Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ

6 ސެޕްޓެމްބަރު 2026 | އާދީއްތަ 04:36

އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެމެރިކާއާ ގުޅުން އޮތް ބައެއް އުޅަނދުތަކަށް އީރާނުން ވަނީ މިސައިލް ހަމަލާތަކެއް ދީފައި. މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް ގެއްލުން ލިބުނު ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާގެ ސެންޓްކޮމްއިން ވަނީ އެ އުޅަނދުތައް ސަލާމަތްވެފައިވާ ކަމަށް ބުނެފައި. ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވާލުމާ ގުޅިގެން، މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 04:36
އެމެރިކާގެ ކަނޑުގެ ސިފައިން އޮޕަރޭޓްކުރާ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރެއް ދަތުރުކުރަނީ

އެމެރިކާގެ ކަނޑުގެ ސިފައިން އޮޕަރޭޓްކުރާ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރެއް ދަތުރުކުރަނީ | އަނަޑޯލޫ

އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި ޑިސްޓްރޯޔާ މަރުކާގެ މަނަވަރަކަށް ދިން މިސައިލް ހަމަލާތަކެއްގައި އެ އުޅަނދުތަަކަށް ގެއްލުންތަކެއް ލިބުނު ކަމަށް އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑު ކޯއިން (އައިއާރްޖީސީ) ބުނެފި އެވެ. އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއެންއޭއިން އާންމުކުރި އައިއާރްޖީސީގެ ބަޔާނެއްގައި، އެމެރިކާގެ މި ދެ މަނަވަރަށް މިސައިލް ހަމަލާ ފޮނުވާލާފައި ވަނީ އެ ގައުމުގެ އޭރޯސްޕޭސް ފޯސްއިން ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ހަމަލާތަކުގައި އެ ދެ އުޅަނދަށް ވެސް ގެއްލުން ލިބި، ކުރިމަތިލުން ހިނގި ސަރަހައްދު ދޫކޮށް އެ ދެ މަނަވަރު ގޮސްފައިވާ ކަމަށް އައިއާރްޖީސީން ބުނެ އެވެ.

އީރާނުން ބުނީ، ހަމަލާދީފައިވާ އެމެރިކާގެ ދެ މަނަވަރަކީ، އީރާންގެ އާގުބޯޓުފަހަރަށް ފުރައްސާރަކޮށް، އީރާންގެ ބަނދަރުތައް ހިސާރު ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ދެ މަނަވަރެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ، ދެ މަނަވަރަކަށް އީރާނުން ހަމަލާދީފައިވާ ކަން ކަށަވަރު ކޮށްދީފަ އެވެ. މިއީ، އައިއާރްޖީސީގެ ހަމަލާތަކުގެ ކާމިޔާބީގެ ހެއްކެއް ކަމަށް އެ ލަޝްކަރުން ބުނެ އެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރީ ހަރަކާތްތައް މި ގޮތަށް ކުރިއަށްދާ ނަމަ، އީރާނުގެ ލަޝްކަރުތަކުން މިއަށް ވުރެ "ވަރުގަދަ" ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް އެ ގައުމުން ވަނީ ދީފަ އެވެ.

މީގެ ކުރިން ހޮނިހިރު ދުވަހު އައިއާރްޖީސީގެ ކަނޑުގެ ސިފައިން ހާމަކުރި ގޮތުގައި، އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތިން ތެޔޮ ޓޭންކަރަކަށާއި އެމެރިކާއާ ގުޅުން އޮތް އެހެން ތިން އުޅަނދަކަށް ވަނީ ހަމަލާދީފަ އެވެ.

ނަމަވެސް، ސަރަހައްދީ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން ދިޔަ އެމެރިކާގެ ދެ މަނަވަރަކަށް އީރާނުން ބެލިސްޓިކް މިސައިލް ފޮނުވާލި ނަމަވެސް، އެ ދެ އުޅަނދު ވެސް ހަމަލާތަކުން ސަލާމަތްވެފައިވާ ކަމަށް ސެންޓްކޮމްއިން ވަނީ ބުނެފަ އެވެ. އަދި، މި ހާދިސާގައި އެމެރިކާގެ ސިފައިންގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށް ވެސް ސެންޓްކޮމްއިން ބުނެ އެވެ. ރައްދުގައި އިރާނުން ތެޔޮ ބަރުކޮަށްގެން ދަތުރުކުރަމުން ދިޔަ ތިން ޓޭންކަރަކަށް ހަމަލާދީފައިވާނެ ކަމަށް ވެސް ސެންޓްކޮމްއިން ބުނެ އެވެ.

ފެބުރުވަރީ 28 ގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން، އީރާނާއި އެމެރިކާއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެ، ނުރައްކާވެފަ އެވެ. ދެ ފަރާތުން ހަމަލާތައް މެދުކަނޑާލަން ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެމެރިކާއިން ވަނީ އެ އެއްބަސްވުން އުވާލައި، އަލުން ހަމަލާތައް ފަށާފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

އީރާން-އެމެރިކާއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްސެންޓްރަލް ކޮމާންޑްހުރްމުޒް ކަނޑުއޮޅިއިސްރާއީލްއީރާން

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

އީރާނުގައި ތެޔޮ ބައުޒަރެއް ގޮވައި 10 މީހުން މަރުވެއްޖެ

06 ސެޕްޓެމްބަރު 2026
އީރާނުގައި ތެޔޮ ބައުޒަރެއް ގޮވައި 10 މީހުން މަރުވެއްޖެ
05 ސެޕްޓެމްބަރު 2026

އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް އެމެރިކާއިން ހަމަލާދީފި

05 ސެޕްޓެމްބަރު 2026
އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް އެމެރިކާއިން ހަމަލާދީފި
05 ސެޕްޓެމްބަރު 2026

އެމެރިކާ-އިސްރާއީލާ ގުޅުންހުރި ޓެރަރިސްޓް ގްރޫޕެއް އީރާން ސިފައިން ހުއްޓުވައިފި

05 ސެޕްޓެމްބަރު 2026
އެމެރިކާ-އިސްރާއީލާ ގުޅުންހުރި ޓެރަރިސްޓް ގްރޫޕެއް އީރާން ސިފައިން ހުއްޓުވައިފި
05 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައިގެ ސިއްރު މައުލޫމާތުތަކެއް ލީކުވި މައްސަލައިގައި، އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފްގެ ގާތްގަނޑަކަށް 50 މެންބަރަކަށް ދޮގު ހަދާތޯ ބަލާ ޓެސްޓުތަކަކަށް ކުރިމަތިލާން ޖައްސައިފި

05 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައިގެ ސިއްރު މައުލޫމާތުތަކެއް ލީކުވި މައްސަލައިގައި، އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފްގެ ގާތްގަނޑަކަށް 50 މެންބަރަކަށް ދޮގު ހަދާތޯ ބަލާ ޓެސްޓުތަކަކަށް ކުރިމަތިލާން ޖައްސައިފި
05 ސެޕްޓެމްބަރު 2026

އެމެރިކާއިން ބޭނުންވަނީ ހުރްމުޒް ކަނޑުއޮޅީގެ ބާރުވެރިކަން، އީރާނުން އަޒުމު ކަނޑައަޅާފައިވަނީ އެކަން އެހެން ވިޔަ ނުދޭން

05 ސެޕްޓެމްބަރު 2026
އެމެރިކާއިން ބޭނުންވަނީ ހުރްމުޒް ކަނޑުއޮޅީގެ ބާރުވެރިކަން، އީރާނުން އަޒުމު ކަނޑައަޅާފައިވަނީ އެކަން އެހެން ވިޔަ ނުދޭން
05 ސެޕްޓެމްބަރު 2026

ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި

05 ސެޕްޓެމްބަރު 2026
ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
05 ސެޕްޓެމްބަރު 2026

އީރާނުގެ ޚާރްގް ޖަޒީރާ ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެ

05 ސެޕްޓެމްބަރު 2026
އީރާނުގެ ޚާރްގް ޖަޒީރާ ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެ
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި
05 ސެޕްޓެމްބަރު 2026

ޓްރަމްޕް: އީރާނުގެ ޕިކްއެކްސް މައުންޓަންއަށް ވަރަށް އަވަހަށް ހަމަލާދޭނަން

05 ސެޕްޓެމްބަރު 2026
ޓްރަމްޕް: އީރާނުގެ ޕިކްއެކްސް މައުންޓަންއަށް ވަރަށް އަވަހަށް ހަމަލާދޭނަން
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް