Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ބައެއް ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ނަމުގައި އުޅޭ ސިޔާސީ އެކްޓިވިސްޓުން ކަމަށް ރައީސް ޑރ. މުއިއްޒު ސިފަކުރައްވައިފި. ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ގޮސްފައިވާއިރު، ސަރުކާރުން ދަނީ ނޫސްވެރިންނަށް ހުރަސްއަޅައި މަލާމާތުކުރަމުން. އެގޮތުން ނޫސްވެރިންނަށް ބިރުދެއްކުމާއި، ބައެއް ނޫސް އިދާރާތަކަށް ފުލުހުން ވަދެ ތަކެތި ގެންދާ މައްސަލަ ވެސް ބައިނަލްއަގްވާމީ އިދާރާތަކުގެ ސަމާލުކަމަށް ވަނީ އައިސްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ޖޫން 2026 | ހޯމަ 07:44
ރައީސް ޑރ. މުހައްމަދު މުއިއްޒު: ހޯމަ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިންނަށް މަލާމާތް ކުރައްވާފަ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ހޯމަ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިންނަށް މަލާމާތް ކުރައްވާފަ | ރައީސް އޮފީސް

ނޫސްވެރިންނަކީ "ގޮސިޕް" ކުރާ ބައެއް ކަމަށް ވިދާޅުވުމަށްފަހު ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ އަނެއްކާ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި އެވެ. 

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެމަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ކުރައްވާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. 

އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އެންމެ ފުރަތަމަވެސް ރައީސް ވަނީ ނޫސްވެރިންނަށް މަލާމާތް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ބައެއް ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ލޭބަލް އަޅުވައިގެން އުޅޭ ބައެއް ކަމަށާ ހަގީގަތުގައި އެއީ ސިޔާސީ އެކްޓީވިސްޓުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ތީގަ ދަންނަވަން އޮތީ އެއްވެސް ތެދެއް ނެތޭ. އަޅުގަނޑަށް ވެސް ސޯޝަލް މީޑިއާ އިން ތިކަހަލަ ވީޑިއޯ އެއް ފެނިފަ އެބައޮތް. ފެނުނު ގަޑީގަ ވެސް އަޅުގަނޑު ހިތަށް އެރި އަނެއްކާ ކިހިނެއް ބާއޭ މިވަނީ. ރަސޫލު ޒަމާނުގައި އުޅޭނޫންތޯ ވާހަކަ ކިޔާ މީހުން. އެ ވާހަކަ ކިޔުން. ދެން ހަމަ ލާރިކޮޅެއް ދިނީމަ ވާހަކަ ކިޔަންވީ. ހަމަ ކޮންމެ މީހަކު ދިނީމަ. ހަމަ ކޮންޓިނިއުކޮށް. އަނެއްކާ ވާހަކަ ހުއްޓުވައިފިއްޔާ އެބަ ބުނޭ ނުހުއްޓުވާށޭ. އެ ޒަމާން އަނެއްކާ އައިބާއޭ އަޅުގަނޑު ހިތަށް އަރާ. އަޅުގަނޑުމެންގެ ތެރޭގައި އެކަން ހިނގާ ނޫންތޯ. އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް "ގަޓަރ ޕްރެސް"  މި ނޫސްވެރިން ލޭބަލް އަޅުވައިގެން، ނޫސްވެރިންގެ ލޭބަލް އަޅުވައިގެން ތިބޭ ޕޮލިޓިކަލް އެކްޓިވިސްޓުން އެކަން ކުރޭ. އެހެންވީމާ އަނެއްކާ އެ ޒަމާން އައި ބާއޭ އަޅުގަނޑު ހިތަށް އަރަނީ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ތަކުރާރު ކޮށް ނޫސްވެރިންނަށް މަލާމާތް ކުރައްވައި، އެއީ ދަށް ބައެއްގެ ގޮތުގައި ސިފަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަކީ ގޮސިޕް ކުރާ ބައެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ރައީސް ގެ އިތުރުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ނޫސްވެރިންނަކީ ފިތުނަ އުފައްދާ ބައެއްގެ ގޮތުގައި ވެސް ސިފަ ކުރައްވާފަ އެވެ. 

ރައީސް މުއިއްޒުގެ މި ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ 4 ދަރަޖަ ފަހަތަށް ސޮއްސާލާފަ އެވެ. 

މި ސަރުކާރުން ތަކުރާރުކޮށް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުން ދާއިރު ''އަދަދު'' ނޫހަށް ފުލުހުން ވަދެ، އެތަނުގައި ހުރި ތަކެތި ގެންދިއުމާއި، ނޫސްވެރިން ހައްޔަރު ކޮށް ޖަލަށް ލުމުގެ އިތުރުން ނޫސްވެރިން ފުރުން މަނާކޮށް، ބޮޑެތި ދައުވާ ވެސް ވަނީ އުފުލާފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ހުސައިން ޝަރީފު (މުންދު)ޕްރެސް ފްރީޑަމްއަދަދުނޫސްވެރިކަން

އިތުރަށް ކިޔާލަން

01 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް
01 ޖޫން 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!
01 ޖޫން 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން
31 މެއި 2026

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް
31 މެއި 2026

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު