Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި

24 އޯގަސްޓު 2026 | ހޯމަ 02:52

މެޗުން މޮޅުވެ ސިިޓީ އިން ލީގުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، މިއީ ސިޓީގެ ކޯޗުކަމާ ހަވާލުވި އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު. ލީގުގައި ސިޓީގެ ދެ ވަނަ މެޗުގައި ރަށުން ބޭރުގައި ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2026 | ހޯމަ 02:52
ބޯންމައުތާާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ބޯންމައުތާާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ގެޓީ އިމޭޖަސް

އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު މޮޅުވެ، މެންޗެސްޓަރ ސިޓީ އިން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 އިންނެވެ. މެޗުގައި ބޯންމައުތުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ސިޓީ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 26 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ސިޓީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މާކަސް ޓަވާނިއާ އެވެ. އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފުރަތަމަ ހާފުގައި ސިޓީ އަށް ފުރުސަތު ލިބުނު ނަމަވެސް، ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. 

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ސިޓީ އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ މާކް ގުއެހީ އެވެ. އެއީ ރަޔަން ޗާކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި، މެޗުން ސިޓީ މޮޅުވީ ޖޮސްކޯ ގްވާޑިއޯލާ ޖެހި ލަނޑުންނެވެ. އެއީ ވެސް ޗާކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްވާޑިއޯލާ ޖެހި ލަނޑެކެވެ.

މެޗުން މޮޅުވެ ސިިޓީ އިން ލީގުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، މިއީ ސިޓީގެ ކޯޗުކަމާ ހަވާލުވި އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ލީގުގައި ސިޓީގެ ދެ ވަނަ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީބޯންމައުތު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ

23 އޯގަސްޓު 2026
ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ
22 އޯގަސްޓު 2026

ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް

22 އޯގަސްޓު 2026
ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް
18 އޯގަސްޓު 2026

ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ

18 އޯގަސްޓު 2026
ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި
17 އޯގަސްޓު 2026

ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި
08 އޯގަސްޓު 2026

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި

08 އޯގަސްޓު 2026
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި
25 ޖުލައި 2026

ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

25 ޖުލައި 2026
ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
22 ޖުލައި 2026

20 އަހަރުގެ ކާމިޔާބު ކެރިއަރަށް ފަހު އެންތަނީ ޓޭލާ ރިޓަޔާކޮށްފި

22 ޖުލައި 2026
20 އަހަރުގެ ކާމިޔާބު ކެރިއަރަށް ފަހު އެންތަނީ ޓޭލާ ރިޓަޔާކޮށްފި
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
07 ޖޫން 2026

ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ

07 ޖޫން 2026
ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް