Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

2 ޖުލައި 2026 | ބުރާސްފަތި 18:11

ރާއްޖޭގެ ތާރީޚީ ބިނާތަކާއި ތަރިކަތައް ބެލެހެއްޓުމުގައި މި ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވަމުންދާ ކަމަށް ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ. މާލޭ ހުކުރު މިސްކިތުގެ މުންނާރު މަރާމާތު ނުކުރެވި ވަނީ ފެންވަރު ރަނގަޅު އުވަ ނުލިބޭތީ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ބަލައިގަނެވޭނެ އުޒުރެއް ނޫން ކަމަށާއި، ކަޅުއޮށްފުންމި ފަދަ ތާރީޚީ ތަންތަން ވީރާނާވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި. ގައުމިއްޔަތުގެ ވާހަކަ ދެއްކެވި ނަމަވެސް، އަމަލީ ގޮތުން ތަރިކަ ރައްކާތެރިކުރުމުގެ ޝައުގުވެރިކަން ރައީސް ޑރ. މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ބޮންޑާ ވަނީ ތުހުމަތު ކުރައްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 ޖުލައި 2026 | ބުރާސްފަތި 18:11
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގައުމީ ދިދަޔާ މުހާތަބުކޮށް ގައުމިއްޔަތުގެ ވާހަކަ ދެއްކެވި ނަމަވެސް، އެމަނިކުފާނުގެ ކިބައިގައި ގައުމިއްޔަތުގެ ވަސްވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، މި ސަރުކާރު އައި ފަހުން ރާއްޖޭގެ ތާރީޚީ ތަރިކަތައް ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ ތަންތަން ވީރާނާވަމުންދާއިރު، "ކަޅުއޮށްފުންމި" އާއި "ކަޅުވަކަރަ މިސްކިތް" ވެސް ހަލާކުވަމުންދާ ކަމަށާއި، އެ ތަންތަން މަރާމާތު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، މުންނާރު ބެލެހެއްޓުމުގައި ދަތިވަނީ "ކޮލިޓީ އުވަ" ނުލިބޭތީ ކަމަށް ސަރުކާރުން ބުނުމަކީ ބަލައިގަނެވޭނެ އުޒުރެއް ނޫން ކަމަށެވެ.

ކުރިން މިދައްކަނީ ކޮލިޓީ ކުލަވެސް އެބަ ހުއްޓޭ، ފާޑުފާޑުގެ ކެމިކަލްއާ. ފެހިނުޖަހާ ކުލަވެސް ހުންނާނެ، ދަވާދުވެސް ހުންނާނެ. އެކަމަކު މިހާރު މުންނާރު ހަޑިވަނީ ތިމަންނައަށް ކޮލިޓީ އުވަ ނުލިބޭތީއޭ،
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ އިތުރަށް ވިދާޅުވީ، އުވަދަވާ ކުންފުންޏެއް އުފައްދައި، ބޯޑުތައް ހަދައިގެން މިފަދަ ކަންކަން ކުރަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، ރައީސަކީ "ފައްކާ ހިޔަޅެއް" ކަމަށާއި، އަމަލުތައް ހުރި ގޮތުން އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް ކަމަށެވެ.

 ރާއްޖޭގެ މީ ތާރީޚާ ތަރިކަޔާ ސަޤާފަތާ މި ރައްކާތެރިކުރުމާ މި ވާހަކަތައް މުއިއްޒު ވަރަށް ބޮޑަށް އޭ ދިދަޔާއޭ ކިޔާފަ ވަރަށް ގައުމިއްޔަތުވެގެން މީނަ ވާހަކަ ދެއްކީ. އެކަމު މި ގައުމިއްޔަތުގެ ވަސްވެސް ހުރި މީހެއް ނޫން. ފައްކާ ހިޔަޅެއް މީ ހަމަ. ރައީސުލްޖުމްހޫރިއްޔާގެ ކަން ކަން ހުންނަ ގޮތުން މިހާރު އެމަނިކުފާނަށް އިހުތިރާމް ކުރާ މީހެއްވެސް ނޫޅޭ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވަނީ، ހުކުރު މިސްކިތުގެ މުންނާރު ނުބެލެހެއްޓޭ މައްސަލައިގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ދެއްކެވި ވާހަކަ އާ ގުޅިގެންނެވެ. ހީނާ ވިދާޅުވެފައިވަނީ މުންނާރުގައި އުވަލުމަށް ބޭނުންވާ ފެންވަރު ރަނގަޅު އުވަ ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކި ފަހަރު މަތިން މުންނާރުގައި އުވަލައި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވެ އެވެ. ޔުނެސްކޯގެ ވަރލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ 1153 ވަނަ އަހަރު ބިނާކޮށް، ތަފާތު އެކި ދައުރުތަކުގައި މަރާމާތު ކުރެވިފައިވާ ރާއްޖޭގެ އެންމެ މުހިންމު އެއް ތާރީޚީ ބިނާ އެވެ. އޭގެ ފަހުން 1338 ގައި ސުލްތާން އަހުމަދު ޝިހާބުއްދީން އެ މިސްކިތް މަރާމާތު ކުރެއްވިއިރު، މިހާރު ފެންނަން ހުރި މިސްކިތަކީ ސުލްތާން އިބްރާހިމް އިސްކަންދަރު އެއްވަނައިގެ ރަސްކަމުގައި ބިނާކުރެއްވި މިސްކިތެކެވެ.

 

އިބްރާހިމް ރަޝީދު (ބޮންޑާ)ހުކުރު މިސްކިތްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

އިތުރަށް ކިޔާލަން

02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
29 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

29 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
27 ޖޫން 2026

މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު

27 ޖޫން 2026
މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް