Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންގެ މުޒާހަރާ

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ބޭއްވި މި ހިނގާލުމުގައި، ނޫސްވެރިންގެ އިތުރުން އާއިލާތަކުން ބައިވެރިވެ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފަ. ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި އިހުތިޖާޖަށް ފުލުހުން ހުރަސްއެޅި ނަމަވެސް، ބިރުދެއްކުމުން ފަހަތަށް ނުޖެހޭނެ ކަމަށާއި ނޫސްވެރިންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބައިވެރިން ވަނީ ބުނެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 14:13
ޖަލަށް ލާފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން.

ޖަލަށް ލާފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން. | ރާއްޖެ އެމްވީ

ޖަލަށް ލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނާސިރު ވަގުތުން މިނިވަން ކުރުމަށް ގޮވާލާ، މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ނޫސްވެރިން އިހުތިޖާޖު ކޮށްފި އެވެ.

މި ހިނގާލުމުގައި ނޫސްވެރިންގެ އިތުރުން ޖަލަށްލާފައިވާ ނޫސްވެރިންގެ އާއިލާގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ވެސް ބައިވެރިވެފައިވެ އެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ހަވީރު ބޭއްވި މި އިހުތިޖާޖު ފަށާފައި ވަނީ ހެންވޭރު ރާޅުގަނޑު ސަރަހައްދުންނެވެ. އެ ސަރަހައްދަށް އެއްވި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. އޭގެ ފަހުން އިހުތިޖާޖުގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އަމީނީ މަގަށް ނުކުމެ، ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރަށް ގޮވާލާފަ އެވެ.

ޖަލަށް ލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން.
ޖަލަށް ލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން.

އިހުތިޖާޖުގެ ބައިވެރިން އަމީނީ މަގުން ނިކަގަސް މަގަށް ވަދެ، މަޖީދީ މަގަށް ނުކުތުމަށް މަސައްކަތް ކުރުމުން ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދަށް ޖަމާވެ ނޫސްވެރިންނަށް ހުރަސް އަޅާފަ އެވެ. އެ މަގުން ކުރިއަށް ނުދެވުމުން ޖެހިގެން އޮތް ދަނބުރުއްމަގުން މަޖީދީ މަގަށް ނުކުތުމަށް ކުރި މަސައްކަތަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

ޖަލަށް ލާފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން.
ޖަލަށް ލާފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން.

ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި އިހުތިޖާޖުގެ ބައިވެރިން ފުލުހުންގެ ކިބައިން އެދެމުންދިޔައީ، މަޖީދީ މަގުން ރަސްފަންނު ސަރަހައްދަށް ގޮސް އިހުތިޖާޖު ނިންމާލުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އެ ފުރުސަތު ފުލުހުން ނުދިނުމުގެ ސަބަބުން، އިހުތިޖާޖުގެ ބައިވެރިން ވަނީ މަޖީދީ މަގާއި ދަނބުރުއްމަގު ގުޅޭ ހިސާބުގައި ތިބެ އިހުތިޖާޖު ނިންމާލާފަ އެވެ.

އިހުތިޖާޖުގެ ބައިވެރިން އެއް އަޑަކުން ގޮވަމުންދިޔައީ، ނޫސްވެރިން ޖަލަށްލައިގެންނާއި އެކި ގޮތްގޮތުން ބިރުދެއްކި ނަމަވެސް ދިވެހި ނޫސްވެރިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ނޫސްވެރިންގެ ހައްގުގައި ކުރާ މި މަސައްކަތް ހުއްޓާނުލާނެ ކަމުގެ އަޒުމް ވެސް ނޫސްވެރިން ވަނީ އާކޮށްފަ އެވެ. އަދި ނޫސްވެރިން ޖަލަށްލާ ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް، ދިވެހި ނޫސްވެރިން ފަހަތަށް ނުޖެހޭނެ ކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. 

އަދަދުމާލެޕްރެސް ފްރީޑަމްނޫސްވެރިންގެ ޙައްޤުތައްއިހުތިޖާޖުނޫސްވެރިންގެ އިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026
އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

14 މެއި 2026
ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން އަންގައިފި

ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން އަންގައިފި

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

14 މެއި 2026
ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

14 މެއި 2026

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު