ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނައިގައި
22 އޯގަސްޓު 2026 | ހޮނިހިރު 04:17މެޗުގެ ދެ ވަނަ ހާފުގައި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯ ކުޅެން ނުކުމެފައިވާާއިރު، މިއީ އައު ސީޒަންގައި އޭނާ ކުޅުނު ފުރަތަމަ މެެޗު. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ވަނީ އަލް ނަޞްރުގެ ހަތަރު ވަނަ ލަނޑު ޖަހާފައި. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި 977 ވަނަ ލަނޑު


މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާާ ފާޅު ކުރަނީ | ގެޓީ އިމޭޖަސް
ސައުދީ ޕްރޯ ލީގުގައި އަލް ރިޔާާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
އައު ސީޒަންގެ ސައުދީ ލީގުގައި އަލް ނަޞްރުގެ ދެ ވަނަ މެޗުގައި އަލް ރިޔާދާ ދެކޮޅަށް ކުޅެފައި ވަނީ ހުކުރު ދުވަހުގެ ރޭ އެވެ. އެ މެޗު އަލް ނަޞްރުން ކާމިޔާބުކޮށްފައި ވަނީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ނަޞްރުން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެވެ.
މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އަލް ނަޞްރަށް ލީޑު ނަގައިދިނީ ޢަބްދުﷲ އަލް އަމްރީ އެވެ. އޭގެ ފަހުން ފުރަތަމަ ހާާފުގެ އިތުރު ވަގުތުގައި އެންޖެލޯ ގެބްރިއެލް ވަނީ އަލް ނަޞްރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ޔާއޯ ފެލިކްސް ވަނީ އަލް ނަޞްރުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯ ކުޅެން ނުކުމެފައިވާާއިރު، މިއީ އައު ސީޒަންގައި އޭނާ ކުޅުނު ފުރަތަމަ މެެޗެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ވަނީ އަލް ނަޞްރުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި 977 ވަނަ ލަނޑެވެ.
މޮޅާ އެކު އަލް ނަޞްރު އެއް ވަނައިގައި އޮތީ މިހާާތަނަށް ކުޅެފައިވާާ ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އަލް ޙިލާާލް އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ލީގުގައި އަލް ނަޞްރުގެ ދެ ވަނަ މެޗުގައި ނުކުންނާނީ އަލް އިއްތިފާގާ ދެކޮޅަށެވެ.










