Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހުތިރާމު ކެމްޕޭން

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އިސް އެތައް ފަރާތެއް ހިމެނޭ މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި

9 ސެޕްޓެމްބަރު 2026 | ބުދަ 10:55

ދިވެހިންގެ މެދުގައި އޮތް ރިވެތި އަޚްލާގު އިޔާދަކުރުމަށް "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ޝިއާރުގެ ދަށުން ފަސް އަހަރުގެ ގައުމީ މަޝްރޫއެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި. މި މަޝްރޫއު ވިލަރެސްކުރުމަށް 9 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމުގެ އިތުރުން، ކޮންމެ އަހަރަކު "ގައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރުމަށް ވެސް ވަނީ ކަނޑައަޅާފައި

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2026 | ބުދަ 10:55

އިދިކޮޅުގައި ތިބި ދުވަސްވަރު، މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ މަލާމާތްކުރުމާއި، ބިރުދެއްކުމާއި އަދި ނަފުރަތު ފެތުރުމުގައި ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައި | ސޯޝަލް މީޑިއާ

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އިދިކޮޅުގައި ތިބި އިރު އަމަލީ ގޮތުން އިސް ސަފުގައި ބައިވެރިވި އެތައް ފަރާތެއް ހިމެނޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި އެވެ.

5 އަހަރު ދުވަހުގެ ގައުމީ ބިޔަ މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދަން ނިންމީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ހީނާ ވަލީދު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ހުށަހެޅެއްވި ކަރުދާހަށް މަޝްވަރާކުރުމަށް ފަހުގަ އެވެ.

Advertisement - newsAdvertisement
އިދިކޮޅު ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސޫރަ ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މޫނުމަތިއަޅައިގެން ފުރައްސާރަކުރަނީ

އިދިކޮޅު ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސޫރަ ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މޫނުމަތިއަޅައިގެން ފުރައްސާރަކުރަނީ | ޕީޕީއެމް

ސަރުކާރުން އިހްތިރާމު އަދާކުރުމުގެ ނަމުގައި ބޮޑު މަޝްރޫއެއް އެކުލަވާލި ކަމަށް ބުނި އިރު، ސަރުކާރުގެ މަތި ފަޑީގައި ތިބީ، އިދިކޮޅުގައި ތިބި އިރު، އެކި ފަރާތްތަކަށް ފުރައްސާރަކޮށް، އިހުތިރާމު ކުޑަކޮށް، ބޭއަދަބީ ބަސްތަކުން މުޚާތަބު ކޮށް، ދޮގު ވާހަކަތައް ފަތުރާ، އަވަށްޓެރި އިންޑިއާގެ އެންމެ މަތީ ވެރިޔާ އަށް ހަޖޫޖެހުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައްކަން ފާހަގަކުރެވެ އެވެ.

ސަރުކާރަށް އައިފަހުން ވެސް އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތްކޮށް ހަޖޫޖެހުމުގެ ސަބަބުން ވަޒީރުން ފެންވަރުގެ މި ސަރުކާރުގެ ވެރިންނަށް ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ފިޔަވަޅު އަޅަން ޖެހުނުކަން ފާހަގަ ކުރެވެ އެވެ. އެހެން ނަމަވެސް އެވާހަކަތައް ހިނދުމާއެކު އަނެއްކާވެސް އެފަރާތްތަކަށް ވެސް ވަނީ ރަނގަޅު މަގާމުތައް ސަރުކާރުން ހަމަ ޖައްސައިދީފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ބުނެފައިވާއިރު، ޚުދު ރައީސް މުއިއްޒު އަކީ ވެސް "އިންޑިއާ އައުޓް" ކެމްޕޭނުގައި އިސްކޮށް މަގުމަތީގައި ހަރަކާތްތެރިވި ފަރާތެއްކަން ފާހަގަ ކުރެވެ އެވެ.

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި މަޝްރޫއު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެމަށާއި އަދި މި ކޮމިޓީގައި 9 މިނިސްޓްރީ އަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި ހިމެނެނީ:

  • މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް؛
  • މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް؛
  • މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ؛
  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް؛
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް؛ އަދި
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އެވެ.

އިޙުތިރާމް އަދާކުރުމުގެ ދުވަހެއް، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫޢު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.

އިންޑިއާ އައުޓްކެބިނެޓްމިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއިޙުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!

08 ސެޕްޓެމްބަރު 2026
އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
31 އޯގަސްޓު 2026

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި

31 އޯގަސްޓު 2026
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި
17 އޯގަސްޓު 2026

ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ކެންސަލްކުރި ނަމަވެސް ގައުމީ ދުވަހަށް ބޮޑު ހޭދައެއް ކޮށްފި!

17 އޯގަސްޓު 2026
ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ކެންސަލްކުރި ނަމަވެސް ގައުމީ ދުވަހަށް ބޮޑު ހޭދައެއް ކޮށްފި!
14 އޯގަސްޓު 2026

"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!

14 އޯގަސްޓު 2026
"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!
10 އޯގަސްޓު 2026

މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

10 އޯގަސްޓު 2026
މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
30 ޖުލައި 2026

"އިންޑިއާ އައުޓް" ކެމްޕޭނަށް މަގުފަހިވީ ޒުވާނުންގެ އިގްތިސާދީ އަދި ސިޔާސީ ކަންބޮޑުވުންތައް ދެނެނުގަތުމުގެ ސަބަބުން: މާރިޔާ އަހްމަދު ދީދީ

30 ޖުލައި 2026
"އިންޑިއާ އައުޓް" ކެމްޕޭނަށް މަގުފަހިވީ ޒުވާނުންގެ އިގްތިސާދީ އަދި ސިޔާސީ ކަންބޮޑުވުންތައް ދެނެނުގަތުމުގެ ސަބަބުން: މާރިޔާ އަހްމަދު ދީދީ
05 ޖުލައި 2026

ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް ހީނާ ވަލީދުގެ މިނިސްޓްރީ އަށް ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

05 ޖުލައި 2026
ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް ހީނާ ވަލީދުގެ މިނިސްޓްރީ އަށް ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
06 ޖޫން 2026

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

06 ޖޫން 2026
ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް