Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026 | ހޯމަ 05:39

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން އެންމެ ފުރަތަމަ ހުށަހެޅި ދެ ބިޑު ވެސް ސިޓީ އިން ރިޖެކްޓުކޮށްފައިވާއިރު، ބާސެލޯނާ އިން ހުށަހެޅި ތިން ވަނަ ބިޑު އެ ކުލަބުން ވަނީ ޤަބޫލުކޮށްފައި. ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހު ބާސެލޯނާ އަށް ދަތުރު ކުރުމުގެ ހުއްދަ މިހާރު ވަނީ ރޮޑްރީ އަށް ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2026 | ހޯމަ 05:39
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ | ރޮއިޓާސް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން އެންމެ ފުރަތަމަ ހުށަހެޅި ދެ ބިޑު ވެސް ސިޓީ އިން ރިޖެކްޓުކޮށްފައިވާއިރު، ބާސެލޯނާ އިން ހުށަހެޅި ތިން ވަނަ ބިޑު އެ ކުލަބުން ވަނީ ޤަބޫލުކޮށްފައި އެވެ. ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހު ބާސެލޯނާ އަށް ދަތުރު ކުރުމުގެ ހުއްދަ މިހާރު ވަނީ ރޮޑްރީ އަށް ދީފައި އެވެ. 

ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ރާވަމުން އަންނަ ކަމަށާއި، އެއަށް ފަހު ބާސެލޯނާގެ އެއްބަސްވުމުގައި ރޮޑްރީ ސޮއި ކުރާނެ ކަމަށް ބުނެފައިވެ އެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ބާސެލޯނާ އާއެކު ރޮޑްރީ ސޮއި ކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެވެ. އެހެންކަމުން، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބާސެލޯނާގައި ހުންނާނެ އެވެ. 

ބާސެލޯނާ އިން ވަނީ ރޮޑްރީ ހޯދުމަށް ގާތް ގަނޑަކަށް 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފަ އެވެ. މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ އިން ހޯދާ އެންމެ މުހިންމު ކުޅުންތެރިޔާ އަށް ވާނެ އެވެ. ބާސެލޯނާގެ ކުރިން ރޮޑްރީ ހޯދުމަށް ރެއާލް މެޑްރިޑުން ޝައުޤުވެރިކަން ގެންގުޅުނު ނަމަވެސް، ފަހުން ރޮޑްރީ ބޭނުންވީ ބާސެލޯނާ އަށް ބަދަލުވުމަށެވެ. 

ރޮޑްރީ ވަނީ ސިޓީގައި ހޭދަކޮށްފައިވާ ހަތް ސީޒަންގެ ތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދީފައިވާ 298 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. އަދި ސިޓީ އާއެކު އޭނާ ވަނީ 13 ތައްޓެއް ވެސް ކާމިޔާބު ކޮށްފައި އެވެ. ސްޕެއިން އާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ރޮޑްރީ ކާމިޔާބު ކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

ބާސެލޯނާމެންޗެސްޓަރ ސިޓީރޮޑްރީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި
16 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ
14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
09 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ

09 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ
08 އޯގަސްޓު 2026

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި

08 އޯގަސްޓު 2026
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި
26 ޖުލައި 2026

ބާސެލޯނާގެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކު މަރުވެއްޖެ

26 ޖުލައި 2026
ބާސެލޯނާގެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކު މަރުވެއްޖެ
25 ޖުލައި 2026

ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

25 ޖުލައި 2026
ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް