Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ދުވަސް

ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ކެންސަލްކުރި ނަމަވެސް ގައުމީ ދުވަހަށް ބޮޑު ހޭދައެއް ކޮށްފި!

17 އޯގަސްޓު 2026 | ހޯމަ 15:45

އިގްތިސާދީ ހާލަތާ ގުޅިގެން ހަރަދު ކުޑަކުރަން އަންގާފައި ވަނިކޮށް، މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމަށް ކުރި ދަތުރުގައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ހަނިމާދޫން އުތީމަށް ލޯންޗުގައި ދެވެން އޮއްވައި އެއާޓެކްސީ ބޭނުން ކުރުމާއި، މި ހަރަކާތްތަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ. މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ކެންސަލްކުރި ނަމަވެސް، މި ދަތުރަށް ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 17 އޯގަސްޓު 2026 | ހޯމަ 15:45
ހއ.އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު

ހއ.އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްފި އެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހޮނިހިރު ދުވަހު ހއ. އުތީމުގައި ބޭއްވިއިރު، މި ރަސްމިއްޔާތަށް ސަރުކާރުގެ ވަޒީރުންނާއި އެކި ލެވެލްތަކުގެ އިސްވެރިން ވަޑައިގެންނެވި އެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރު ޕްރޮމޯޓްކުރާ މީޑިއާތައް ވެސް އުތީމަށް ގެންގޮސްފައިވަނީ ސަރުކާރުގެ ހަރަދުގަ އެވެ. މި ދަތުރުގައި ބައިވެރިވި ހުރިހާ އެންމެންގެ ދަތުރުފަތުރާއި ކެއިންބުއިމުގެ އެންމެހައި ހަރަދުތައް ވެސް ހަމަޖައްސާފައިވަނީ ސަރުކާރުންނެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކުން ދަތުރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރުމަށްފަހު، ހަނިމާދޫއިން އުތީމަށް އެއާޓެކްސީގަ އެވެ. ހަނިމާދޫއިން އުތީމަށް ލޯންޗުގައި ފަސޭހަކަމާއެކު ދަތުރުކުރެވެން އޮއްވައި އެއާޓެކްސީ ބޭނުންކުރުމަކީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އިސްކަން ނުދޭކަން ދައްކުވައިދޭ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މީގެއިތުރުން، އުތީމުގައި ގައުމީ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް، މިކަމާ ގުޅިގެން މިނިސްޓަރު ހީނާއާ ސުވާލު ދެންނެވުމުން، އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ގައުމީ ދުވަހުގެ ހަރަކާތްތަކަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު، ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ބުނެ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ހިމެނޭހެން ބައެއް މުހިންމު ހަރަކާތްތައް ވަނީ ކެންސަލް ކޮށްފަ އެވެ.

މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގައުމީ ދުވަސްހއ. އުތީމު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

17 އޯގަސްޓު 2026
ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!
16 އޯގަސްޓު 2026

ހަމަ މުއިއްޒު ގޮތައް.........!!

16 އޯގަސްޓު 2026
ހަމަ މުއިއްޒު ގޮތައް.........!!
15 އޯގަސްޓު 2026

އުތީމުގެ ބަނދަރާއި މިސްކިތުގެ މަސައްކަތް އަވަސްކުރުމަށާއި، ކައުންސިލް އިދާރާއާއި ދަނޑުގެ މަޝްރޫޢުތައް ނިންމައިދިނުމަށް އެ ރަށު ކައުންސިލުން ރައީސް އަރިހުގައި ދަންނަވައިފި

ހއ. އުތީމުގައި ތާރީޚީ "ވާހަކަ ވައު" ހުޅުވައިފި

15 އޯގަސްޓު 2026
ހއ. އުތީމުގައި ތާރީޚީ "ވާހަކަ ވައު" ހުޅުވައިފި
15 އޯގަސްޓު 2026

ގައުމީ ދުވަހު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ގައުމީ ދުވަހު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް: ރައީސް މުއިއްޒު
15 އޯގަސްޓު 2026

މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި

15 އޯގަސްޓު 2026
މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި
15 އޯގަސްޓު 2026

ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި

15 އޯގަސްޓު 2026
ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި
15 އޯގަސްޓު 2026

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފި

15 އޯގަސްޓު 2026
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފި
15 އޯގަސްޓު 2026

އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި

15 އޯގަސްޓު 2026
އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި
14 އޯގަސްޓު 2026

"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!

14 އޯގަސްޓު 2026
"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް