Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:33

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށް، ތުރުކީގެ 'ގޯލްޑަން ގްލޯބަލް ބޭންކް' އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި. މި ތުހުމަތުތައް އެ ބޭންކުން ދޮގުކުރި ނަމަވެސް، އީރާނާ ގުޅުން ބާއްވާ ބޭރުގެ މާލީ އިދާރާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ މާލީ ވުޒާރާއިން ވަނީ ދީފައި

ނިއުސް ޓީމް
ނިއުސް ޓީމް | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:33
އެމެރިކާގެ އުތުރު ކެރޮލައިނާގެ އޭޝްވިލްގައި ބޭއްވި ޖީ20 ގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ އުތުރު ކެރޮލައިނާގެ އޭޝްވިލްގައި ބޭއްވި ޖީ20 ގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވާހަކަފުޅު ދައްކަވަނީ | އޭއެފްޕީ

އިގްތިސާދީ ގޮތުން އީރާން އެކަހެރިކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ގައުމާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް ތުރުކީގެ ބޭންކަކަށާއި އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުނިތަކަކަށް އެމެރިކާގެ މާލީ ވުޒާރާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ. މި ފިޔަވަޅުތަކާ އެކު، ތުރުކީވިލާތުގެ 'ގޯލްޑަން ގްލޯބަލް ބޭންކް' އާއި އެ ބޭންކުގެ ދެ ސަބްސިޑިއަރީ ކުންފުނި ވަނީ އެމެރިކާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްގެ (އޯއެފްއޭސީ) "ސްޕެޝަލީ ޑެސިގްނޭޓަޑް ނޭޝަނަލްސް" ލިސްޓުގައި ހިމަނާފަ އެވެ. މީގެ ސަބަބުން އެމެރިކާގެ މާލީ ނިޒާމުގައި މުއާމަލާތު ކުރުމުގެ ފުރުސަތު އެ ބޭންކަށް ވަނީ ބަންދުވެފަ އެވެ.

އެމެރިކާގެ މާލީ ވުޒާރާއިން ގޯލްޑަން ގްލޯބަލް ބޭންކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ، އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރްޖީސީ) ގުދުސް ލަޝްކަރަށް އެހީތެރިވުމުގެ ގޮތުން "ދިހަވަރަކަށް މިލިއަން ޑޮލަރުގެ މުއާމަލާތްތައް" ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި، އީރާނު ސަރުކާރުގެ ފައިސާ ބޭނުންކޮށްގެން ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން މުއާމަލާތު ހިންގުމަށް އެ ބޭންކުން މަގުފަހިކޮށްދީފައި ކަމަށް ވެސް އެމެރިކާގެ މާލީ ވުޒާރާއިން ތުހުމަތު ކުރެ އެވެ. މީގެ އިތުރުން ވޮޝިންގޓަނުން ތުހުމަތުކުރާ ގޮތުގައި، އެ ބޭންކަކީ ރަނާއި ނަގުދު ފައިސާ ބޭނުންކޮށްގެން ޗައިނާއިން ތުރުކީވިލާތަށްއީރާނުގެ ތެލުގެ އާމްދަނީ ބަދަލުކުރުމަށް ޓަކައި ތުރުކީވިލާތުގައި ގާއިމު ކޮށްފައިވާ ބޭންކެކެވެ.

ގޯލްޑަން ގްލޯބަލް ބޭންކުން ވަނީ އެމެރިކާގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އެ ބޭންކުން ވަނީ، އެމެރިކާއިން ކުރާ ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް މުއާމަލާތެއް އެ ބޭންކުން ހިންގާފައި ނުވާނެ ކަމަށާއި، އޯއެފްއޭސީގެ ނިންމުމުގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އެއްވެސް އިރެއްގައި އެ ބޭންކުގެ ކަސްޓަމަރުންނޫން ކަމަށް ބުނެފަ އެވެ. އަދި، އެ ބޭންކުން އަބަދުވެސް އަމަލުކުރަމުން ދަނީ ތުރުކީވިލާތުގެ އިތުރުން ބައިނަލްއަގުވާމީ ބޭންކިންގ ގަވާއިދުތަކާ އެއްގޮތަށް ކަން ފާހަގަކޮށް، އެމެރިކާގެ މި ނިންމުމާއި ތުހުމަތުތަކާ ދެކޮޅަށް އިއުތިރާޒުކޮށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އެންމެ އަވަސް ފުރުސަތެއްގައި އެކަމާ ގުޅޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

'އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް' އާ މެދު އެމެރިކާ އޮތީ ސީރިއަސްކޮށްކަން މާލީ އިދާރާތަކަށް މިހާރު ވަރަށް ހިތްދަތި ގޮތަކަށް ސާފުވަމުންދާ ކަމަށް، އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވި އެވެ. ޖީ20 ސަމިޓުގެ ހަވާސާގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އިގްތިސާދީ ކެމްޕޭން ވަރުގަދަކުރުމުގެ ގޮތުން މި ހަފުތާއިން ފެށިގެން ބޭރު ޤައުމުތަކުގެ ބޭންކުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަން އިޢުލާނު ކުރައްވާފަ އެވެ. މި ފިޔަވަޅުތައް އަމާޒުކުރާނީ، އީރާނުގެ ސަރުކާރަށް މާލީ މުއާމަލާތުތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭ، އަދި އެ ކަމުގައި ބައިވެރިވާ ބޭންކުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހުސްވި ހަފުތާގައި ވެސް އެމެރިކާއިން ަނީ މިސްރުގެ ދެވަނައަށް އެންމެ ބޮޑު ބޭންކުން އެކުވެރި އަރަބި އިމާރާތުގައި (ޔޫއޭއީ) މާލީ އަދި ވިޔަފާރީގެ މުއާމަލާތު ހިންގުމަށް ހުރަސް އަޅާފަ އެވެ. އަދި، ބައިނަލްއަގްވާމީ މާލީ ނިޒާމުން އެކަހެރި ކުރުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.

ގޯލްޑަން ގްލޯބަލް ބޭންކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވާ ތުރުކީވިލާތުގައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރާކް ވަނީ، މިއީ ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ވޮޝިންގޓަނުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ނުބެލުމަށް ގޮވައިލައްވާފަ އެވެ. އެ ފަދަ މޭރުމަކުން ދެކުމަކީ ކުށްހީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، ތުރުކީގެ މާލީ ނިޒާމުގެ ދުޅަހެޔޮކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށާއި، މައްސަލައަކީ ހަމައެކަނި އެއް މުއައްސަސާއަކުން އަމަލުކުރި ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެމެރިކާތުރުކީއީރާން-އެމެރިކާ

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

5

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

04 ސެޕްޓެމްބަރު 2026
ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟
04 ސެޕްޓެމްބަރު 2026

އީރާނުގެ ރައްޔިތުން އެ ގައުމުގެ ވެރިން މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ، ރައީސް ޓްރަމްޕް އޭނާގެ ގައުމީ ސަލާމަތާ ބެހޭ ޓީމާ ތަކުރާރުކޮށް ސުވާލު ކުރައްވަނީ

04 ސެޕްޓެމްބަރު 2026
އީރާނުގެ ރައްޔިތުން އެ ގައުމުގެ ވެރިން މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ، ރައީސް ޓްރަމްޕް އޭނާގެ ގައުމީ ސަލާމަތާ ބެހޭ ޓީމާ ތަކުރާރުކޮށް ސުވާލު ކުރައްވަނީ
04 ސެޕްޓެމްބަރު 2026

އީރާން: އެމެރިކާގެ ކަނޑުގެ ބްލޮކޭޑާ އެކުވެސް އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓައެއް ނުލާ

04 ސެޕްޓެމްބަރު 2026
އީރާން: އެމެރިކާގެ ކަނޑުގެ ބްލޮކޭޑާ އެކުވެސް އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓައެއް ނުލާ
04 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް މިހާރު މި ކުރަނީ "ހަނގުރާމައެއް" ނޫން، ނިމޭނެ ދުވަހެއް ބުނަން ނޭނގޭ: ވޭންސް

04 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް މިހާރު މި ކުރަނީ "ހަނގުރާމައެއް" ނޫން، ނިމޭނެ ދުވަހެއް ބުނަން ނޭނގޭ: ވޭންސް
03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ
03 ސެޕްޓެމްބަރު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި
03 ސެޕްޓެމްބަރު 2026

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

03 ސެޕްޓެމްބަރު 2026
ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ
03 ސެޕްޓެމްބަރު 2026

ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި
02 ސެޕްޓެމްބަރު 2026

ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ

02 ސެޕްޓެމްބަރު 2026
ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
01 ސެޕްޓެމްބަރު 2026

އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު

01 ސެޕްޓެމްބަރު 2026
އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް