Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!

14 އޯގަސްޓު 2026 | ހުކުރު 13:17

ސަރުކާރުގެ ސިޔާސީ މަސްލަހަތު އިސްކުރުމުގެ ސަބަބުން ގައުމުގެ އިގްތިސާދާއި މިނިވަންކަން ނުރައްކަލަށް ހުށަހެޅި، ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ވަނީ ޖެހިފައި. ޚާއްސަކޮށް ޚަރަދު ކުޑަކުރުމުގެ ވައުދާ ޚިލާފަށް ސިޔާސީ މަގާމުތައް އިތުރުކުރުމާއި، ޑޮލަރުގެ ތަދިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިވެ، ސަރުކާރުގެ ނާގާބިލުކަން ދަނީ ހުއްޓުމެއްނެތި ހާމަވަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 އޯގަސްޓު 2026 | ހުކުރު 13:17
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގައުމީ ދިދަ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގައުމީ ދިދަ | ރައީސް އޮފީސް

ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކީ، ތާރީޚުގެ ސަފުހާތަކުން މީގެ 467 އަހަރު ކުރީގެ ބަތަލުންގެ ގުރުބާނީގެ ހަނދާންތައް އައުކުރައްވައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި މޭދިއްކުރައްވާ ދެއްކެވި ހިތްގައިމު ޑްރާމާއެއް ތޯ އެވެ. މީގެ އަހަރުތަކެއް ކުރިން ކަނޑު ބާޒުގެ ނަމުން މަޝްހޫރުވި ފުރެތިކާލުންގެ އިސްތިއުމާރީ އަނިޔާތަކުން މި ދީބު މިންޖުކޮށްދިނުމަށް ޖިހާދުކޮށް، ފުރާނަ ގުރުބާންކުރި ގައުމީ ބަތަލުންގެ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އަދި ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކު ގައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށްވި ކަމަށާއި، މިއަދު ވެސް އެފަދަ ހިތި ތަޖުރިބާތައް އިއާދަވިޔަ ނުދިނުމަށް އަޒުމު އައުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، މިއަދުގެ ހިތްދަތި ހަގީގަތަކީ، ގައުމުގެ މިނިވަންކަމަށްޓަކައި ފުރާނަދޫކޮށްލި ޝަހީދުންނާއި އަދި މިއަދު މި ގައުމުގެ ނާޒުކު ހާލަތުގެ ސަބަބުން ކޮންމެ ދުވަހަކު ވޭނާއި ތަދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް މި ވެރިކަމުން އެއްވެސް ވަރަކަށް އަޅައިނުލާ ކަމެވެ. ތާރީޚުގައި ގައުމަށްޓަކައި ލޭއޮހޮރުވާލި އަދި ފުރާނަ ގުރުބާންކުރި ބަތަލުންނަށް ހަގީގީ ލޯތްބެއް ދެވޭނީ، އެ ބަތަލުން ރައްކާތެރި ކުރަން މަސައްކަތްކުރި މި ގައުމުގެ ރައްޔިތުންނަށް އިހުލާސްތެރިވެ، ގައުމުގެ މުސްތަގުބަލު އުޖާލާ ކޮށްގެންނެވެ.

އެހެންނަމަވެސް، ވެރިކަމުގެ އުސްގަނޑަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވާ ގޮތުން ހާމަވަނީ، އެމަނިކުފާނަށް ގައުމުގެ މާޒީގެ ބަތަލުންނާއި އަދި މިއަދު ދިރިތިބި ރައްޔިތުންގެ އަގެއް ނެތްކަމެވެ. ބޭރުގެ ބާރުތަކުގެ ނުފޫޒާއި ދަރަނިތަކުގެ ދަންތުރައިގައި ގައުމު ބަނދެވި، އިގްތިސާދު ފުނޑިގެންދާއިރު، ރައްޔިތުންގެ ކަރުނައާއި ވޭނަށް ނަޒަރެއްގެ މިންވަރު ވެސް ދެއްވާފައެއް ނުވެ އެވެ. އަމިއްލަފުޅު ވެރިކަމާއި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުއްވުމުގެ ސަބަބުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާތަން ބަލަން ހުންނެވުމަކީ، ގައުމުގެ މުސްތަގުބަލަށްޓަކައި ފުރާނަދިން މާޒީގެ ބަތަލުންގެ ހަނދާންތަކަށް ދެވޭ އެންމެ ބޮޑު ބޭއިންސާފެވެ. އެއީ ގައުމަށް ޣައްދާރު ވެވަޑައިގަތުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ "ގައުމު އިސްކުރުމުގެ ޝިއާރު" ނުވަތަ "ނޭޝަން ފަސްޓް ޕޮލިސީ" ވެގެންދަނީ، ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލުމަށް ބޭނުންކުރާ ސިޔާސީ އާލާތަކަށެވެ.

ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ވާހަކައަކީ ހަމައެކަނި ޕޯޑިއަމެއްގެ ކުރިމަތީގައި ދައްކާ ހިތްގައިމު ވާހަކަތަކަކަށް މިއަދު ވަނީ ވެފަ އެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ހިނގަމުންދަނީ، އަމިއްލަ ސިޔާސީ އެދުމާއި، ޕާޓީގެ މަސްލަހަތު އިސްކޮށް، ގައުމުގެ އަސްލު މިސްރާބު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކެވެ. އެގޮތުން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް މުއިއްޒު ގެންގުޅުއްވި ސިޔާސީ އުކުޅާއި، ވެރިކަމަށް ވަޑައިގަތުމަށްފަހު ދެއްކެވި ހަގީގީ ކުލަވަރުން އެކަނިވެސް ގައުމަށް ދެއްވަމުން ގެންދަވާ ގެއްލުންތައް ވަރަށް ސާފެވެ.

ވެރިކަމުގެ ކުރީކޮޅު "އިންޑިއާ އައުޓް" ގެ ނަމުގައި ބޮޑެތި ޝިއާރުތައް ކުރިއަށް ގެންނަވާ، މުޒާހަރާ ކުރައްވާ، މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހީންގެ އަގު ވައްޓާލައްވާ ބޭރުގެ ގުޅުންތައް ނުރައްކަލުގެ ތެރެއަށް ވައްޓާލެއްވުމަށް ފަހު، އެންމެ ފަހުން ގައުމުގެ އިގްތިސާދު ފުނޑިގެންދާ ހިސާބަށް ދިއުމުން، ކުރިން "އައުޓް" ކޮށްލަން އުޅުއްވި ފަރާތްތަކުގެ ކިބައިން އެހީ ހޯދެއްވުމަށް އަލުން ގުންފައި ޖައްސަވާ، ކުރިއަށް ވަޑައިގަންނަވަނީ ކޮން އުސޫލަކުން ތޯ އެވެ؟ ގައުމީ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަފުޅު ދައްކަވަމުން، ގައުމުގެ މާލީ މިނިވަންކަން ބޭރުގެ ނުފޫޒުތަކާއި ދަރަނިތަކުގެ ދަންތުރައަށް ހުށަހެޅުއްވުމަކީ ގައުމުދެކެ ވެވަޑައިގަންނަވާ ލޯތްބެއް ކަމަށް ވިދާޅުވަނީ ކޮން ހަމައަކުން ތޯ އެވެ؟ އަމިއްލަފުޅު ވެރިކަން ދެމެހެއްޓެވުމަށްޓަކައި ގައުމުގެ މުސްތަގުބަލު ހިތުހުންނެވި ގޮތަކަށް ކުޅިވަރަކަށް ހެއްދެވުމަކީ ގައިމުވެސް ގައުމީ ބަތަލުންގެ ސިފަތަކެއް ނޫނެވެ.

ޚަރަދު ކުޑަކުރައްވާނެ ކަމަށާއި ސިޔާސީ މަގާމުތައް މަދުކުރައްވާ، އިސްރާފު ހުއްޓުވާނެކަމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ މިއަދު ބޯދާ ޖޯކަކަށް ވެފައިވާ ކަންކަމެވެ. ދައުލަތުގެ ބަޖެޓު ދަރަނިވެރިވެ، އާންމު ރައްޔިތުން އުފުލަމުންދާ ބުރައަށް ބެލުމެއްނެތި، ސިޔާސީ ނުފޫޒު ފެތުރުމަށްޓަކައި ސުމާރެއް ނެތް އަދަދުތަކަށް ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށް، ދައުލަތުގެ ފައިސާ ބޭކާރު ކުރުން ނޫން ކަމެއް މި ވެރިކަމުން ނުކުރެ އެވެ.

ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ ދިރިއުޅުން ހުއްޓުމަކަށް އަންމުންދާއިރު، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުނޑުފުނޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ދިއުމަކީ މި ސަރުކާރުގެ ނާގާބިލުކަމާއި ނޭއްގާނީކަމުގެ އެންމެ ބޮޑު ހެތްކެވެ.

"ގައުމު ފުރަތަމަ" ކަމަށް ވިދާޅުވާއިރު، ފެންނަ މަންޒަރަކީ މުޅިން ވެސް "އަޅުގަނޑު ފުރަތަމަ" ނުވަތަ "އަޅުގަނޑުގެ ޕާޓީ ފުރަތަމަ" ޕޮލިސީ އެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ވިދާޅުވާ ފޮނި ވާހަކަފުޅުތަކާއި، ވެރިކަމުގެ ހުންގާނުގައި ހުންނަވައިގެން ޤައުމަށް ކަންކުރައްވަމުން ގެންދަވާ ގޮތް އުޑާއި ބިމާހާ ތަފާތެވެ.

ގައުމަށް ލޯބިކުރުމަކީ ދުވަހުން ދުވަހަށް، އަމަލުތަކުން ފެންނަ، ސިޔާސީ މަކަރާއި ޚުދުމުޚުތާރު ވިސްނުމުން އެއްކިބާވެފައިވާ ސާފު ތާހިރު ޚިދުމަތެކެވެ. ގައުމީ ބަތަލެއްގެ ސިފަ ދެއްކެވުމަށް ކިތަންމެ ވަރަކަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، ގައުމުގެ ހަގީގީ ދުޝްމަނަކީ ގައުމުގެ ނަމުގައި އަމިއްލަ އެދުން އިސްކޮށް، ދޮގު ވައުދުތަކުން ރައްޔިތުންގެ ހިތާ ސިކުނޑިއާ ކުޅެލާ ވެރިންކަން މިއަދުގެ ހޭލުންތެރި ދިވެހި ރައްޔިތުންނަށް ވަނީ ވަރަށް ރަނގަޅަށް ވިސްނިފަ އެވެ.

ބޭރު ފައިސާގެ ދަތިކަމާއި ވިޔަފާރިތައް ބަނގުރޫޓުވުމާއި އާންމު ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިގެން ދިއުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ބުރަތައް ހާމަވަމުން ދާއިރު ވެސް، އަދުގެ ސަރުކާރުގެ ވެރިން ތިއްބެވީ އަމިއްލަ ފައިދާއާއި މުއްސަނދިކަން ހޯދުމުގެ މަޝްޣޫލުކަމުގަ އެވެ.

މިއަދު މި ގައުމުގައި ހަމަޖެހުމެއްނެތި، ނިކަމެތިކަމުގައި ދިރިއުޅެމުންދާ ކޮންމެ ރައްޔިތަކީ ވެސް މި ވެރިކަމުގެ ނާގާބިލުކަމާއި އިހުލާސްތެރިކަން ކުޑަކަމުގެ ސަބަބުން ހާލުގައި ޖެހި، ބިކަވަމުންދާ ބައެކެވެ. ގައުމުގެ ނަމުގައި ވޯޓު ހޯދުމަށްޓަކައި ރައްޔިތުންނަށް ދޮގު ވައުދު ވެވަޑައިގެން، ވެރިކަމާ ހަވާލުވެވަޑައިގެން، ރައްޔިތުންގެ މަތިން ހަނދާން ނައްތަވާލެއްވުމަކީ ގައުމީ ލޯތްބެއް ނޫނެވެ. އެއީ ރައްޔިތުންނަށް ވެވޭ ޣައްދާރު ކަމެވެ. 

ޑރ. މުހައްމަދު މުއިއްޒުގައުމީ ދުވަސްއިންޑިއާ އައުޓް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

ހަމަ މުއިއްޒު ގޮތައް.........!!

16 އޯގަސްޓު 2026
ހަމަ މުއިއްޒު ގޮތައް.........!!
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
15 އޯގަސްޓު 2026

ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!

15 އޯގަސްޓު 2026
ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
15 އޯގަސްޓު 2026

ހއ. އުތީމުގައި ތާރީޚީ "ވާހަކަ ވައު" ހުޅުވައިފި

15 އޯގަސްޓު 2026
ހއ. އުތީމުގައި ތާރީޚީ "ވާހަކަ ވައު" ހުޅުވައިފި
15 އޯގަސްޓު 2026

ގައުމީ ދުވަހު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ގައުމީ ދުވަހު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް: ރައީސް މުއިއްޒު
15 އޯގަސްޓު 2026

މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި

15 އޯގަސްޓު 2026
މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި
15 އޯގަސްޓު 2026

ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި

15 އޯގަސްޓު 2026
ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި
15 އޯގަސްޓު 2026

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފި

15 އޯގަސްޓު 2026
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފި
15 އޯގަސްޓު 2026

އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި

15 އޯގަސްޓު 2026
އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި
14 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

14 އޯގަސްޓު 2026
ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް