Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެގް އޯޑަރ

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލި ނިންމުން ރިވިއުއަށް ހުށަހަޅައިފި

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، އެމްޖޭއޭއަކީ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ ކަމަށް އެ ކޯޓުން ބުނޭ. ނަމަވެސް އެމްޖޭއޭއިން ވަނީ އެ އަމުރަކީ އެންމެންގެ މައްޗަށް ހިނގާ އަމުރެއް ކަމަށާއި، ޤާނޫނުއަސާސީން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ދަށުން އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިފައި. އެ ޖަމިއްޔާއިން ބުނާ ގޮތުގައި މި އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުންހުރި ކަމަކަށްވާތީ، ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް މައްސަލަ ބަލައިގަންނަންޖެހޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މެއި 2026 | ހޯމަ 08:09
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރު ކޮށްލުމަށް ނިންމި ނިންމުން ރިވިއުކޮށްދިނުމަށް ހުށަހަޅައިފިއެވެ. 

މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް އާދިއްތަ ދުވަހު ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއި ކުރައްވައި ފޮނުވި ނިންމުމުގައި ބުނެފައިވަނީ، ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ  އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށްކަން ފާހަގަކޮށް ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފުގެ ޙައްޤު ލިބިގެންވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައި މިވަނީ އަދަދު ނޫހުގެ ނޫސްވެރިން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނެ ކޮށްފައިވާ ޙުކުމުގެ އިސްތިއުނާފު މައްސަލައާއި، އެ ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފުގެ މައްސަލަތައް ރަޖިސްޓްރީ ކޮށްދެއްވައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކޮށްދިނުމަށް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައިވާތީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ހުށަހަޅާފައެވެ. 

ނޫސްވެރިންގެ ޖަމިއްޔާއިން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މި އަމުރަކީ އެންމެންގެ މައްޗަށް ނިސްބަތްވާ އަމުރެއް ކަމަށާއި، މި އަމުރާ ޚިލާފުވިކަމަށް ބުނެ ޖަލަށްލާފައިވަނީވެސް މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި އެކަމުންވެސް ދޭހަވަނީ އަމުރު އެހެން މީހުންގެ މައްޗަށް ހިނގާކަން ކަމަށް ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން، އެމްޖޭއޭއަކީ ނޫސްވެރިންގެ ޙައްޤުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްކަން އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބެލުމުންވެސް އެނގޭކަމަށް ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ބަލާއިރު، މައްސަލައަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާކަން އެނގޭކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެމްޖޭއޭއިން އެދުނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްދީ މި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަތުމަށެވެ. 

އަދަދުހައި ކޯޓުއެމްޖޭއޭމަރްޔަމް ހޫރުޝިދާހުސައިން ފިޔާޒް މޫސާހައްސާން މުހައްމަދު

އިތުރަށް ކިޔާލަން

17 މެއި 2026

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި
17 މެއި 2026

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

17 މެއި 2026
ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
17 މެއި 2026

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލައިފި

17 މެއި 2026
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލައިފި
17 މެއި 2026

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

17 މެއި 2026
ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ
17 މެއި 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ވޯޓުލުން ޖޫން 13ގައި

17 މެއި 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ވޯޓުލުން ޖޫން 13ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު