Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

10 އޯގަސްޓު 2026 | ހޯމަ 15:19

ސަރުކާރުގެ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލައިގައި ރައީސް މުއިއްޒު ބައެއް ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކެބިނެޓް ބައްދަލުވުން ވަނީ ކުރުކޮށްލައްވާފައި. ބޭރުގެ އެހީ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މަޝްރޫއުތަކަށް ފައިސާ ނުލިބޭ މައްސަލައިގައި ފިނޭންސް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރަށް ރައީސް ވަނީ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 އޯގަސްޓު 2026 | ހޯމަ 15:19
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުންނާއެކު ބޭއްވެވި ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން- ފައިލް ފޮޓޯ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުންނާއެކު ބޭއްވެވި ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން- ފައިލް ފޮޓޯ | ރައީސް އޮފީސް

ސަރުކާރުގެ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯފާ އިސްކުރައްވައި، ކެބިނެޓް ބައްދަލުވުމުގައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި މި ކެބިނެޓް ބައްދަލުވުމުގައި ރައީސް ވަނީ މަޝްރޫއުތައް ނުހިނގަނީ ވަޒީރުން ފަރުވާކުޑަކުރެއްވުމުން ކަމަށް ވިދާޅުވެ، ބައެއް ވަޒީރުންނަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފަ އެވެ.

Advertisement - newsAdvertisement

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ކޯފާ އިސްކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންއަށެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެއެމްވީން މިނިސްޓަރު އަމީންއަށް ގުޅައި މެސެޖު ކުރި ނަމަވެސް، އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

މީގެ އިތުރުން މަޝްރޫއުތަކަށް ފައިސާ ހަމަނުޖެހި ހުރި މައްސަލައިގައި، ރައީސް މުއިއްޒު ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސް ކޯފާ އިސްކުރައްވައި ވާހަކަ ދެއްކެވުމާއެކު، އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުން ވަނީ އާންމުކޮށް ނިންމާލާ ވަގުތަށްވުރެ މާ އަވަހަށް ނިންމަވާލައްވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރަށް މިހާރު ވަނީ ބަޖެޓް ސަޕޯޓަށާއި މަޝްރޫއުތަކަށް ބޭރުގެ އެހީ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ރާއްޖޭން ބޭރުން އެހީ ހޯދަން ކުރި މަސައްކަތްތައް މިހާތަނަށް ކާމިޔާބުވެފައި ނުވާއިރު، މިކަމުގެ ސަބަބުން ސަރުކާރަށް އޮތް ޕްރެޝަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

އިންތިޚާބުތަކާ ދިމާކޮށް ގިނަ މަޝްރޫއުތައް ހަވާލުކުރިއިރު ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މިހާރު ގިނަ މަޝްރޫއުތަކެއް ވަނީ ހުއްޓިފަ އެވެ. މީގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުލިބޭ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

މި މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވެސް ދަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކެބިނެޓްޑރ. މުހައްމަދު މުއިއްޒުމުހައްމަދު އަމީން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!

10 އޯގަސްޓު 2026
ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!
10 އޯގަސްޓު 2026

ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް

10 އޯގަސްޓު 2026
ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް
06 އޯގަސްޓު 2026

މުއްދަތަކަށްފަހު މުއްދަތެއް ފަހަނައަޅާ ދާ ހެލިކޮޕްޓަރު ޚިދުމަތްދޭން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހާމައެއް ނުކުރި

06 އޯގަސްޓު 2026
މުއްދަތަކަށްފަހު މުއްދަތެއް ފަހަނައަޅާ ދާ ހެލިކޮޕްޓަރު ޚިދުމަތްދޭން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހާމައެއް ނުކުރި
27 ޖުލައި 2026

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ ބަސްމަގު ބޭނުންކުރުމަކީ ގައުމުގެ ފޭރާން ހަލާކުވާނެ ކަމެއް: ޝާހިދު

27 ޖުލައި 2026
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ ބަސްމަގު ބޭނުންކުރުމަކީ ގައުމުގެ ފޭރާން ހަލާކުވާނެ ކަމެއް: ޝާހިދު
27 ޖުލައި 2026

"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"

27 ޖުލައި 2026
"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންތެރި: ރައީސް މުއިއްޒު

26 ޖުލައި 2026
މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންތެރި: ރައީސް މުއިއްޒު
26 ޖުލައި 2026

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖުލައި 2026
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026

މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް މުއިއްޒު

24 ޖުލައި 2026
މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް