Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

އައު ސީޒަނަށް ހާާލަންޑު އޭނާގެ މަޝްހޫރު އިސްތަށިގަނޑު ދޫކޮށްލައި، ބޯ ކޮށާފައި ހުރި ގޮތުން އެތައް ބައެއްގެ ސަމާލުކަން

24 އޯގަސްޓު 2026 | ހޯމަ 02:55

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނޯވޭގެ ޤައުމީ ޓީމާ އެކު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދި ހާލަންޑު އޭނާގެ އިސްތަށިގަނޑު ކޮށާލާފައި ވަނީ "ބަޒް ކަޓް" އެއް ޖަހައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2026 | ހޯމަ 02:55
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހާލަންޑު

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހާލަންޑު | ގެޓީ އިމޭޖަސް

މެންޗެސްޓަރ ސިޓީގެ ތަރި އާލިން ހާލަންޑް އައު ސީޒަނާ ކުރިމަތިލީއިރު، އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައި މުޅިން އައު ސިފައެއްގައި ފެންނަން ފަށައިފި އެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނޯވޭގެ ޤައުމީ ޓީމާ އެކު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދި ހާލަންޑު އޭނާގެ އިސްތަށިގަނޑު ކޮށާލާފައި ވަނީ "ބަޒް ކަޓް" އެއް ޖަހައިގެންނެވެ.

ހާލަންޑު އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އޭނާގެ އައު ސިފަ ފެނިގެންދާއިރު، މިއީ އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ލިބިފައިވާ ކަމެކެވެ. އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ދުވަސްވަރު ހާލަންޑުގެ މަޤުބޫލުކަން އިންތިހާ އަށް އުފުލިފައިވާއިރު، މިއާމީގައި އޭނާއާ ވައްތަރު މީހުން ހޯދުމުގެ މުބާރާތެއް ވެސް ބާއްވާފައިވެ އެވެ. 

ޔޫޓިއުބްގައި އާންމުކުރި ވީޑިއޯގައި ހާލަންޑު ވަނީ އޭނާގެ ގާތް ރަހުމަތްތެރިންނަށް ގުޅައި، އޭނާގެ އައު ސިފަ ދައްކާލައި ހައިރާން ކޮށްލާފައި އެވެ. އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އިން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗަށް ހާލަންޑު ނުކުތްއިރު، އޭނާގެ ބޯ ހުރީ ހަމަ އެގޮތަށެވެ. 

މީގެ އިތުރުން ހާލަންޑު ވަނީ އޭނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވެސް ވީޑިއޯ ކޯލަކުން ގުޅާފައި އެވެ. ގާޑިއޯލާ ބުނީ ހާލަންޑަކީ އިސްތަށިގަނޑެއް އޮތުމުން ނަސީބުވެރިއެއް ކަމަށާއި، އޭނާ ވެސް އެފަދަ އިސްތަށިގަނޑެއް ބޭނުންވާ ކަމަށެވެ. 2022 ވަނަ އަހަރުގެ ޖުލައި މަހު މެންޗެސްޓަރ ސިޓީއާ ގުޅުނު ފަހުން، ކުޅުނު ހަތަރު ސީޒަނުގެ ތެރެއިން ތިން ސީޒަނެއްގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދި ހާލަންޑަށް، މިއީ ގާޑިއޯލާއާ ނުލައި އޭނާ ކުރިމަތިލީ ފުރަތަމަ ސީޒަން އެވެ.

މިދިޔަ ހޫނު މޫސުމުގައި ގާޑިއޯލާ ސިޓީގެ ކޯޗުކަމުން ވަކިވުމުން، އެ މަޤާމާ ހަވާލުވީ ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާ އެވެ. އައު ކޯޗުގެ އިރުޝާދުގެ ދަށުން މިދިޔަ ހަފުތާ ބަންދުގައި ކުޅުނު ކޮމިއުނިޓީ ޝީލްޑު މެޗުގައި އާސެނަލް އަތުން 3-0 އިން ބަލިވެ، ސިޓީ އަށް ސީޒަން ފެށުނީ މާ ރަނގަޅަކަށް ނޫނެވެ. ނަމަވެސް، ލީގުގެ ފުރަތަމަ މެޗުގައި ބޯންމައުތު ބަލިކޮށް، ސިޓީ އިން ވަނީ ފެށުން ރަނގަޅު ކޮށްފައި އެވެ. 

މެންޗެސްޓަރ ސިޓީއާލިން ހާލަންޑް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2026

ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި

24 އޯގަސްޓު 2026
ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި
18 އޯގަސްޓު 2026

ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ

18 އޯގަސްޓު 2026
ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި
17 އޯގަސްޓު 2026

ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި
08 އޯގަސްޓު 2026

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި

08 އޯގަސްޓު 2026
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި
25 ޖުލައި 2026

ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

25 ޖުލައި 2026
ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
11 ޖުލައި 2026

ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު

11 ޖުލައި 2026
ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު
11 ޖުލައި 2026

ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން

11 ޖުލައި 2026
ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން
10 ޖުލައި 2026

އިނގިރޭސިވިލާތާއި ނޯވޭ މެޗް: ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް

10 ޖުލައި 2026
އިނގިރޭސިވިލާތާއި ނޯވޭ މެޗް: ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް