Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން ޖަލަށްލުން

އަދަދު ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

ކޯޓު އަމުރަކާ ހިލާފުވެގެން "އަދަދު" ނޫހުގެ ދެ ނޫސްވެރިން ޖަލަށްލި މައްސަލައާއި މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ހާލަތު އެޗްއާރްސީއެމްއިން ބަލަން ފަށައިފި. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އެ ކޮމިޝަނުން ވަނީ ބަންދުގައި ތިބި ހައްހަރީންނާ ބައްދަލުކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން ފާހަގަކޮށްފަ. ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލާ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ދަނީ ކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 މެއި 2026 | އަންގާރަ 09:37
ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު

ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު | އަދަދު

އަދަދު" އޮންލައިންގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލާފައިވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުން ދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. 

އެޗްއާރްސީއެމް އިން ބުނީ ކްރިމިނަލް ކޯޓުން 2026 މެއި  10 ވަނަ ދުވަހު ނެރުނު އަމުރާ ޚިލާފުވުމާގުޅިގެން، ބަންދުކޮށް ޙުކުމް ތަންފީޒު ކުރަމުންދާ، އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި، މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށް، އެމީހުންގެ ޙާލު ބަލާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނުގެ މި ޒިޔާރަތްތަކުގައި، އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ކްރިމިނަލް ކޯޓުން، ނޫސްވެރިޔާ ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އަދަދު ނޫހުގައި ލިޔުނު ޚަބަރަކާއި ގުޅިގެންނެވެ. އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ރައީސް މުއިއްޒުއާ ސުވާލުކުރި މައްސަލައަކާ ގުޅިގެންނެވެ.

މި ދެ ނޫސްވެރިން ޖަލަށް ލުމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ ގިނަ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުންގެ އިތުރުން ކުރީގެ ރައީސުންނާއި، ސިޔާސީ އިސް ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ މިކަމުގެ ކަންބޮޑުވުންފާޅު ކޮށް އެ ދެ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް މިސަރުކާރުން ދިން ވަރަށް ވަރުގަދަ ހަމަލާއެއް ކަމަށާއި، ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާއިރު މި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ. 

މުހައްމަދު ޝަހުޒާންލީވާން އަލީ ނާސިރުއަދަދުއެޗްއާރްސީއެމްކްރިމިނަލް ކޯޓްނޫސްވެރިން ހައްޔަރުކުރުން

އިތުރަށް ކިޔާލަން

19 މެއި 2026

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލައިގެންފި

19 މެއި 2026
ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލައިގެންފި
18 މެއި 2026

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

18 މެއި 2026
ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
18 މެއި 2026

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލި ނިންމުން ރިވިއުއަށް ހުށަހަޅައިފި

18 މެއި 2026
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލި ނިންމުން ރިވިއުއަށް ހުށަހަޅައިފި
17 މެއި 2026

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި
17 މެއި 2026

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

17 މެއި 2026
ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު