Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެގް އަމުރު

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލައިގެންފި

އަދަދު ނޫހުގެ "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރު އިސްތިއުނާފު ކުރުމަށް ނޫސްވެރިންގެ ޖަމިއްޔާއިން ހުށަހެޅި މައްސަލަ، އެއީ މައްސަލައިގެ ޚަޞްމަކަށް ނުވާތީ ހައިކޯޓުން ވަނީ ބޭރުކޮށްލާފައި. އެހެންކަމުން، މި މައްސަލައިގައި ދައުވާ ލިބޭ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މެއި 2026 | އަންގާރަ 08:10
"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. 
އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން.

"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން. | ރާއްޖެ އެމްވީ

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލާފައިވާތީ، ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލަިއގެންފިއެވެ. 

މި އަމުރު ހައިކޯޓުގައި ފުރަތަމަ އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް އާދިއްތަ ދުވަހު ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ. ސަބަބެއްކަމަށް ބަޔާންކޮށްފައި އޮތީ ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށެވެ. 

އެހެންވެ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އާދިއްތަ ދުވަހު ވަނީ މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގެންފައެވެ. 

އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައާ ގުޅިގެން އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ކުށުގެ ދައުވާގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންކަންވެސް ފާހަގަކޮށްލެވެއެވެ. 

ހުސައިން ފިޔާޒް މޫސާއަދަދުހައި ކޯޓުއެމްޖޭއޭހަސަން މުހައްމަދުއައިޝާ ޑޮކިއުމެންޓްރީ

އިތުރަށް ކިޔާލަން

18 މެއި 2026

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

18 މެއި 2026
ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
18 މެއި 2026

އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ

18 މެއި 2026
އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ
18 މެއި 2026

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލި ނިންމުން ރިވިއުއަށް ހުށަހަޅައިފި

18 މެއި 2026
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލި ނިންމުން ރިވިއުއަށް ހުށަހަޅައިފި
17 މެއި 2026

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި
17 މެއި 2026

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

17 މެއި 2026
ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު