Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ޝަކީލު

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ޝަކީލަށް ރުހުން ދިނުމަށް 51 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އޭނާ މީގެ ކުރިން ޕީއެންސީގެ ރެޖިސްޓަރ ގެ މަގާމު ފުރުއްވުމުގެ އިތުރުން ސިޔާސީ ގޮތުން ފާޅުގައި އިދިކޮޅު އެމްޑީޕީ އާ ދެކޮޅަށް ޚިޔާލުފާޅުކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 10:46
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް، 24 ޖޫން 2026 ގައި މުޙައްމަދު ޝަކީލް ވަނީ އައްޔަންކުރައްވާފައި.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް، 24 ޖޫން 2026 ގައި މުޙައްމަދު ޝަކީލް ވަނީ އައްޔަންކުރައްވާފައި. | ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ޝަކީލްއަށް ރުހުންދޭ ފެންނަ ކަމަށް 51 މެމްބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

ކޮމިޝަންގެ ރައީސް ކަމަށް ޝަކީލް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެ އެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް މުއިއްޒު ފޮނުއްވި ސިޓީ އިއްވުމަށްފަހު އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދިރާސާ ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ގެ މަގާމު ހުސްވީ އެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަން ކުރެއްވީ، މި މަހުގެ 24ވަނަ ދުވަހުއެވެ.

ޝަކީލް އެންމެފަހުން ހުންނެވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގަ އެވެ.  ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރައްވާފައި ޝަކީލް އަކީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި ފަރާތްކަން ވެސް ފާހަގަ ކުރެވެ އެވެ.

އިންސާފުވެރިކަމާ އެކު އިންތިޚާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ އެންމެ މަތީ މަގާމަށް ޝަކީލް އައްޔަން ކުރެވޭ އިރު އޭނާ އަކީ ވަރަށް ފާޅުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ވަރަށް ބޮޑަށް މީސްމީޑިއާ ގައި ފާޑުކިޔާފައިވާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން އެންމެ ފަހުން އޮތް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަށް ވެސް ވަރަށް ފާޅުގައި ތާއީދު ކުރައްވާ އިންޑިއާ އަށާއި ދިވެހި ސަރުކާރަށް ބަދުބަސްތައް ވިދާޅުވެފައިވާ ފަރާތެއްކަން ވެސް ފާހަގަ ކުރެވެ އެވެ.

ޝަކީލް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އިރު އެތަނާ ގުޅޭ ތަފާތު ކަރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވީ ނަމަވެސް އެ މައްސަލަތައް ބަލައިފައި ނުވާކަން ވެސް ފާހަގަ ކުރެވެ އެވެ.

މުހައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަން20 ވަނަ ރައްޔިތުންގެ މަޖިލީސްޑރ. މުޙައްމަދު މުޢިއްޒުމޯލްޑިވްސް ހައްޖު ކޯޕަރޭޝަންއިންޑިއާ އައުޓް

އިތުރަށް ކިޔާލަން

30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
29 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

29 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު
29 ޖޫން 2026

"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު

29 ޖޫން 2026
"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު
29 ޖޫން 2026

ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...

29 ޖޫން 2026
ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު

29 ޖޫން 2026
ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު
29 ޖޫން 2026

އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު - ރައީސް މުއިއްޒު

29 ޖޫން 2026
އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު -  ރައީސް މުއިއްޒު
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު