Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިޗް ރޭޓިންގ

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

ފިޗް ރޭޓިންގްއަށް އައި ބަދަލަކީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ވީކަމެއް ނޫން ކަމަށާއި، އެއީ ވާރުތަވި ބޮޑު ދަރަންޏާ ގުޅިގެން ދިމާވި ކަމެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެ. ސަރުކާރުން ކުރި މަސައްކަތުން ރޭޓިންގް 'ސީސީ' އިން 'ސީސީސީ' އަށް މަތިވެފައިވާކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ އަމާޒަކީ އިޤްތިސާދު އިތުރަށް ހަރުދަނާކޮށް އިންވެސްޓްމަންޓްތައް އިތުރުކުރުން ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 11:55
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު).

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު). | ރައީސް އޮފީސް

ފިޗް ރޭޓިންގ ގައި ރާއްޖެ ދަށްވެފައި އޮތީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުންނެއް ނޫންކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު އެފަދައިން ވިދާޅުވީ، ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ނޫސްވެރިޔާ ވަނީ ފިޗް ރޭޓިންގ އާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ސުވާލުގެ ޖަވާބުގައި މުންދު ވިދާޅުވީ، ބައެއް މީހުން ރާއްޖެ ބަނގުރޫޓުވޭތޯ ދުއާކޮށް ނަދުރުވެސް ބުނެފައިވާ ކަމަށާއި، މީޑިއާގައިވެސް "ޑޫމްސްޑޭ ސިނާރިއޯއެއް" ގެނެސްގެން އުޅުނު ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެއްޖެއްޔާ ގެއްލުންވަނީ ހަމައެކަނި މިހާރު އޮތް ސަރުކާރަކަށް ނޫންކަމަށެވެ.

އެއީ ޕީއެންސީން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އިންޑިއާ އައުޓްގެ ނަމުގައި ޙަރަކާތް ހިންގިއިރުވެސް ގިނަ ބަޔަކު ބުނަމުން އައި ވާހަކައެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެފަދަ ޙަރަކާތްތަކުގެ ސަބަބުން އިޤްތިސާދާއި ޚާރިޖީ ގުޅުންތަކަށް އަސަރު ކުރާނެކަމަށް އޭރު ގިނަ ބަޔަކު ބުނަމުންދިޔަނަމަވެސް، އޭރު މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ގެންދެވީ އެކަންކަން ދިފާއު ކުރައްވަމުންނެވެ.

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައި.ޑީ.އާރް) 'ސީ.ސީ' އިން 'ސީ.ސީ.ސީ މައިނަސް' އަށް މަތިކޮށްފައިވީނަމަވެސް، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ހުރި ވަރަށްވުރެ އަދިވެސް ރޭޓިންގ ދަށެވެ. 

މުންދު ވަނީ ފިޗް ރޭޓިންގ ދަށްވެފައި އޮތީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ނޫންކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ފިޗް ރޭޓިންގ އަށް އަލިއަޅުވާލައްވަމުން މުންދު އިތުރަށް ވިދާޅުވީ، ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަނީ ވާރުތަވި ދަރަނި އަދާކޮށް އިޤްތިސާދު ހަރުދަނާ ކުރުމަށްކަމަށެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ޑަބަލް ސީ އިން ޓްރިޕަލް ސީ އަށް މައްޗަށް ޖެހިލީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށާއި ސަރުކާރުގެ އަމާޒަކީވެސް މިއަށްވުރެ ރަނގަޅު ކުރުން ކަމަށް މުންދު ވިދާޅުވި އެވެ.

ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން، އެއީ އަޅުގަނޑުމެން ޙަވާލުވިއިރު ދަރަނި އޮތް މިންވަރާއި، އަޅުގަނޑުމެން ކުރަންޖެހުނު ކަންކަމާއި، އަޅަން ޖެހުނު ފިޔަވަޅުތައް އަދި އެ އަޅަންޖެހުނު ފިޔަވަޅުތަކުގެ ބޮޑުކަމުން.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު ވިދާޅުވީ، ފިޗް ރޭޓިންގ މިއަށްވުރެ ރަނގަޅު ވެގެން ދިއުމުން ރާއްޖެއާމެދު އަދި އިޤްތިސާދާމެދު ތަރައްޤީގެ ބައިވެރިން ދެކޭ ގޮތް ބަދަލުވާނެކަމަށެވެ. އޭރުން ރާއްޖެއަށް އިތުރު އިންވެސްޓުމަންޓުތައްވެސް އަންނާނެކަމަށާއި އެކަންކަން ވާން ފެށުމުން ހަވާވެސް އަރުވާނެކަމަށް މުންދު ވިދާޅުވި އެވެ.

ފިޗް ރޭޓިންގ އާ ގުޅޭގޮތުން ފާޑުވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވަނީ އެއީ އުއްމީދު ކަނޑާލާފައިވާ ބަލި މީހެއް ލޮލުގެ ބޮނޑި ތަޅުވާލުން ކަހަލަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެކަމަށް ރައްދު ދެއްވައި މުންދު ވިދާޅުވީ ބޮނޑި ތަޅުވާލުންވެސް އެއީ ކުރިއެރުމެއްކަމަށެވެ.

ރާއްޖޭގެ ރޭޓިންގ 2023 ވަނަ އަހަރު އައު ސަރުކާރު ހުރިއިރު ހުރީ މިހާރަށްވުރެ ރަނގަޅު ޙާލަތެއްގަ އެވެ. އެހެންކަމުން އެ ޙާލަތަށް ފިޗް ގެ ރޭޓިންގ ގެންދިއުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފިޗް ރޭޓިންސްމުހައްމަދު ހުސައިން ޝަރީފު (މުންދު)ޕީއެންސީއިންޑިއާ އައުޓްއަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި

06 ޖޫން 2026
ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ 6 ގަޑިއިރު

ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ 6 ގަޑިއިރު

06 ޖޫން 2026
ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

06 ޖޫން 2026
ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

06 ޖޫން 2026
''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު

''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު

05 ޖޫން 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު