Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - lifeStyleAdvertisement
ލައިފް ސްޓައިލްރޮނާލްޑޯ

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

12 އޯގަސްޓު 2026 | ބުދަ 04:21

ރޮނާލްޑޯ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ އިން ފެންނަނީ ކައިވެނީގެ އަނގޮޓި އަޅައިގެން ތިބި ދެމީހެއްގެ އަތް. ބެލެވޭ ގޮތުގައި އެއީ ޖޯޖީނާގެ އަތް މަތީގައި ރޮނާލްޑޯ އަތް ބާއްވާލައިގެން އިން ފޮޓޯއެއް. މި ފޮޓޯ އާންމުކުރިތާ އެންމެ 30 މިނެޓް ތެރޭގައި ތިންް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ފޮޓޯ އަށް ލައިކް ދީފައިވޭ. މިހާރު ޖުމްލަ 18 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ފޮޓޯ އަށް ލައިކް ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2026 | ބުދަ 04:21
ރޮނާާލްޑޯ އާއި ޖޯޖީނާގެ ކައިވެނީގެ ފޮޓޯއެއް

ރޮނާާލްޑޯ އާއި ޖޯޖީނާގެ ކައިވެނީގެ ފޮޓޯއެއް | ސޯޝަލް މީޑިއާ

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޯޖީނާ ރޮޑްރިގޭޒްއާ ކައިވެނިކޮށްފި އެވެ. 

ޕޯޗުގަލްގައި ބޭއްވި އާންމު ރަސްމިއްޔާތެއްގައި މި ދެމީހުން ކައިވެނިކުރިކަން ރޮނާލްޑޯ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް އާންމުކޮށްފައި އެވެ.

ރޮނާލްޑޯ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ އިން ފެންނަނީ ކައިވެނީގެ އަނގޮޓި އަޅައިގެން ތިބި ދެމީހެއްގެ އަތެވެ. ބެލެވޭ ގޮތުގައި އެއީ ޖޯޖީނާގެ އަތް މަތީގައި ރޮނާލްޑޯ އަތް ބާއްވާލައިގެން އިން ފޮޓޯ އެކެވެ. މި ފޮޓޯ އާންމުކުރިތާ އެންމެ 30 މިނެޓު ތެރޭގައި ތިންް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ފޮޓޯ އަށް ލައިކް ދީފަ އެވެ. މިހާރު ޖުމްލަ 18 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ފޮޓޯ އަށް ލައިކް ދީފައި އެވެ. 

ޕޯޗުގަލްގެ މީޑިއާތަކުން "އަހަރުގެ ކައިވެނި" ގެ ގޮތުގައި ސިފަކުރާ މި ކައިވެނި ބާއްވާފައި ވަނީ އަންގާރަ ދުވަހު އެވެ. މި ރަސްމިއްޔާތު އޮތީ ޕޯޗުގަލްގެ ވެރި ރަށް ލިޒްބަންއާ ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކަސްކައިސްގައި އެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި މި ދެމީހުންގެ ފަސް ދަރިން ވެސް ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރޮނާލްޑޯ އާއި ޖޯޖީނާ އެކުގައި އުޅޭތާ މިހާރު 10 އަހަރު ވެފައިވާއިރު، މި ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ މެޑްރިޑުގައި ހުންނަ ގޫޗީ ފިހާރަ އަކުންނެވެ. އެ ދުވަސްވަރު ޖޯޖީނާ އެ ފިހާރައިގައި މަސައްކަތް ކުރަމުންދިޔައިރު، ރޮނާލްޑޯ ކުޅެމުން ދިޔައީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. މި ދެމީހުން އެންގޭޖްވިކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު ޖޯޖީނާ ވަނީ ބޮޑު އަނގޮޓިއެއްގެ ފޮޓޯއާ އެކު، އޭނާގެ މާދަރީ ބަހުން "އާނއެކޭ، އަހަރެން ޤަބޫލު" ކަމަށް ލިޔެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތައް ފަހަރަކު ހޯދާފައިވާ ރޮނާލްޑޯ އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ގިނަ ކާާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑު، ރެއާލް މެޑްރިޑު އަދި ޔުވެންޓަސް އަށް ކުޅެފައި އެވެ. އަދި މިހާރު އޭނާ ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށެވެ.  

ކްރިސްޓިއާނޯ ރޮނާލްޑޯ ޖޯޖީނާ ރޮޑްރިގޭޒް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ރޮނާލްޑޯ އޭނާގެ ފަސް ދަރިންގެ މަންމަ ޖޯޖީނާ އާ ކައިވެނިކޮށްފި

12 އޯގަސްޓު 2026
ރޮނާލްޑޯ އޭނާގެ ފަސް ދަރިންގެ މަންމަ ޖޯޖީނާ އާ ކައިވެނިކޮށްފި
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
06 ޖުލައި 2026

ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!

06 ޖުލައި 2026
ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
03 ޖުލައި 2026

ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!

03 ޖުލައި 2026
ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
01 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟

01 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟
24 ޖޫން 2026

މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!

24 ޖޫން 2026
މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!
24 ޖޫން 2026

އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް

24 ޖޫން 2026
އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް
22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް