Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް ހީނާ ވަލީދުގެ މިނިސްޓްރީ އަށް ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

5 ޖުލައި 2026 | އާދީއްތަ 10:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ އަދި ޕީއާރު މަސައްކަތްތައް ދެ އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައި. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖުލައި 2026 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭއިރު، މީގެ ތެރޭގައި ސޯޝަލް މީޑިއާ ބެލެހެއްޓުމާއި، ރިޕޯޓުތައް ތައްޔާރުކުރުމުގެ އިތުރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭ. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް މިފަދަ ޚިދުމަތެއް ހޯދަން އިއުލާންކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2026 | އާދީއްތަ 10:00
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު. | ރައީސް އޮފީސް

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއް ހޯދަން އިއުލާން ކޮށްފި އެވެ. 

އާދިއްތަ ދުވަހު އެމިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެމިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ޚިދުމަތް ބޭނުންވާ ކަމަށެވެ. އަދި އެ ފާމުގެ ޚިދުމަތް ބޭނުންވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން މިނިސްޓްރީއިން ވަނީ 14 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 11:30ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ. 

ޕީއާރްގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ޑިޕާޓްމެންޓުތަކާއި ޑިވިޝަންތަކާއި ޕްރޮގްރާމްތަކާއި އިވެންޓުތަކާއި ކެމްޕޭނުތަކާއި ކޮމިޓީތަކަށް ވެސް ޕީއާރު މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ. 

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި ރާއްޖެއާއި ބޭރުގެ މީޑިއާތަކާ ގުޅުން ބަދަހިކުރަން ޖެހޭ ކަަމަށެވެ. އަދި އަހަރީ ރިޕޯޓުތައް ތައްޔާރުކޮށް، ސޯޝަލް މީޑިއާ އެކައުންޓުތައް ހިންގުމާއި، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި މައުލޫމާތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ވެސް ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއް ހޯދަން އިއުލާން ކުރިއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގު މައްޗަށް ގޮސް އިގްތިސާދުގެ ކުރިއެރުން ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާނެ ކަމަށް ބެލޭތީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް މާލީ ކަންކަން އިސްލާހު ކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ. 

މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްރާއްޖޭގެ އިގުތިސާދު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
15 ޖޫން 2026

ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެހި ހުއްޓި ކުންފުނިތައް މާޔޫސް ކަމުގައި!

15 ޖޫން 2026
ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެހި ހުއްޓި ކުންފުނިތައް މާޔޫސް ކަމުގައި!
14 ޖޫން 2026

ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ

14 ޖޫން 2026
ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ
14 ޖޫން 2026

ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ

14 ޖޫން 2026
ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ
04 މެއި 2026

ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް

04 މެއި 2026
ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް
03 މެއި 2026

ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު

03 މެއި 2026
ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު
03 މެއި 2026

ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ހިނގައްޖެ

03 މެއި 2026
ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ހިނގައްޖެ
17 އެޕްރީލު 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ

17 އެޕްރީލު 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް