Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙްމަދު ޢަބްދުﷲ ދީދީ

އަދުލު އިންސާފުގެ ނިޒާމަކީ ރައްޔިތުންގެ އެއްޗެއް، އެ ނިޒާމު ހަތިޔާރަކަށް ހަދައި ރައްޔިތުންނަށް އަދަބު ދިނުން ވާނީ ހަމަނުޖެހޭ ކަމަކަށް: ކުރީގެ އުއްތަމަފަނޑިޔާރު

ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި ފިޔަވަޅު އަޅަންވާނީ އަދުލު އިންސާފަށް ހުރަސްއެޅޭ ފަދަ ކަންކަމުގައި އެކަނި ކަމަށާއި، އެ ނޫން ކަންކަމުގައި ޖަލަށްލުން ފަދަ އަދަބު ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ. "އަދަދު" ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ކޯޓު އަމުރަށް އިޝާރާތް ކުރައްވައި، އެފަދަ އަމުރުތައް ނެރެންވާނީ ގާނޫނުއަސާސީގައި ބުނާ މަގްސަދުތައް ހާސިލުކުރުމަށް ކަމަށާއި، އެ މައްސަލައިގައި ރައްދުވާ ފަރާތް ސާފުނުވާކަން އެމަނިކުފާނު ފާހަގަކުރެއްވި. އަދި އާންމުން އެ މައްސަލައިގެ ވާހަކަ ދެއްކުމަކީ ހެއްކަށް ނުފޫޒު ފޯރުވުން ނޫން ކަމަށް ވެސް ދީދީ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 މެއި 2026 | ހޮނިހިރު 14:38
ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ | ރާއްޖެއެމްވީ

އަދުލު އިންސާފުގެ ނިޒާމް ނުވަތަ ޖަސްޓިސް ސިސްޓަމަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި އެ ނިޒާމް ބޭނުން ކޮށް، އެ ނިޒާމު ހަތިޔާރަކަށް ހަދައިގެން އެއީ ރައްޔިތުންނަށް އަދަބުދޭ ނިޒާމަކަށް ހެދުން ވާނީ ހަމަނުޖެހޭ ކަމަކަށް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ކޯޓުން ބޭރުގަ ހިނގާ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި، ދުނިޔޭގެ ބެސްޓް ޕެރެކްޓިސްތަކުގައި ބަލާ ކަމަކީ އެ މައްސަލައަކަށް ހުރަސްއަޅާތޯ ކަމަށެވެ. މީހުންނަށް ފިޔަވަޅު އަޅައި ކަންކަން ކުރަނީ ވެސް އަދުލު އިންސާފަށް ހުރަސްއެޅޭ ފެންވަރުގެ ކަމެއް ކޮށްފި ނަމަ ކަމަށް ދީދީ ވިދާޅުވި އެވެ.

Advertisement - newsAdvertisement
އެ ނޫން ކޮންމެ ކޮންމެ ކަމަކީ އެއީ ދެން މާބޮޑަށް ހަތިޔާތަކަށް ހަދައިގެން މީހުން ޖަލަށް ލުމަށާ 3 - 4 މަސް ޖަލަށް ލުމަށް މިހެން ހަދައިގެން ވާނެ ކަންތައްތަކެއް ނޫން. ސަބަބަކީ ޖަސްޓިސް ސިސްޓަމަކީ ރައްޔިތުންގެ އެއްޗެއް. ރައްޔިތުންގެ ނަމުގައި ކުރާ އެއްޗެއް. އަދުލު އިންސާފު ގާއިމް ކުރަނީ ރައްޔިތުންގެ ނަމުގައި. އެއީ ރައްޔިތުންގެ ކަމެއް. ރައްޔިތުންގެ ކަމެއްގައި ރައްޔިތުންނަށް އަދަބު ދޭނެ ނިޒާމަކަށް ކޯޓު ކޮންޑަކްޓް އޭ ކިޔާފަ އެއީ ދެން ވަރަށް ހަމަނުޖެހޭ ކަމަކަށް ވާނީ. އަމުރު ވާން ޖެހޭނީ އެޕްލިކަބަލް އެއްޗަކަށް. 
ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ 

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރު ފަދަ ކޯޓު އަމުރެއްގެ ވާހަކަ ދައްކާއިރު ބަލަން ޖެހޭ އެންމެ މުހިއްމު ކަމަކީ ފަނޑިޔާރަކު އަމުރެއް ނެރުނީ ގާނޫނު އަސާސީގައި ބުނާ މަގްސަދުތަކެއް ހާސިލް ކުރަންތޯ ކަމަށެވެ.  މިސާލަކަށް އެ އަމުރެއް ނެރެނީ އާންމު ނިޒާމާ އާންމު އަދަބު ހިމާޔަތް ކުރުމުގެ މަގްސަދުގައިތޯ ނުވަތަ ހެއްކަށް ކަނޑައެޅިގެން ނުފޫޒު ފޯރުވަފާނެތީތޯ ކަމަށް ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ މިފަދަ މައްސަލަތަކުގައި އަސްލު މަނާވާން ޖެހޭނީ އެ ޑިސްކަޝަން ކަމަށެވެ. އޭގެ ހެކި ޑިސްކަސް ކުރުމާ އޭގެ ހެއްކަށް ނުފޫޒު ފޯރުވުމާ އެކަންތައްތައް ކަމަށެވެ. ނަމަވެސް ކޯޓު އަމުރުގައި ވަނީ މުޅިން އެހެން ވާހަކަތަކެއް ކަމަށް ދީދީ ވިދާޅުވި އެވެ. އެއީ އެޕްލިކަބަލް ކަންކަން ނޫންކަން ފާހަގަކުރައްވާ ދީދީ ވިދާޅުވީ މި މައްސަލައިގައި ރައްދުވާ ފަރާތް ވެސް ސާފު ނުވާ ކަމަށެވެ. 

މި މައްސަލައަކީ އެންމެނަށް އެނގޭ ކަމެއް ކަމަށާ އެވާހަކަ މީހުން ދައްކާނެ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އެއީ އަދި ހެއްކަށް ނުފޫޒު ފޯރުވުމެއް ވެސް ނޫން ކަމަށް ދީދީ ތަކުރާރު ކޮށް ވިދާޅުވި އެވެ. 

އަޙްމަދު ޢަބްދުﷲ ދީދީރާއްޖެ ޓީވީޓީވީ ޓޯކްއަދަދުއަދުލު އިންސާފުގެ ނިޒާމުއަނގަ ބަންދުކުރުމަށް ނެރޭ އަމުރު

އިތުރަށް ކިޔާލަން

22 މެއި 2026

ކަންކަން މަނާކޮށްގެން، ނޫސްވެރިން ޖަލަށްލައިގެން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުން ވާނުވާގަ ބޭތިއްބުން: ކުރީގެ އުއްތަމަފަނޑިޔާރު

22 މެއި 2026
ކަންކަން މަނާކޮށްގެން، ނޫސްވެރިން ޖަލަށްލައިގެން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުން ވާނުވާގަ ބޭތިއްބުން: ކުރީގެ އުއްތަމަފަނޑިޔާރު
22 މެއި 2026

ޒިނޭގެ ތުހުމަތު ނޫން ގޮތަކަށް، އެ ވަށައިގެން އެހެން ގޮތްގޮތަށް ބުނެވޭ ބަހަކުން ގަޒުފެއް ނުކުރެވޭނެ: ޑރ. ޖަމީލް

22 މެއި 2026
ޒިނޭގެ ތުހުމަތު ނޫން ގޮތަކަށް، އެ ވަށައިގެން އެހެން ގޮތްގޮތަށް ބުނެވޭ ބަހަކުން ގަޒުފެއް ނުކުރެވޭނެ: ޑރ. ޖަމީލް
21 މެއި 2026

ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު، ޝަހުޒާންއާ ލީވާން ވަގުތުން ދޫކޮށްލާ: ޝާޒް

21 މެއި 2026
ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު، ޝަހުޒާންއާ ލީވާން ވަގުތުން ދޫކޮށްލާ: ޝާޒް
20 މެއި 2026

ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި

20 މެއި 2026
ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި
19 މެއި 2026

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

19 މެއި 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު