Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރެސް ކޮނަފަރެންސް

އަދަދު ނޫހުން ހުރަސްއެޅުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފި

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:47

'އަދަދު' ނޫހުގެ ނޫސްވެރިއަކު ހުއްދަނެތި ޕީއެސްއެމްގެ ސްޓޫޑިއޯއަށް ވަދެ، އެތަނުން ނުކުތުމަށް އިންކާރުކުރުމާ ގުޅިގެން މިއަދު ބާއްވަން އޮތް ތަރުޖަމާނުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ. މި އަމަލުގެ ސަބަބުން ޓީވީ ޝެޑިއުލަށް ބުރޫއަރާތީ ބައްދަލުވުން ކުރިއަށް ނުގެންދަން ނިންމީ ކަމަށާއި، ޒިންމާދާރު ނޫސްވެރިންނާއެކު ވަރަށް އަވަހަށް މި ބައްދަލުވުން ބާއްވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:47
 ޕްރެސް ކޮނަފަރެންސް ކެންސަލްވުމާއި ގުޅިގެން މުންދު ވާހަކަފުޅުދައްކަވަނީ

ޕްރެސް ކޮނަފަރެންސް ކެންސަލްވުމާއި ގުޅިގެން މުންދު ވާހަކަފުޅުދައްކަވަނީ | ރާއްޖެ އެމްވީ

މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ ނޫސްވެރިންގެ ބައްދަލުވުން އަދަދު ނޫހުން ހުރަސްއެޅުމާއި ގުޅިގެން ކެންސަލްކުރަން ޖެހުނުކަން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހާމަ ކުރައްވައިފިއެވެ.

މީޑިއާތަކާ މުއާމަލާތުކޮށް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވަމުން އަންނަ "ޕްރެސް ވިތް ސްޕޯކްސްޕަރސަން" ސިލްސިލާގެ ބައްދަލުވުން ތާވަލުކުރެވިފައި އޮތީ މިއަދު ހަވީރު 4:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައެވެ. މި ބައްދަލުވުމަށް ދައުވަތު ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީޑިއާ ގްރޫޕް މެދުވެރިކޮށް، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ސްކްރީންކޮށްފައިވާ ނޫސްވެރިންނަށެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން މުންދު ވިދާޅުވީ، މީގެ ދެމަހެއްހާ ދުވަސް ކުރިން 'އަދަދު' ނޫހުން ރައީސް އޮފީހުގައި ހިންގި ޤާނޫނާ ޚިލާފު ޢަމަލުތަކަކާއި، އެ ފަރާތާ ގުޅޭ ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީ، އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ ނޫސް ރަސްމީ މީޑިއާ ގްރޫޕުން އުނިކޮށްފައިވާ ކަމަށެވެ. އަދި މިވޭތުވެދިޔަ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން ނުވަތަ ތަރުޖަމާނު ބޭއްވެވި އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އެ ނޫހުގެ ނޫސްވެރިން ބައިވެރިވެފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ މިއަދުގެ ޕްރެސް ކޮންފަރެންސަށް 20 ވަރަކަށް ނޫސްވެރިން ރަސްމީކޮށް ނަން ނޯޓުކުރި ކަމަށެވެ. ނަމަވެސް، ކުރިން އެ ގްރޫޕުގައި އޮތުމުން ނަންބަރު އެނގިފައި އޮތް 'އަދަދު' ނޫހުން ނޫސްވެރިޔާ ލީވާންގެ ނަން ފޮނުވި ނަމަވެސް، ރައީސް އޮފީހުން އެ މެސެޖު ބަލައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ބައްދަލުވުން ފެށެން ކައިރިވެފައިވަނިކޮށް، ހުއްދައަކާ ނުލައި ލީވާން ޕީއެސްއެމްގެ ސްޓޫޑިއޯއަށް ވަދެ، އެތަނުން ނުކުތުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

"ޕީއެސްއެމަކީ ވަކި ޤާނޫނީ ޝަޚްސަކަށް ވާއިރު، ހުއްދަނެތި އެފަދަ ތަންތަނަށް ވަދެ އުޅުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.  މި އަމަލުގެ ސަބަބުން ޕްރެސް ކޮންފަރެންސް ފެށުން ލަސްވެ، ވަގުތު ފާއިތުވަމުން ދިޔުމާއި، އަދި ވަގުތުން ދުރަށްދައްކާ ޕްރޮގްރާމަކަށް ވުމުން ޓީވީ ޝެޑިއުލަށް ބުރޫއަރާތީ، މިއަދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ނުގެންދިޔުމަށް އަޅުގަނޑު ނިންމީ،" މުނދު ވިދާޅުވިއެވެ.

 މި އަމަލުގެ ސަބަބުން ޕްރެސް ކޮންފަރެންސް ފެށުން ލަސްވެ، ވަގުތު ފާއިތުވަމުން ދިޔުމާއި، އަދި ވަގުތުން ދުރަށްދައްކާ ޕްރޮގްރާމަކަށް ވުމުން ޓީވީ ޝެޑިއުލަށް ބުރޫއަރާތީ، މިއަދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ނުގެންދިޔުމަށް އަޅުގަނޑު ނިންމީ
މުނދު ވިދާޅުވިއެވެ.

މި ހާދިސާގެ ސަބަބުން ޕީއެސްއެމް އަދި އެހެނިހެން މީޑިއާތަކުގެ ވަގުތު ގެއްލިގެން ދިޔުމުން ތަރުޖަމާނު ވަނީ ނިހާޔަތަށް މަޢާފަށް އެދިވަޑައިގެންފައެވެ.

މުންދު އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަސްމީ އަދި ޒިންމާދާރު ނޫސްވެރިންނާ އެކު އެހެން މާހައުލެއްގައި މި ޕްރެސް ކޮންފަރެންސް ބާއްވާނެ ކަމަށެވެ. އަދި ހަޤީޤަތް އޮޅުވާލައި ފިތުނަ އުފެއްދުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި، މި ހިނގައިދިޔަ ކަންކަމާ ގުޅިގެން ޕީއެސްއެމްއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ދޮގު މަޢުލޫމާތު ފެތުރުމުގެ ކުރިން، ކަން ހިނގި ގޮތުގެ ހަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މި ވަގުތުން ވަގުތަށް މި މަޢުލޫމާތު ހިއްސާކުރި މައިގަނޑު ބޭނުން ކަމުގައިވެސް ތަރުޖަމާނު މުންދު ފާހަގަކުރެއްވިއެވެ.

އަދަދު ގެ ނޫސްވެރިޔާ ޕީއެސްއެމް ގެ ހޯލަށް ވަދެވޭނީ ޕީއެސްއެމް އިން ހުއްދަލިބިގެން ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް މިކަމާ ބެހޭގޮތުން މުންދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

މުންދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދަދުޕީއެސްއެމް

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
24 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!

24 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!
24 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!

24 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!
23 އޯގަސްޓު 2026

ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު

23 އޯގަސްޓު 2026
ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
16 އޯގަސްޓު 2026

މުލިއާގެއަށް ސިންގަޕޫރުން ޕާން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި

16 އޯގަސްޓު 2026
މުލިއާގެއަށް ސިންގަޕޫރުން ޕާން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި
16 އޯގަސްޓު 2026

ހަމަ މުއިއްޒު ގޮތައް.........!!

16 އޯގަސްޓު 2026
ހަމަ މުއިއްޒު ގޮތައް.........!!
16 އޯގަސްޓު 2026

މައުލޫމާތު ހޯދުމުގެ ހުށަހެޅުންތަކަށް ޖަވާބު ދިނުން ހަރުދަނާކުރަން ޕްލޭނެއް ހަދަން ރައީސް އޮފީހަށް އަންގައިފި

16 އޯގަސްޓު 2026
މައުލޫމާތު ހޯދުމުގެ ހުށަހެޅުންތަކަށް ޖަވާބު ދިނުން ހަރުދަނާކުރަން ޕްލޭނެއް ހަދަން ރައީސް އޮފީހަށް އަންގައިފި
07 އޯގަސްޓު 2026

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި

07 އޯގަސްޓު 2026
ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި
23 ޖުލައި 2026

އާރްޓީއައިތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ދައުވާކުރާނެކަމުގެ އިންޒާރު ދީފައި އޮއްވައި އެ އަމުރަށް ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ

23 ޖުލައި 2026
އާރްޓީއައިތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ދައުވާކުރާނެކަމުގެ އިންޒާރު ދީފައި އޮއްވައި އެ އަމުރަށް ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް