. އޭގެ ތިން މިނެޓު ފަހުން މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ހައިޝަމް ޙަސަން އެވެ. 

މޮޅާއެކު މާޒިޔާ އިން ވަނީ ދެ މެޗުން ހަ ޕޮޮއިންޓާ އެކު، މި ގުރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ސެމީ ފައިނަލްގައި މާޒިޔާ ބައްދަލު ކުރަން ޖެހޭނީ އަނެއް ގުރޫޕުގެ ދެ ވަނަ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ އެވެ. މި ގުރޫޕުގެ ދެ ވަނަ ބުރުން ހޯދީ ތިން ޕޮއިންޓާ އެކު އެވެ. ގުރޫޕުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ބުރުން ވަނީ ވިކްޓަރީ ބަލިކޮށްފަ އެވެ. ސެމީ ފައިނަލްގައި ބުރު ނިކުންނާާނީ އަނެއް ގުރޫޕުގެ އެއް ވަނަ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ޕްރެޒިޑެންޓްސް ކަޕްމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
09 ފެބުރުއަރީ 2026

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

09 ފެބުރުއަރީ 2026
ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް
09 ފެބުރުއަރީ 2026

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

09 ފެބުރުއަރީ 2026
ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް
07 ފެބުރުއަރީ 2026

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

07 ފެބުރުއަރީ 2026
ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
05 ފެބުރުއަރީ 2026

ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ

05 ފެބުރުއަރީ 2026
ރެލިގޭޓުވި ޔޫވީ އަތުން ވިކްޓަރީ ބަލިވެއްޖެ
04 ފެބުރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ

04 ފެބުރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ
31 ޖެނުއަރީ 2026

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026
ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް
29 ޖެނުއަރީ 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

29 ޖެނުއަރީ 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް