Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ މުޒާހަރާ

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026 | އާދީއްތަ 19:10

ނޫސްވެރިންގެ މިނިވަންކަމަށް ގޮވާލައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ އިހުތިޖާޖުތަކުގެ ތެރެއިން އާދީއްތަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއަށް ފުލުހުން ވަނީ ހުރަސްއަޅައި، ބާރުގެ ބޭނުންކޮށްގެން ރޫޅާލާނެ ކަމުގެ އިންޒާރު ދީފަ. ހަރުގެ ކުރިމަތީގައި ކުރިއަށްދިޔަ މި ހަރަކާތުގައި ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި އެކި މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައިވާއިރު، ކުރީގެ ތިން ރައީސުންގެ މަންދޫބުން ބާއްވާ ބައްދަލުވުމަށްފަހު ހޯމަ ދުވަހުގެ ރޭ އިތުރު ވަރުގަދަ މުޒާހަރާ އެއް ބާއްވާނެކަން އެ ޕާޓީން ވަނީ އިއުލާންކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 17 މެއި 2026 | އާދީއްތަ 19:10
އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީ އިން ކުރި މުޒާހަރާ އަށް ފުލުހުން ވަނީ ހުރަސް އަޅާފަ

އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީ އިން ކުރި މުޒާހަރާ އަށް ފުލުހުން ވަނީ ހުރަސް އަޅާފަ | ރާއްޖެ އެމްވީ

ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިންކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ދޫކޮށްލަން ގޮވާލާ އެމްޑީޕީ އިން އާދީއްތަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާ އަށް ފުލުހުން ހުރަސްއަޅައިފި އެވެ.

މި އިހުތިޖާޖަކީ ނޫސްވެރިންގެ މިނިވަންކަމަށް ގޮވާލާ އެ ޕާޓީން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ބައެކެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ މި މުޒާހަރާ ފަށާފައިވަނީ ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ ހަރުގެ ސަރަހައްދުންނެވެ. ހަރުގޭގައި ބޭއްވި ބައްދަލުވުމަކަށްފަހު މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގަށް ނިކުމެ، މަޖީދީ މަގާ ދިމާލަށް ދިއުމަށް މަސައްކަތް ކުރުމުން، ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށް ހުރަސްއަޅާފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ހަރުގެ ކުރިމަތީ ތިބެ ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. މީގެ އިތުރުން، ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީ އިން މިފަހުން ބޭއްވި އެކި މުޒާހަރާތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހުރިހާ އެންމެން ދޫކޮށްލުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

އިހުތިޖާޖުގެ ބައިވެރިން އެކި ފަހަރު މަތިން މަގުތަކަށް ނިކުމެ އަޑުއުފުލަން މަސައްކަތް ކުރި ނަމަވެސް، ފުލުހުން ވަނީ އެ ފުރުސަތު ނުދީ ހުރަސްއަޅާފަ އެވެ. އަދި ފުލުހުން  ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައިވާކަން ފާހަގަކުރެވެ އެވެ.

އާދީއްތަ ދުވަހުގެ ރޭގެ މުޒާހަރާ ނިންމާލަމުން އެމްޑީޕީ އިން ވަނީ ހޯމަ ދުވަހުގެ ރޭ އިތުރު ވަރުގަދަ މުޒާހަރާއެއް ބާއްވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މަންދޫބުންގެ މެދުގައި ބާއްވާ ފުރަތަމަ ބައްދަލުވުމަށް ފަހުގަ އެވެ.

އަދަދުއެމްޑީޕީމާލެމުޒާހަރާ-ފުލުހުންޕްރެސް ފްރީޑަމްހައްޔަރުކޮށްފައިވާ ނޫސްވެރިން

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

17 މެއި 2026

ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން މިނިވަންކޮށް ސިއްހީ ފަރުވާ ކަށަވަރުކުރުމަށް ޝާހިދު ގޮވާލައްވައިފި

17 މެއި 2026
ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން މިނިވަންކޮށް ސިއްހީ ފަރުވާ ކަށަވަރުކުރުމަށް ޝާހިދު ގޮވާލައްވައިފި
17 މެއި 2026

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!
17 މެއި 2026

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

17 މެއި 2026
މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!
17 މެއި 2026

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

17 މެއި 2026
މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު
17 މެއި 2026

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

17 މެއި 2026
މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް
16 މެއި 2026

"އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި

16 މެއި 2026
 "އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި
16 މެއި 2026

ކުރީގެ ތިން ރައީސުންނާއި ގިނަ އަދެއްގެ އާއްމު ރައްޔިތުން ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާ ގިނަ ބަޔަކު ހައްޔަރުކޮށްފި

16 މެއި 2026
 ކުރީގެ ތިން ރައީސުންނާއި ގިނަ އަދެއްގެ އާއްމު ރައްޔިތުން ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާ ގިނަ ބަޔަކު ހައްޔަރުކޮށްފި
15 މެއި 2026

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!
15 މެއި 2026

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ
15 މެއި 2026

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

15 މެއި 2026
ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް